އެމްޑީޕީގެ ޤައުމީ މަޖިލިހުގެ ސިއްރު ބައްދަލުވުމެއް މިއަދު ބާއްވައިފި

medium_62487

މިއަދު ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި އެއްވެސް ކަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ. މިއަދުގެ ޖަލްސާއަކީ އެކިއެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ޖަލްސާގައި އިތުރަށް މަޝްވަރާ ކުރެވިފައިވަނީ ޕާޓީގެ އެކްޓިވިޓީ ކޮމެޓީތަކުގެ ބައްދަލުވުން އިތުރުކޮށް ޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ މައްޗަށެވެ. އަދި އެކަންކަން ވީހާވެސް އަވަހަށް ކުރުމަށްވެސް މެންބަރުން ބާރުއަޅުއްވާފައިވެއެވެ.