އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ގެ ހަރަކާތްތައް ރާއްޖޭގެ ދާއިރާތަކުގައި ކުރިއަށް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ)އެމްޑީޕީ(ގެ “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގެ ދާއިރާތަކުގައި މިހާރު ކުރިއަށް އެބަދެއެވެ.

*މިގޮތުން އިއްޔެ (9 އޮކްޓޯބަރ 2013) އިރުއޮއްސި 6 އަކުން ފެށިގެން އެއްމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ ވޯޓަރ ރަޖިސްޓްރޭޝަންގެ މަސައްކަތެވެ. އަދި މިރޭ ދަންވަރު 12 ޖަހަންދެން ވޯޓަރ ރަޖިސްޓްރީޝަންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި ހަލުވި ސްޕީޑްގައި ކުރިއަށް ގެންދާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

*ފ. އަތޮޅު: “އެއްބުރުން” ކެމްޕެއިންގެ ތެރެއިން ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިއްޔެ ފ. އަތޮޅު ބިލެއްދޫ ދާއިރާ އަށް ކުރެއްވި ދަތުރުފުޅު، އެ ދާއިރާގެ ފީއަލި، ބިލެއްދޫ އަދި މަގޫދޫއަށް ޒިޔާރަތްކުރެއްވުމަށް ފަހު މިއަދު ހެނދުނު އެމަނިކުފާނު ވަނީ މާލެ ވަޑައިގަންނަވާފައެވެ.

*ފުވައްމުލައް: ރައީސް ނަޝީދު ގެ ރަނިންގްމޭޓް ޑރ. މުސްތޮފާ ލުތުފީ މާދަމާ ހެނދުނު ހެނދުނާ ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނެއެވެ.

*އެމްޑީޕީގެ ޗެއަރޕާސަން އަދި ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމު ވަނީ ސްރީލަންކާގަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ. ފާއިތުވި ދެދުވަހުގެ މި ކެމްޕެއިން ދަތުރުގައި ސްރީލަންކާގެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ސްރީލަންކާގެ ކެމްޕެއިންގެ ހަރަކާތް ނިންމެވުމަށް ފަހު މި ހާރު ވަނީ އިންޑިއާގެ ޓްރިވެންޑަރަމްއަށް ދަތުރު ފައްޓަވާފައެވެ.

*ށ. އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ އަލްއުސްތާޛާ މާރިޔާ ދީދީ އަދި ކެމްޕެއިން ޓީމު މިއަދު ހެނދުނު އެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ވަނީ ފައްޓަވާފައެވެ.

*ބ. އަތޮޅުގައި ފެށިގެން ކުރިއަށް ދާ ކެމްޕެއިން ދަތުރު މިހާރު ވަނީ ފެށިފައެވެ. އަދި މި ދަތުރުގައި އަލީ ފާއިޒު އަދި ބ. އަތޮޅުގެ ކެމްޕެއިން ޓީމު ބައިވެރިވެވަޑައިގަންނަވައެވެ.

*ހދ. އަތޮޅު: ހދ އަތޮޅު ނޮޅިވަރަމް އަދި ވައިކަރަދޫ ދާއިރާ އަށް އެއް ހަފްތާއަށް ކުރާ ކެމްޕެއިން ދަތުރު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފެށޭނެއެވެ. މިދަތުރުގައި ޗެއަރޕާސަންގެ ނާއިބު މާލީ އަޙްމަދު މައުސޫމާއި ، އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ރަޝީދާއި، ނޮޅިވަރަމް ދާއިރާގެ ދާއިރާ ރައީސް އިބްރާޙިމް ވަޙީދު ބައިވެރިވެވަޑައިގަންނަވާނެވެ.