ލޯކަލް ކައުންސިލް އިންތިޚާބު – އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން:

ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅަން ބައްވާ ޕްރައިމަރީސް އޮންނާނީ 30 ނޮވެމްބަރ 2013ވާ ހޮނިހިރު ދުވަހު ހެނދުނު 9 އަކުން ހަވީރު 4ގަޑި 0 މިނިޓަށެވެ.

މި އިންތިޚާބުގައި މާލެ ދާއިރާއަށް ވޯޓުލާ ފަރާތްތަކުގެ ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ މާލެ ސިޓީ ހޯލުގައެވެ. އަދި އަތޮޅުތަކާއި ރަށްރަށުގެ ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ މަންދު ކޮލެޖްގައެވެ.