ރައްޔިތުންގެ މަޖިލިސް 2104 އެމްޑީޕީ ޕްރައިމަރީ އދ މާމިގިލި ދާއިރާ އަލުން ހުޅުވާލުން

MDP/2014/I-011

ރައްޔިތުންގެ މަޖިލިސް 2104 އެމްޑީޕީ ޕްރައިމަރީ އދ މާމިގިލި ދާއިރާ އަލުން ހުޅުވާލުން

ރައްޔިތުން މަޖިލިސް 2014 އެމްޑީޕީ ޕްރައިމަރީ އދ މާމިގިލި ދާއިރާއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލި ވާހަކަ އާއްމުކޮށް އިއުލާން ކުރީމެވެ. ވީމާ މިދައިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު 8 ފެބްރުއަރީ 2014 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލުން ނަމަ ކުލަކޮށް ސްކޭންކުރުމަށްފަހު PDF ފޯމެޓްގައި elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިދާއިރާގެ ޕްރައިމަރީ ބާއްވަންޖެހިއްޖެނަމަ ޕްރައިމަރީ ބާއްވާނީ 9 ފެބްރުއަރީ 2014 ވާ އާދިއްތަ ދުވަހު އެވެ. އަދި ދަންނަވަމެވެ، މިޕްރައިމަރީ އަށް ކުރިމަތިލައްވާ މެންބަރުން ޕްރައިމަރީއަށް ކުރިމަތިލެއްވުމަށްފަހު ލަސް ނުކުރައްވާ އިލެކްޝަންސް ކޮމިޝަން އަށް ހުށައަޅަންޖެހޭ ޤާނޫނީ ފޯމްތައް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

7 ފެބްރުއަރީ 2014