އެމް.ޑީ.ޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ 34ވަނަ ބައްދަލުވުން ރޭ ބާއްވައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ 34ވަނަ ބައްދަލުވުން ރޭ 14ޑިސެމްބަރު ވީ އާދިއްތަ ދުވަހުގެ ރޭ ބާއްވައިފިއެވެ.މިބައްދަލުވުން ބޭއްވިފައިވަނީ އެމް.ޑީ.ޕީގެ ޤައުމީ އިދާރާގައި ހުންނަ ކޮންފަރެންސް ހޯލްގައެވެ.
އެމް.ޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވިފައި މިވަނީ އިއްޔެ ރައްޔިތުންގެ މަޖިލިހުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން ވޯޓު ނެގިއިރު، މަޖިލީހަށް ވަޑައިނުގެންނެވި އެމްޑީޕީގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ އާންމު މެމްބަރުން އެދެމުންދާ ދަނޑިވަޅެއްގައެވެ.