ރާއްޖޭގެ އާންމްދަނީ 20ބިލިއަނަށް އިތުރުކުރާންވެއްޖެ-ރައީސް ނަޝީދު

10

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މޫންލައިޓް މަޖައްލާގައި ލިޔުއްވާފައިވާ އާރޓިކަލްގައި އެމްނިކުފާނު ދިވެހިރާއްޖެ އާއި މެދު ކުރައްވާ ތަސައްވަރު ވަނީ ބަޔާން ކުރައްވާފައެވެ. ބަލިވީމައި ހިލޭ ބޭސް ފަރުވާ ކުރުމާއި ރައްޔިތުންނައް ބޯހިޔާވަހިކަން ފޯރުކޮށްދީ ރަށްރަށުގެ ނަރުދަމާ އެޅުމުގެ ގިނަ މަޝްރޫތަކެއް އެމަނިކުފާނުގެ 3 އަހަރުގެ ވެރިކަމުގައި ވަނީ ނުހަނު އަވަހަށް ހިންގާ އަމަލީ ސިފަ ގެންނަވާފައެވެ.
ދަތުރު ފަތުރުގެ ނިޒާމަކުން ކުދި ރައްތަކުގައި ދިރިއުޅެމުންދާ ރައްޔިތުން އަތޮޅުގެ ހުރިހާ ރަށަކާ ގުޅާލުމުގެ އަމަލީ މަސައްކަތް ނޮވެމްބަރު 2008ގެ 12ވަނަ ދުވަހު ފެއްޓިގެން ގޮސް ނުހަނު އަވަހަށް މުޅި ރާއްޖެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅުވާލިއެވެ. ރައީސް ނަޝީދުގެ ތަސައްވަރުގައި ދިވެހި ޓޫރިޒަމްގެ ސިނާއަތް އަދިވެސް އިތުރައް ތަރއްގީކުރެވޭނެއެވެ. އެގޮތުން ދައުލަތަށް ލިބޭ އަމްދަނީ 20ބިލިއަން ރުފިޔާއަށް އިތުރު ކުރެވޭނެ އަމާޒެއް ހިފަން އެބަޖެހެއެވެ.
20 ބިލިއަންގެ އާމްދަނީއެއް ހޯދުމަށް 5 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސް އެކި އެކި ޙިދުމަތްތައް މާލެއިންނާއި ރިސޯޓުތަކުން ހޯދަން ޖެހޭނެއެވެ. ނަމަވެސް ޓޫރިސްޓުން ރާއްޖެ ގެނެއުމަށް ރާއްޖޭގެ ވެރިކަމުގެ ފަރާތުން އަދުލު އިންސާފާއި އަމަންއަމާންކަން ޤައުމުގައި ގާއިމް ކޮށް ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ހަރަކާތްތަކާއި ދެކޮޅައް މަސައްކަތްކޮށް އިސްލާހުކުރަން ޖެހޭކަމުގައި ލިޔުއްވާފައެވެ.