ޑީއާރޕީގެ ނައިބު ލީޑަރ ގއ އަދި ގދ ގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތް ނިންމަވާ މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ނައިބު ލީޑަރ ރޮޒެއިނާ އާދަމް ގއ އަދި ގދ ގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތް ނިންމަވާ މިއަދު (15 އޮކްޓޯބަރ 2013) މާލެ ވަޑައިގަންނަވައިފިއެވެ.

ގއ އަދި ގދ އަތޮޅަށް މި ކުރެއްވި 3 ދުވަހުގެ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ދަތުރުފުޅުގައި އެބޭފުޅާއާއި އެކު ގއ އަދި ގދ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ޑރ. އައިމިނަތު ޖަމީލާއި، ޑީއާރޕީގެ މަޖިލިސް މެމްބަރ މުޙައްމަދު ނާޝިޒާއި، އެމްޑީޕިގެ މިޖިލިސް މެމްބަރ މުޙައްމަދު ނާޒިމާއި އަދި އެމްޑީޕީގެ މަޖިލިސް މެމްބަރ މުޙައްމަދު ޤަސަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކެމްޕެއިން ޓީމުގެ މައިގަޑު މަސައްކަތެއްގެ ގޮތުގައި ކުރެއްވީ، ފާހަގަ ކުރައްވާފައިވާ ވަކި ވަކި ގޭގެއަށް ދޮރުން ދޮރަށް ހިންގެވުމާއި ކަންމަތީ ބައްދަލުވުންތައް ބޭއްވެވުމެވެ.