Maldivian Democratic Party » ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވައިފި
mdp_banner

Thursday, September 9, 2010

ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި އަނބުރާ ފޮނުއްވައިފި

9 ސެޕްޓެމްބަރ 2010

24 އޯގަސްޓު 2010 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، ބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވައިފިއެވެ.

މި ބިލު އަނބުރާ ފޮނުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުވުމުން، މިބިލުގައި ހުށަހަޅާފައިވާ ގޮތަށް ބައެއް ޤާނޫނުތަކުގެ މާއްދާތައް އުވާލުމަކީ، ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ހިންގުމަށް ބުރޫއަރައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށާއި ޢަދުލުއިންޞާފުގެ ނިޒާމަށް ބުރޫއަރައި، ޢަދުލުއިންޞާފު ޤާއިމްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ދައުލަތުގެ މުހިންމު ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކަށް ދަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ ބިލުގައި ހުށަހަޅާފައިވާ ގޮތަށް ބިލުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ އެންމެހައި ޤާނޫނުތަކާއި ޤާނޫނުތަކުގެ މާއްދާތައް މިހިނދުން މިހިނދަށް އުވިގެންދިޔުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިނުގަންނަވާކަމަށް އެޓަރނީ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށާއި، އެބިލާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

3 Comments »

  1. އަވަހައް ރައިސް ލާޒިމްކުރާގޮތަ ފާސްކުރޭ ކަލޯމެންތިއީ ހުރިހާކަމެއްގާ އިދިކޮޅުހަދާމީހުން

    Comment by nafee — Thursday, September 9, 2010 @ 1:14 pm

  2. ސަބަހޭ ރައީސް އަންނި

    Comment by Anonymous — Sunday, September 12, 2010 @ 3:22 am

  3. ސާބަހޭ ރައީސް އަންނި

    Comment by kaani — Sunday, September 12, 2010 @ 3:24 am

Leave a comment