އެމްޑީޕީ ޤައުމީ ހިންގާ ކޮމިޓީގެ 172 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

BwhTzO_CUAAhJyt

އެމްޑީޕީ ޤައުމީ ހިންގާ ކޮމިޓީގެ 172 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މޯލްޑިވިއަން ޑިމޮކްެރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ އިދާރާގައި ބޭއްވި ޤައުމީ ހިންގާ ކޮމިޓީގެ މި ބައްދަލުވުން ޗެއަރކުރެއްވީ ޕާޓީގެ ޗެެއަރޕާސަން ކަމަށް އިންތިހާބު ވެވަޑައިގެންނެވި އަލީ ވަހީދުއެވެ. މި ބައްދަލުވުމުގައި ޕާޓީގެ އިދާރީ ހިންގުމާއި ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުންނަށް މަޢޫލޫމާތު ދެއްވުމުގެ އިތުރުން ޕާލިމެންޓްރީ ގްރޫޕުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ކޮމިޓީގެ މެމްބަރުންނާއި ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ޕާޓީގެ ޗެއަރޕާސަންގެ ނައިބު (މާލީ) ގެ މަޤާމަށް އަލީ ނިޔާޒް އިންތިހާބުވުމާއި ގުޅިގެން، ޗެއަރޕާސަންގެ ނައިބު ޕާޓީގެ ޗެކްތަކުގައި ސޮއި ކުރެއްވުމަށް ހަމަޖެއްސުމަށް، ޕާޓީގެ އަމީންް އާއްމު ޝާޒްލީ ޝަފީގު ހުށަހަޅުއްވާ އަމީންް އާއްމުގެ ނައިބު އަހުމަދު އަކުރަމް ތާޢީދުކުރެއްވި ޤަރާރު ވަނީ ޤައުމީ ހިންގާ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. މިގޮތަށް މި ޤަރާރު ފާސްވުމާއި ގުޅިގެން ޕާޓީގެ ނަމުގައިވާ އެކައުންޓްތަކުގެ ޗެކްތަކުގައި ދެން ސޮއިކުރައްވާނީ؛

1. ޗެއަރޕާސަން ނައިބު މާލީ، ޢަލީ ނިޔާޒް
2. އަމީން އާއްމު، ޝާޒްލީ ޝަފީގު
3. މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މެމްބަރު އަހުމަދު މައުސޫމް
4. މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މެމްބަރ، އިސްމާޢިލް ޝަފީގް
5. މާލިއްޔަތާއި ޗަންދާ ކޮމިޓީގެ މެމްބަރ، ހަސަން ޒާހިރު އެވެ.