ހއ. މުރައިދޫ ކައުންސިލާއި، ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ވ. ފެލިދޫ ކައުންސިލާއި، ށ. ކަނޑިތީމު ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލާއި، ކ. މާފުށީ ކައުންސިލާއި، ތ. މަޑިފުށީ ކައުންސިލާއި، މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި-އިލެކްޝަނަށް ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުން

01 އޮގަސްޓް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. މުރައިދޫ ކައުންސިލާއި، ހއ. ދިއްދޫ ކައުންސިލާއި، ހދ. ނައިވާދޫ ކައުންސިލާއި، ވ. ފެލިދޫ ކައުންސިލާއި، ށ. ކަނޑިތީމު ކައުންސިލާއި، ނ. ހެނބަދޫ ކައުންސިލާއި، ކ. މާފުށީ ކައުންސިލާއި، ތ. މަޑިފުށީ ކައުންސިލާއި، މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ލޯކަލް ކައުންސިލް އިންތިޚާބްގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މެންބަރުން 21 ޖޫން 2015 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު އެމްޑީޕީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމާއި އެކު އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މިޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ. މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަންކޮމިޝަންއަށް ހުށަހަޅަންޖެހޭ ކުށުގެރިކޯޑު ސާފުކޮށް ނިންމުމަށް ދަންނަވަމެވެ.
މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، ގޮނޑިއަކަށް އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ 22 ޖޫން 2015 ވާ އާދިއްތަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ..

17 ޖޫން 2015