އަލަށް މަޖިލިހަށް އިންތިޚާބުވި މެމްބަރުން ހުވާކުރައްވައި އަދި އެމް.ޑީ.ޕީ ޕީޖީ ގްރޫޕުގެ ލީޑަރޝިޕާމެދު ގޮތެއް ނިންމަންދެން މިހާރު އޮތް ޕީ.ޖީގެ ލީޑަރޝިޕް ދެމިގެންދާނޭކަމަށް ޤައުމީ ހިންގާ ކޮމެޓީން ނިންމައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާރު އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރުން ހުވާކުރެއްވުމަށްފަހު، އަދި މި ޕާރޓީގެ އަސާސީ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ގޮތުގައި ވެވަޑައިގަތުމާއެކު، މިހާރު އޮތް ޕާރލަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕަށް ބަދަލުގެންނަވަންދެން ޕާރލަމެންޓްރީ ގްރޫޕްގެ ލީޑަރޝިޕް ދެމިއޮންނާނޭކަމަށް ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ މިއަދު (8 އޭޕްރިލް 2014 ވަނަ ދުވަހު) އޮތް މި ޕާރޓީގެ ޤައުމީ ހިންގާ ކޮމެތީގެ 164 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވުމާ ގުޅިގެންނެވެ.