އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް އޮސްޓްރޭލިޔާއަށް ވަޑައިގެންފި

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އޮސްޓްރޭލިޔާގެ ލިބަރަލް ޕާޓީގެ ދައުވަތަކަށް ރޭގެ ވަގުތެއްގައި އޮސްޓްރޭލިޔާއަށް ފުރާވަޑައިގެންފިއެވެ.އޮސްޓްރޭލިޔާގެ ވިކްޓޯރިއަލް ސްޓޭޓް އިލެކްޝަންގައި ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ އޮބްޒާވަރަކަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް އަލްފާޟިލް އަލީ ޝިޔާމް، 26 ނޮވެންބަރ 2014 ން 29 ނޮވެންބަރ 2014 ށް އޮސްޓްރޭލިޔާގެ މެލްބޯންއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅަކީ ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ފަރާތުން އަލީ ޝިޔާމްއަށް ލިބިލެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގައި ލިބަރަލް ޕާޓީ އޮފް އޮސްޓްރޭލިޔާގެ ކެންޕެއިން ހެޑްކްއާޓާރ ތަކާއި އިންތިޚާބާއި ގުޅޭ އެހެނިހެން ބައެއް އިދާރާތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.