އިއުލާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މަސައްކަތްތައް 2014ވަނަ އަހަރު މިވަނީ ޕާޓީގެ ލޮބުވެތި މެމްބަރުނާއި ލީޑާރޝިޕްގެ މިންނެތް މަސައްކަތުން ވަރަށްވެސް ކާމިޔާބުކަމާއި އެކީ ނިންމާލެވިފައެވެ.ފެށިގެންދާ އާ މީލާދީ އަހަރަކީ ދިވެހި ރައްޔިތުންނަށް އަދި ޙާއްސަކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޮބުވެތި މެމްބަރުނަށް ފާގަތި އަދި އެހާމެ ކާމިޔާބު އަހަރެއްކަމުގައި މާތްﷲ މިންވަރު ކުރަޢްވާށި.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓް (28،29،30،31) މިދެންނެވި ތާރީޙް ތަކުގައި ބަންދު ވާނެ ވާހަކަ ދެންނެވީމެވެ.އަދި ދެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓް ހުޅުވޭނީ ޖަނަވަރީ 2015ގެ 4ވަނަ ދުވަހުއެވެ.