އެމް ޑީ ޕީގެފަރާތުން ޚާއްސަ ދެ ކެމްޕެއިން ވަފުދެއް ފޭދޫ އަށާއި ވެލިދޫއަށް ވަޑައިގެންނެވުމަށް ހަމަޖައްސަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޑީ (އެމް ޑީ ޕީ) ގެފަރާތުން ޚާއްސަ ދެ ކެމްޕެއިން ވަފުދެއް 2014/9/12 (މާދަމާ) ވެލިދޫ އަށާއި ފޭދޫއަށް ޒިޔާރަތްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މިދެވަފުދުގައި ބައިއިލެކްޝަންގައި ވާދަކުރައްވާ ކެޑީޑޭޓުންނަށް ތާއީދު ހޯއްދެވުމުގެގޮތުން ޑޯޓުޑޯ ހިގުމާއި ޚާއްސަ ބިޔަޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖައްސާފައެވެ.

ފޭދޫ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ
1 ޑރ މުސްތަފާ ލުތުފީ
2 މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
3 އައްޑޫ މީދޫގެ އެމްޑީޕީގެ މެންބަރު ރޮޒެއިނާ އާދަމް، އެވެ.

ވެލިދޫއަށް ވަޑައިގަންނަވާ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ
1 އެމް ޑީ ޕީގެ ނާއިބުރައީސް މުޙައްމަދު ޝިފާޒް
2 ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުއްﷲ ޔާމީން
3 ލ.ގަމުދާއިރާގެ މެންބަރު ފައްޔާޒު ޢިސްމާޢިލް
4 އަންހެނުންގެ ރޫހުގެފަރާތުން އައިޝަތު މަމްދޫހާ އަދި ރަޒީނާ ޢަބްދުއްﷲ
5 ޒުވާނުންގެ ހިއްވަރުގެފަރާތުން މުޙައްމަދު ފަޒީލް، އެވެ.