އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިންގެ ޚާއްސަ ޖަލްސާ އެއް ބުރާސްފަތި ދުވަހުގެ ރޭ އާރޓިފިޝަލް ބީޗުގައި އޮންނާނެ

އަނިޔާވެރިކަމާ ދެކޮޅު ހަރަކާތުން ބާއްވާ ޚާއްޞަ ޖަލްސާއެއް މިއަންނަ ބުރާސްފަތި ދުވަހުގެރޭ އާރޓިފިޝަލް ބީޗުގައި އޮންނާނެއެވެ.
މާދަމާރޭ 9 ޖަހާއިރު ފަށާ މި ޖަލްސާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން މި ޙަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެހެން ބައެއް ބޭފުޅުން ވެސް ވާހަކަދައްކަވާނެއެވެ.
މި ޖަލްސާގެ އިތުރުން 17 އޭޕްރީލް 2015 ވާ ހުކުރު ދުވަހު ހަވީރު މި ހަރަކާތުގެ ފަރާތުން ބާއްވާ ހިނގާލުމެއް އެ ދުވަހުގެ ހަވީރު 4.30 ގައި އުސްފަސްގަނޑުން ފެށޭނެއެވެ.