ނަސްރުގެ ދުވަހުގެ ތަޙުނިޔާ ދެންނެވުން

1988 ގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިކުރުވި އުދުވާނީ ޙަމަލާއިން މާތް ﷲ ގެ ރަޙުމަތްފުޅުން ރާއްޖެ ސަލާމަތްވުމާ ގުޅިގެން ފާހަގަކުރެވެމުންދާ ދިވެހިރާއްޖޭގެ 26 ވަނަ ނަސްރުގެ ދުވަހުގެ ތަޙްނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އަރިސްކުރަމެވެ.

އަދި ހަމަ މިނޭވާގައި ރާއްޖޭގެ ދިފާޢުގައި ހަނގުރާމަކުރެއްވުމުގައި ޝަހީދުވެވަޑައިގެން އެންމެހައި ސިފައިންނާއި އަދި ރައްޔިތުންގެ ތެރެއިން ޝަހީދުވެވަޑައިގަތް އެންމެހައި ބޭފުޅުންގެ ޒިކުރާ އާލާކޮށް، އެ އެންމެ ބޭފުޅުންނަށް ސުވަރުގޭގެ މަތިވެރި ދަރަޖައާއި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ﷲ ގެ ޙަޟުރަތުގައި ދުޢާދަންނަވަމެވެ!

3 ނޮވެމްބަރ 2014