އެމްޑީޕީގެ ޗެއަރޕާސަން ޕްރޮސެކިއުޓަރ ޖެނެރަލާއި ބައްދަލުކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލީ ވަހީދު ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޛް މުހުސިނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު 4:00ގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗެއަރޕާސަން އަލީ ވަހީދުގެ އިތުރުން، ޕާޓީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސެއިނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން ޗެއަރޕާސަން އަލީ ވަހީދާއި ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޛް މުހުސިން މަޝްވަރާކުރެއްވިއެވެ.

އެމްޑީޕީގެ އައު ލީޑަރޝިޕުން ގެންދަވަނީ ޕާޓީން ކަންބޮޑުވާ ކަންތައްތަކާއި ގުޅޭ ގޮތުން ބައްދަލުވުންތައް ބާއްވަވާ، ޕާޓީއާއި ޕާޓީން ބޭރުގެ ބޭފުޅުންނާއި މަޝްވަރާކުރައްވަމުންނެވެ.