ކޮންޒަވޭޓިވް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރާވަޑައިގެންފި

ކޮންޒަވޭޓިވް ޕާޓީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް މޯލްޑިޥިއަން ޑިމޮކްރަޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތައް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. 28 ސެޕްޓެމްބަރު 2014 ން 1 އޮކްޓޯބަރު 2014 އަށް އިނގިރޭސިވިލާތުގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ކޮންފަރެންސްގައި އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދުގެ އިތުރުން، ޗެއަރޕާސަން ނާއިބު އިދާރީ އަލީ ޝިޔާމް ބައިވެރިވެ ވަޑައިގަންނަވައެވެ.
ކޮންޒަވޭޓިވް ކޮންފަރެންސަކީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބައިވެރިވާ ކޮންފަރެންސެކެވެ.