ހިތްވަރާ އެކު ޔާމީންގެ ހުދުމުޚުތާރު ސަރުކާރާ ކުރިމަތިލުމަށް ރައްޔިތުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

ހިތްވަރާ އެކު ޔާމީންގެ ހުދުމުޚުތާރު ސަރުކާރާ ކުރިމަތިލުމަށް ރައްޔިތުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
ރައީސް އަބްދުﷲ ޔާމީންގެ ހުތުމުޚުތާރު ވެރިކަމާ ކުރިމަތިލުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ކުރީގެ ރައީސް މުހައްމަަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް ނަޝީދު ދެއްވި މެސެޖްގައި ގޮވާއްލައްވާފައި ވަނީ އަނިޔާވެރި، ނާއިންސާފު ސަރުކާރު ބަދަލްކޮށް ދިވެހި ރައްޔިތުންގެ ތަރައްޤީ އާއި ތަނަވަސް ކަމަށް މަގުފަހިވާނެ ސަރުކާރެއް އެކުލަވާލެއްވުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމުގައި ހައްޔަރުވެ، ބޮޑު ޙުކުމެއްގެ ޢަޖަލުގައި ޖެހިދާނެކަމުގެ ބިރު ނުގަތުމަށާއި ފުރާނަ އަތް މައްޗަށް ލައިގެން މަގުމައްޗަށް ނުކުމެ، އިންސާފު ހޯދުމަށް އަޑު އުފުލުމަށް ވެސް ރައީސް ނަޝީދު ގޮވާލައްވާފައި ވެއެވެ..