އެމް.ޑީ.ޕީ ގެ ރައީސް، ޕާރޓީގެ ދާއިމީ ކޮމެޓީތަކުގެ މުޤައްރިރުންނާއި ބައްދަލުކުރައްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު، އެމް.ޑީ.ޕީ ގެ އަސާސީ ޤަވާޢިދުގައި ބަޔާންކޮށްފައިވާ، ޕާރޓީގެ 19 ކޮމިޓީގެ މުޤައްރިރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނުގެ ވަގުތެއްގައި ޕާރޓީގެ މައި އޮފީހުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން ޢަލީ ވަޙީދާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އަދި ލީޑަރޝިޕުގެ އެހެނިހެން ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މި ޤައުމަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކާމެދު ވާހަކަފުޅުދައްކަވައި، އަދި އެކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތްތަކާއި އަދި ޕާރޓީގެ ދާއިމީ ކޮމެޓީތަކުގެ ދައުރާމެދު މަޝްވަރާކުރެއްވިއެވެ.

16 ނޮވެމްބަރ 2014