މެންބަރުންގެ ޚިޔާލު: ލަދުންބޯފަޅައިގެން ދާހާވެއެވެ.!!!!!!
8 ސެޕްޓެމްބަރ 2010
ލިޔުނީ: ފުނަމާ
ދިވެހިރާއްޖޭގެ ވެރިކަމަކީ ދުނިޔޭގައިއޮތް އެންމެ ނިކަމެތި ވެރިކަމޭ ބުނާކަށެއް އަޅުގަނޑުމެން ބޭނުމެއް ނުވާނެކަން ގައިމެވެ. އަދި މިވެރިކަމަކީ އެކަމަށް ކުފޫހަމަވާ މީހަކު ނެތިގެން ބޭރުން އެތެރެކުރާމީހަކާ ހަވާލުކުރާންޖެހޭފަދަ ވެރިކަމަކަށްވެސް ވުމަކަށް އަޅުގަނޑުމެން ނޭދޭނެތާއެވެ.
މިއަދުމިފެންނަ މަންޒަރުތަކާ އަޑުތަކަށް ބަލާއިރު ދެން ރާއްޖޭގައި ވެރިކަން ލިބޭނީ އަނެއްކާވެސް ޑިއާރުޕީއަށޭ އެޕާޓީއަށް ސަޕޯޓުކުރާ މީހުން ބުނެގޮވައި އެބައުޅެއެވެ. މިހާރުއްސުރެ އެޕާޓީންވަނީ 2013 ވަނައަހަރު ވެރިކަމަށް ކުރިމަތިލާނެ މީހަކުވެސް ނިންމާފައެވެ. އެޕާޓީގެ ބައެއްމީހުން ސިއްރުންބުނެއުޅެނީ އެއީވަކިމީހަކަށް މައުމޫނު ދަރާއޮތް ބައިވަރުގަނޑެއްގެ ބަދަލުގައި ހަދައިގެންއުޅޭ ޑީލްއެއް ކަމުގައެވެ. އަނެއްބަޔަކު ބުނެއުޅެނީ އެއީ ޔާމީނު ވެރިކަމަށް އަންނާންވެގެން ޑީއާރުޕީއަށް އަތްގަދަކޮށްފާނެތީވެ ހަދައިގެންއުޅޭ އުކުޅެއްކަމުގައެވެ. ކޮންމެ ގޮތަކަށްވިޔަސް ޑީއާރުޕީގެ ޤަވާއިދަށް ބަދަލެއް ނުގެނެސް އެޕާޓީގެ ލީޑަރު އެހާތަނަށް ދުނިޔޭގައި ހުރިއްޔާ އެނޫންމީހަކަށް ވެރިކަމެއް ނުލިބޭނެއެވެ. އެކަމަކު ދޮންޖޭމުމެން އެތިބީކީވެސް މާސަހަލުވެގެންނެއް ނޫނެވެ. ތިމާގެ ނަން މަޝްހޫރުކޮށްދީ ހެދި ޕާޓީ ދަންޖައްސާން ގޮވާލައި އެޕާޓީ ދޫކޮށް އެޕާޓީގެ މެންބަރުންނަށް ހަރާންކޯރުވެފައި ޑީއާރުޕީގެ ތެރެއަށް ގޮސް މަށަކީ އެންމެ އަޑުގަދަ މީހާޔަށް ހެދިގެން އެއުޅޭނީވެސް ކަމެއްނެތިއެއް ނޫންތާއެވެ. ކަންތައްތައް ވަމުންދާގޮތް އެނގޭނީއަދި 2013 ގެ އިންތިޚާބަށް ހަނދުބަލާން ކައިރިވެލީމަތާއެވެ.
މައްސަލައަކީ ވަކިމީހަކު ވެރިކަމަށް އަންނާން ފޮލާލީނު ފޮތީން ގަމީސްލައި ކަރާޗީލޮރީއެއްހެން ކުލަޖައްސައިގެން ހުރީމަކާނޫނެވެ. މައްސަލައަކީ ދެދުވަހުން އެއްދުވަހު ބައިބަޔަށް މީސްމީހުން މިފަދަ މީހަކު ގޮވައިގެން ކޯޓުތަކަށް ހިނގާތީއެވެ. ބެންކުގެ އޮޑިޓްރިޕޯޓުން އެތައްކަމެއް ބޮލުގައި އެޅިއްޖެއެވެ. އަނެއްކާ ކޮންމެސްތާކުން ގެނައި ލޯންޗެއް އޮޅުވާލައިގެން އެތެރެކުރި މައްސަލަގަނޑެއްގެ އަޑުވެސް ފިސާރި ގަދަޔަށް އިވުނެވެ. މިނޫނަސް ބައެއްކަހަލަ އަޑުތައް އިވިއެވާހަކަތައް ނުނިމެނީސް މިއިވުނީ އަންހެންބަޔަކު އަނެއްކާ އެތައްމިލިޔަން ރުފިޔާއެއް ނުދީގެން ކޯޓަށްދިޔަވާހަކައެވެ. ކޮންމެވެސް ކަނބާއްޔެއްތޯ ފަރެއްގެ މައްސަލާގައެވެ.
ތިމާގެ ބޮލުގައި ސަރުކާރުން ދޮގުއިލްޒާމްތައް އަޅުވަނީ ކަމުގައި ބުނެ އަމިއްލަ ގިރުވާނުގައި ޖަހާފައިވާ މިލަތައް ފޮރުވާއިރު މިވަރު ތަންފުކެއް ބޮޑެވެ. ތިމާމެންގެ ވެރިކަމުގައި އެހެންބަޔަކު ވެރިކަމަށް އަތުވެދާނެތީވެ އިނގިލިކުރީގައި ހުނިގަނޑުލައިގެން ދުވެ ރައްޔިތުންގެ އެންމެންގެ ބޮލުގައި ނުބައިފާހަގަ ލަމުން ދުވުނެއްކަމަކު މިއަދުމިއަކީ އެދުވަހެއް ނޫނެވެ. ފަޒާޔަށް ޖައްވަށް ވައިގެތެރެއަށް އުދުއްސާލާ އުންޑަޔަކުން ފަތްނެތް ބޮލެއްގެ އަރިމަތީން އިސްތައްޓެއް އަނދާފާނެތީވެ ބިރަކުން މިއަދަކު މީހުން ތިމާހިތުހުރި މީހަކަށް ވޯޓުލާން ނުކެރިފައި ތިބޭކަށް ނުޖެހޭނެއެވެ.
އޮޑިޓްރިޕޯޓުން ޚިޔާނާތަށް މަގުފަހިވާގޮތަށް ކޮށްފައިހުރިކަމަށް އެތައްކަމެއް ފާހަގަކުރުމުން އޮޑިޓަރ ޖެނެރަލް އެއްލާލީ ކުށްނުކުރާ އަޅުންނަށް ވާންވެގެންނޯލައެވެ. އަނެއްކާ މިއަދު މިކޯޓަށްދިޔަ ދެތިން އަންހެނުންނަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ގޭންގުތަކާވެސް ހަވާލުކޮށްފާނެއެވެ. މިކަމާވެސް މީހަކު އެއްޗެއްބުނާއިރަށް ” އަޝްތާ އަޅުގަނޑަކީ އެއްގޮތަކަށްވެޝް ތިބާވަތުގެ ކަމެއް ކުރާނެ މީހެއް ނޫނޭ ބުނާނެއެވެ. އެކަމަކުދެން މިހުރިހާ އަޑުތަކެއް މިއިވެނީ ހަމަ ކަމެއްނެތިގެން ބާވައެވެ.
ޚިޔާނާތްތެރީންނަކީ ހަމައެކަނި ޝަރީއަތަށް ސާބިތުވީމަކާ ނަންލިބޭ ކަމެއް ނޫނެވެ. އެހެންވިއްޔާ ދިވެހިރާއްޖޭގައި މިތިއްބެވި ބައެއް ދެމޫނުލީ ފަނޑިޔާރުން ޚިޔާނާތްތެރީންގެ ލޭބަލްނުޖަހާ މީހަކަށް ކަށްވަޅުގެ އަޒާބެއްވެސް ނުލިބޭނެކަމުގައި ހީކުރަނީހެއްޔެވެ؟ ދިވެހި ރައްޔިތުންގެ ތެރެއިން ދައުލަތުގެ އެތަކެއް ފައިސާއަކަށާއި ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ޚިޔާނާތްތެރިވެފައިވާކަމަށް ބުނާމީހަކު ނޫނީ ވެރިކަމަށް ގެންނާކަށެއް ކުފޫހަމައެއް ނުވޭހެއްޔެވެ؟ މިވާހަކަތައް ނުނިމެނީސް އަންހެންވެރީން އިލޮށިފަތީން ތަޅައި ފަހައިގަނެގެން ކޯޓަށް ގެންދާވަރުގެ މީހަކަށް މިމީހަކުވުމަކީވެސް އިތުރަށް ވިސްނާލާން ޖެހޭ ކަމަކަށްނުވޭބާވައެވެ؟
ކޮންމެބަޔަކުވެސް ވިއްކާންނެރޭނީ އެބަޔަކަށް އެންމެ ފައިދާވާނެ މުދަލެކެވެ. އެގޮތުން ވެރިކަމަށް ކުރިމަތިލާން ގަސްތުކޮށް ސިޔާސީ ޕާޓީއަކުންވެސް ނެރޭނީ އެޕާޓީގައި ހުރި އެންމެ ކަމަށް އެކަށީގެންވާ މީހާތާއެވެ. ރައްޔިތުންގެ ރުހުން ހޯދުމުގައި މިކަމާމެދު ވަރަށްބޮޑަށް ބަލާނެތާއެވެ. އިއްޔެ މުސްކުޅި ބެޔަކު އަތްހިއްލާގޮތް ބޮޑުއިސްކްރީނުން ބަލައިގެން ވޯޓުދިނެއްކަމަކު އެބޭގެ ދަޅަފަނޑުވެދާއިރު ފަހުން އެގޮތަށް އެކަންކުރެވޭނެކަމުގައި ޔަޤީންކުރާ ބަޔަކަށްވުރެ މޮޔަބަޔަކު ނުތިބޭނެއެވެ. އަދި މިފަދަ މީހަކު ކުރިޔަށްނެރެގެން ރައްޔިތުންނަށް ވިއްކާން އުޅުމަށްވުރެ އުތުރުކަރައިން ” ކަދަޅާޔަކު” ގެނެސްގެން ވިއްކާން އުޅުނަސް މާރަނގަޅުވާނެހެން ހީވެއެވެ. ކުރާނީކީއްހެއްޔެވެ؟ މިނޫންމީހަކު ނެތިއްޔާއެވެ. އެހެންމީހަކު ނެރޭންބަލާއިރު އަދިމިޔައްވުރެ ފަސްބައި ހަޑިއެވެ. ލަދުން ބޯފަޅައިގެން ދާހާވެއެވެ. ނޫނޭ އަދިވެސް ތިރީސްއަހަރުވާންދެން ދިވެހި ރައްޔިތުންގެ މަސްކައިގެން ބަނޑުގައި ލޮކިމަސްޖަހާފައިހުރި މީހަކުހުރިތޯބަލައިގެން ޕާޓީގެ ނަންލިސްޓު ދިގުކުރެވޭތޯބަލާށެވެ. ނޫނީ “ޑޭންޖަރަސް ރެޑިކަލް ޕީޕަލްސް ޕާޓީގެ ” ނަމުގައި ޑީ. އާރު. ޕީ. ޕީ . އުފައްދައި އިއްތިހާދުވެވޭތޯ ބަލަމާހިނގާށެވެ.










އެމްޑީޕީއަކި ޑިމޮކްރެޓިކް ހަމައެކަނިޕާޓީއެވެ.ވެބުސައިޓުގާ ކޮންމެކަހަލަ ކޮމެންޓެއްވެސް ލިޔެވެއެވެ.އެމިނިވަންކަން އެބައޮތެވެ،އެކަމަކު ޑީއާރުޕީގެ ވެބުސައިޓުގަ އެއްވެސް ކޮމެންޓެއްލިޔެވޭކައްނޯވެއެވެ،ހަމަ ފިޑިވެފަ ކުރެވިފަހުރި ވައްކަންތައްގިނައީއެވެ.
Comment by shukoor — Wednesday, September 8, 2010 @ 12:12 pm
އެއީވަގުންގެޕާޓީ ކޮމެންޓްކުރެވޭނީއެމީހުންނަސަނާކިޔުން
Comment by mohamed — Wednesday, September 8, 2010 @ 9:31 pm
ވަގަށް ރުއްރުކުން ކާށިކައިގެން އުޅޭ މީދާ ހާއްޔަކުން ނެރެވޭނީވެސް ހަމައެކަހަލަ ވަގު މީދަލެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ތިބުނާ ޕާޓީއަކުން އިސްސަފުގައި އެފެންވަރރުގެ މީހަކު ނޫނީ ނެތެވެ. ކިތަންމެ މޭކަޕެއް ކޮށްގެން ނުކުމެހުއްޓަސް އެއިން މީހެއްގެ ގައިން ދުވާވަހުން ނޯއްދަމާލާކަށް ނުކެރެއެވެ. މިހާލުގައިތިބި ބަޔަކަށް އަލުން ވެރިކަން ދިނުމަކީ ކުރާނެ ކަމެއްނޫނެވެ. ތިބުނާ ދޮންޖޭމު މެންގެ ހާލުވެސް ރާއްޖޭގެ އެންމެން ދަންނާނެއެވެ. އަނެއްކާ ޔާމީނަކީ ކާކުކަންވެސް ދިވެހީންދަނެއެވެ. މިޑްޓާރމް އެލެކްޝަންއަކަށް ރައީސް ނަޝީދު ވިދާޅުވުމުން ބިރުން ހީކަރުވައި ތުރުތުރުލާން އެފެށީ އެހެންވެގެންނެވެ. ޑީއާރުޕީއަށް އިޚްލާސްތެރިކަމާއެކު ބުނާންއޮތީ ފޭލިބޭލިފައިތިބި ބަޔަކު ކިތަންމެވަރަކަށް ކުރިއަށް ނެރެގެން އުޅުނަސް ވެރިކަމަށް ދެން ޓާޓާއެވެ.
Comment by buraaru — Wednesday, September 8, 2010 @ 10:51 pm
ދާއިރާތަކުގެ މަގާމުތަކަށްކުރމަތިލުމުގެ ފުރުސަތުހުޅުވިފައިވާ ކަމަށް މައުލިބެނީ ހަމައެކަނި ޕާޓީގެ ވެބްސައިޑުންކަމަށްވާތި ލަފާކުރެވެނީ މަގާމުތަކަށް ހަމަވާވަރަށް ކުރިމަތިނުލެވުނީކަމަށް ބެލެވެނީ ، އެހެންކަމުން އަޅުގަޑުގެ ޚިޔާލަކީ ދާއިރާގެ މަގާމުތަކަށް
ކުރިމަތިލިޔުމުގެ ފުރުސަތު އެއްފަހަރު އިތުރުކޮށްފާ އާއްމުކޮށް ޕާޓީގެ މެންބަރުންނަށް މައުލޫމާތު ފޯރުކޮށްދިނުން ، އަޅުގަޑުނިސްބަތްވަނީ އެއްމެގިނަ މެންބަރުން ޕާޓީގެތިބި އެއްސަރަޙައްދު އެހެނަސް ގިނަމީހުންނަށް މިކަމާއިބެހޭ މައުޅުމާތެއް ފޯރުކޮށްދެވިފަވާ ކަމަށް ގަބޫލުނުކުރެވޭ ، އެހެންކަމުން މިކަމަށް ސަމާލުވުމަށް ޕާޓިގެ ސެކެއްޓޭރިއޭޓަށް
ހަދުމަކޮށްދެން ، އަދި މިގެ އިތުރުން ކޮންގްރެސް ބާއްވަން ތާރީޚުކަޑައެޅިފައިވާހިދު އަދި މިސަރަޙައްދުން ގޮފިތަށްހެދުމަށާއި ކޮންގުރެސްއަށް ތައްޔާރުވުމަށް އެއްވެސްވަރެއްގެ މަސައްކަތެއް ނުހިގާވާހަކދއްނަވަން = އަސްތާ =
Comment by asthaa — Wednesday, September 8, 2010 @ 11:14 pm
ދާއިރާ އިންތިހާބައް ފޮނުވި ބައެއްމީހުންގެ ފެކްސް ލިބުނުކަމަކައްނުވޭ މިވަރައްދެރަކަމެއް އަދިދެދުވަހުގެ މުހުލަތެއް ދިނުންރަގަޅު
Comment by shukoor — Thursday, September 9, 2010 @ 10:06 am
ދާއިރާތަކުގެ މަގާމުތަކަށްކުރިމަތިލުމުގެ ފުރުސަތުހުޅުވިފައިވާ ކަމަށް މައުލޫމާތު ލިބެނީ ހަމައެކަނި ޕާޓީގެ ވެބްސައިޓުންކަމަށްވާތީ ލަފާކުރެވެނީ މަގާމުތަކަށް ހަމަވާވަރަށް ކުރިމަތިނުލެވުނީކަމަށް
Comment by 121 — Wednesday, September 15, 2010 @ 4:43 pm