Maldivian Democratic Party » އިއުލާން: ދާއިރާތަކުގެ އިންތިޚާބު 2010 ގެ ހުސްމަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު
mdp_banner

Thursday, September 9, 2010

އިއުލާން: ދާއިރާތަކުގެ އިންތިޚާބު 2010 ގެ ހުސްމަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު

މިޕާޓީގެ ދާއިރާ އިންތިޚާބު ގައި ކުރިމަތިނުލައި ހުރި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13 ވާ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އިތުރު ކޮށްފީމެވެ. އަދި މިފުރުސަތު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މަޤާމްތަކަށް އެދިލައްވާ ބޭފުޅުން ސިޓީއަކުންއެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ. ހުސްމަގާމްތައް އެމްޑީޕީ ގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

08 ސެޕްޓެމްބަރ 2010

1 Comment »

  1. އެމްޑިޕީގެ ބައެއް ދާއިރާތަކުގެ މަންދޫބުންނަށް ކުރިމަތިލެވޭނީ އެއަތޮޅެއްގެ އަތޮޅު ކައުންސިލަރުންގެ ބެލުމުގެ ދަށުންކަމުގައި ބުނެ ބައެއް ދާއިރާތަކުން ކުރިމަތިލީ މީހުންގެ ސިޓީތައް އަތޮޅު ކައުންސިލަރުން ހިފަހައްޓައި ހަދާފައިވާކަމުގައި އަޑުއިވެއެވެ. އެހެންކަމުން މެންބަރުންނަށް އޮޅުންއަރައި ފުރުސަތުގެ ބޭނުން ނުކުރެވިވާތީވެ މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި އަލުން ކުރިމަތިލާން ބޭނުންވެ ކުރިމަތިލާ ފަރާތްތަކުގެ ނަން ދާއިރާ އިންތިޚާބުގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ޚާއްސަކޮށް މ. އަތޮޅުގެ ދާއިރާތަކަށް މަންދޫބުން ކުރިމަތިލުމުގައި އަތޮޅު ކައުންސިލަރ ކަންކޮށްފައިވަނީ ވަރަށް ސިއްރުވެރި އެޖެންޑާއެއްގެ ދަށުންނެވެ. ރަށްރަށަށް ގޮސް މެންބަރުންނަށް މަޖްބޫރުކޮށް ކުރިމަތިލިޔަނުދޭން މަސައްކަތް ކޮށްފައިވެއެވެ. އަދި މީނާގެ ބާރު ދެއްކުމުގެ ގޮތުން މާލޭން ޕާޓީގެ އިސް ފަރާތްތައް އަތޮޅަށް ގެނެސް ހިންގަން އުޅުނު ސޮއްރު އެޖެންޑާ ފަޅާއަރައި ވަނީ ބޭޒާރުވެފައެވެ. ވީމާ މ އަތޮޅުގެ ދާއިރާތަކަށް ކުރިމަތިލުމުގެ ކަންކަން ހިނގާފައިވަނީ ކިހިނެއްކަން އަލުންބެލުމަށްގޮވާލަމެވެ. ” މުލަކުދޮންބެ”

    Comment by buraaru — Saturday, September 11, 2010 @ 12:38 pm

Leave a comment