އެމްޑީޕީ އޮންނާނީ ރައްޔިތުންގެ ހައްގުތަށް ދިފާއުކޮށްދިނުމުގައި

medium_67373

ޤައުމީ ހަރަކާތުގެ ފަރާތުން ރޭ ހަރުގޭގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ ވަރަށް އަވަހަށް މަންޒިލާއި ހަމައަށް ވާސިލްވާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި ދެމިއޮތް އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޕާޓީ އަކީ ތަސައްވަރު ފުދިފައިވާ ޕާޓީއެއްކަމަށެވެ.

ދާދި އަވަހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ތަސައްރަފު ފުދިފައި އޮތް ސިޔާސީ ޕާޓީއެއްކަން ކަށަވަރު ވެގެންދާނެ ކަމަށާއި ރައްޔިތުންނަށް ކަންކަން ކަށަވަރު ކޮށްދިނުމުގެ ގާބިލްކަން އެމްޑީޕީއަށް ލިބިގެންވުމުގެ އެންމެބޮޑު ސަބަބެއް ކަމަށް ޝިފާޒް ވިދާޅުވީ އެމްޑީޕީއަކީ މިރާއްޖޭގައި އޮތް އެންމެ ދޮށީ ސިޔާސީ ޕާޓީ ކަމަށް ވީތީ ކަމަށާއި، އެމްޑީޕީއަކީ ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކާ ހިލާފަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކާއި ގުޅިލާމެހިގެން މަސައްކަތްކުރަމުންދާ ޕާޓީއަކަށް ވީތީ ކަމަށާއި ދިވެހި ރައްޔިތުންގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ ރައްޔިތުން އެކަމަކަށްޓަކައި އެދޭ ކަންކަން ގެނެސްދިނުމުގައި އެމްޑީޕީ ހަރަކާތްތެރިވުން ކަމަށެވެ. އަދި އެކަންކަމުގެ ނަތީޖާއަކަށް ވެގެންދަނީ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއްގެ ކުރިމަތީގައި ކާމިޔާބު ހޯދަމުން އަންނަތަން ފެނިގެންދިއުން ކަމަށާއި އެމްޑީޕީން ކާމިޔާބު ހޯދަމުން އަންނަތަން ވަރަށް އަވަހަށް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.

ޒިންމާދާރު ސިޔާސީ ޕާޓީތައް ހިންގަމުންދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި އެގޮތުން މަގުމަތީގައި މުޒާހަރާކުރަންޖެހޭ ފަހަރުތަކުގައި އެމްޑީޕީ ނުކުންނާނީ މުޒާހަރާ ކުރަން ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ކަންމަތީ ބައްދަލުވުންތައް ބާއްވަން ޖެހޭ ފަހަރުތަކުގައި އެމްޑީޕީ އޮންނާނީ ކަންމަތީގައި ކަމަށާއި، ކަނޑުމަތީގައި ދަތުރު ކުރަންޖެހޭ ފަހަރުތަކުގައި ވެސް އެމްޑީޕީ ދަތުރުކުރާނީ ކަނޑުމަތީގައި ނުވަތަ ރަށްރަށުގައި ޖެޓީތަކުގައި ނުވަތަ ހަރުގެތަކުގައި ބޮނޑިބަތް ކެއުމުގައި ނުވަތަ ކޮންމެވެސް އެހެން މުނާސަބަތެއްގައި ކަމަށް މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ.