5 ދާއިރާއެއްގެ މަޖިލިސް ޕްރައިމެރީ މިއަދު ކުރިއަށްދާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައްޔިތުންގެ މަޖިލިހުގެ ޕްރައިމެރީ 5 ދާއިރާއެއްގައި މިއަދު ( 26 ޖަނަވަރީ 2014) ކުރިއަށްދާން ވަނީ ނިންމާފައެވެ. އެއީ މާމިގިލި ދާއިރާ، ތުޅާދޫ ދާއިރާ، ވިލުފުށި ދާއިރާ، މަކުނުދޫ ދާއިރާ އަދި ގެމަނަފުށި ދާއިރާގައެވެ. މިދާއިރާތަކުގެ ވޯޓުލުން ދާއިރާގައި ހިމެނޭ މިހާރު ވޯޓުލުން ނިންމިފައިނުވާ ހުރިހާ ރަށެއްގައި އަދި މާލޭގައިވެސް ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ން ރޭގަނޑު 11:00 އަށެވެ.
ވޯޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ވޯޓުލުން ބާއްވާ ތަންތަން ތިރީގައި މިވަނީއެވެ.

Capture