ރައީސް ޔާމިންގެ ސަރުކާރުގެ ހާލަތު ރައީސް ޔާމިންގެ އިނގިލިފުޅުގެ އިޝާރާތުން ފެނިވަޑައިގެންފި. ޗެއާރޕާރސަން އަލީ ވަހީދު

B_E3ZT_VEAAJ-IC

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ޗެއާރޕާރސަން އަލީވަ ހީދާއި ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ސޯލިހް ފުރަތަމަވެސް އަލި އަޅުއްވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ، ހިތުގެ އާލާސްކަންފުޅާ އައިޖީއެމްއެޗްގެ އައިސީޔޫގައި ރޭ އެޑްމިޓްކުރެއްވި ހަބަރަށެވެ.
ޖެނެރަލް ދީދީގެ ސިއްހީ ހާލުކޮޅާއި ދޭތެރޭ އެމް.ޑީ.ޕީން ކަންބޮޑުވުން ފާޅުކުރައްވާ އެމަނިކުފާނު 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ބާޢީނާއި ކުރިމަތިލާ ޓެރަރިސްޓުން ބަލިކުރުމުގެ މޭސްތިރިންގެ ތެރޭގައި ހިމެނިވަޑައިގެން ހުންނެވި ނަމަވެސް މިއަދުގެ ސަރުކާރުން ދީދީ އާއި ދެކޮޅަށްދަނީ ޓެރަރިޒަމްގެ ދައުވާކުރަމުންނެވެ.
ސިޔާސީ ހުރިހާ ދައުވަތަކެއް ހުއަޓާލުމަށް ގޮވާލާ ކުރީގެ ތިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތޮލްހަތު، ނާޒިމް، އަދި މިހާރުގެ ޑިފެންސް މިނިސްޓާރ މޫސާ އަލީ ޖަލީލަށް ވެސް ސިޔާސީގޮތުން ދައުވާ ނުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި 20 އަހަރު ހޭދަކުރެއްވި ބޭފުޅެއްގެ ފަރާތުން ފެނުން ރަގަނޅު ނޫން ކިތަންމެ ކަމެއް މިއަދުގެ ރައީސްގެ ފަރާތުން މިއަދު މަޖިލިސް ހުޅުވުމުގެ ރަސްމިއްޔަތުގައި ފެނިގެން ހިގައްޖެކަމުގައި އިބްރާހިމް ސޯލިހް ވިދާޅުވިއެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގެ ހާލަތު ރައީސް ޔާމިންގެ އަމިއްލަ އިނގިލިފުޅުގެ އިޝާރާތުން ފެނި ހާމަވެގެން ހިގައްޖެއެވެ.