މެއިޑޭއާ ބެހޭ މައުލޫމާތު ދިނުމަށް ދޮރުންދޮރަށް

އަނިޔާވެރިކަން ނިންމުމަށް ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުމާއި ބެހޭ މައުލޫމާތު ދިނުމަށް މިއަދު މާލޭ ދާއިރާގައި ދޮރުންދޮރަށް ހިނގަމުންދާ ކަމަށް މެއިޑޭގެ ހަރަކާތްތައް ވިލަރެސްކުރާ ކޮމިޓީން ބުނެފިއެވެ.
މެއިޑޭއަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ލީފްލެޓް ބަހައި، އެ ދުވަހާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ހިންގާ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތް މިއަދު ހެނދުނު ވިލިމާލޭގައި ފަށާފައިވާ އިރު، މިއަދު މެންދުރާއި، ހަވީރު އަދި ރޭގަނޑު ވެސް މި ހަރަކާތް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.