މެންބަރުންގެ ޚިޔާލު: ޚިޔާނާތްތެރިވަނީ ކަމުގައި ބެލެވިދާނެތަ؟
7 ސެޕްޓެމްބަރ 2010
ލިޔުނީ: ފުނަމާ
ދައުލަތުގެ އެއްވެސް އެސެޓެއް ސަރުކާރުން ބޭނުން ކުރުމުގައި ، މިސާލަކަށް ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ކަނޑާއި ފަޅާ ބިންތަކާއި ވައިގެ ސަރަހައްދުގައި ހިމެނޭ އެއްވެސް މިލްކެއް ނުވަތަ ދައުލަތުގެ ފައިސާއެއްވިޔަސް ވަކިބަޔަކަށް ސަރުކާރުން ދިނުމުގައި ރައްޔިތުންގެ ޤާނޫނުހަދާ މަޖްލިހުގެ ބަހެއް ނުވަތަ ނިންމުމެއް އޮންނާން ޖެހޭނެތޯ ކުރެވޭ ސުވާލަށް އެންމެ ކުރުގޮތަކަށް ޖަވާބެއް ދޭނަމަ ދެންނެވޭނީ އާދޭހެވެ.
ދިވެހި ދައުލަތުގެ އެންމެހާ މުދަލާއި ތަކެއްޗަކީ ސައްތައިން ސައްތަ ދިވެހި ރައްޔިތުންގެ ޙައްޤުތަކެވެ. އެއްވެސް ޙާލަތެއްގައި ސަރުކާރަކުން ބޭނުންގޮތަކަށް ނުވަތަ ހިތުހުރި ގޮތަކަށް ބޭނުން ކުރުމަކީ ފަހަރެއްގައިވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ލިބިގެންވާ ބާރެއް ކަމުގައި ވެގެން ނުވާނެއެވެ. އެހެނީ މިފަދަ ކަންކަމުގެ ސީދާ އަދި ނުސީދާ އަސަރުވެސް އާޚިރުގައި ކުރާނީ ދިވެހި ރައްޔިތުންނަށް ކަމުގައި ވާތީއެވެ.
ނަމަވެސް އުފެދޭ ސުވާލަކީ މިގޮތަށް މިކަންކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުތަކަށް ބާރުތައް ދެވިފައި އޮންނާންވާނީ ކިހިނެއް ހެއްޔެވެ؟ ޤާނޫނު ހަދާމަޖްލިހުން މިކަމުގައި ޢަމަލު ކުރާންޖެހެނީ ކިހިނެއް ހެއްޔެވެ؟
ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި ދެން އޮންނާނެކަމަށް ބެލެވެނީ ޕާޓީ ސިސްޓަމުން އުފެދޭ ވެރިކަމެވެ. މިހާރު މިއޮތްކަހަލަ ވެރިކަމެވެ. ޕާޓީއަކުން ނުވަތަ ޕާޓީތަކުން ގުޅިގެން އެމީހުން އެކަށައަޅާ މެނިފެސްޓޯއެއް ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އައިސް އެކުލަވާލާ ސަރުކާރެކެވެ. އެހެން ކަމުގައިވާނަމަ ވެރިކަމަށް އަންނަ ބަޔަކު ވެރިކަން ހިންގުމަށް ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތީން ވެރިކަމުގެ ދައުރުގައި ކަންކުރާން އެބަޖެހެއެވެ. އެވެރިކަމެއްގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާބަޔަކު ނުވަތަ އެބާރު ލިބިގެންވާ ބަޔަކު ތިބޭނަމަ އަމާން އޮމާންކޮށް ވެރިކަން ކުރުމަކީ ކުރެވޭނެ އަދި ހަމަޖެހޭވެސް ކަމެއް ނޫނެވެ. މިއަދު ރާއްޖޭގައި ކަންހިނގަމުން މިދަނީ އެންމެ ރަނގަޅުގޮތުގައި ނޫންކަމަށް ގިނަބަޔަކު ބުނަމުން އަދި ބޮޑެތި ސިޔާސީ މައްސަލަތައް އުފެދެމުން ސިޔާސީ މަސްރަޚް ހޫނުވަމުން ބަނަވަމުން މިދަނީ މިފަދަ ސަބަބުތައް ކުރިމަތިވެފައި ވާތީއެވެ.
ޤާނޫނު ހަދާ މަޖްލިހުން ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރި ކުރުވަން ނުޖެހޭނެ ކަމުގައި ހަމައެކަކުވެސް ނުބުނާނެއެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ނުވަތަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެއްގެ ސަބަބުން އެސަރުކާރެއްގެ މަޤްބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ބޮޑުވަމުން ދާނަމަ އެކަން ހުއްޓުވާލުމުގެ ގޮތުން ކުރާ ކަންކަން ކަމުގައިވާނަމަ އެއީ ސަރުކާރު ޒިންމާދާރު ކުރުމަށްވުރެ ބަޔެއްގެ އަމިއްލަ ޒާތީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ ފެންވަރެއް ނެތް މަސައްކަތެއްގެ ގޮތުގައި މެނުވީ ބެލެވޭކަށް ނޯންނާނެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށް ސީދާގޮތެއްގައި އަސަރުކުރާނެކަން މިއަދު ރާއްޖޭގެ މަސްރަޚުން މިދަނީ ފެންނަމުންނެވެ.
ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ ލާޒިމްކަމެއް ނޫނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖްލީހުން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެއެވެ. އަދި ދައުލަތުގެ އަނެއްބާރުކަމުގައިވާ އަދުލު އިންސާފުގެ ބާރުންވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭފަދައިން ސަރުކާރުންވެސް އަނެއްދެބާރަށް ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެއެވެ. ނޫންނަމަ ދައުލަތް ހިންގުމަށްވުރެ އެއްބާރު އަނެއްބާރެއްގެ މައްޗަށް އަރައިގަތުމަށް ކުރެވޭ ހަނގުރާމަދާނީ އިތުރުވަމުންނެވެ.އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދައުލަތުގެ ތިންބާރުން ފިސާރި އިޚްލާސްތެރިކަމުގައި ސާބިތުވެ އޮންނާން ޖެހޭނެއެވެ.
މިސާލަކަށް ދަންނަވާނަމަ ސަރުކާރެއް ހިންގުމުގައި ބޭނުންކުރާނީ ކޮންކަހަލަ ސިޔާސަތެއްކަން މާކުރީން ރައްޔިތުންނަށް އަންގައިގެން އެކަން ރައްޔިތުން ބަލައިގަނެގެން އެސަރުކާރެއް ހޮވުމުން އެބުނެވެނީ އެސަރުކާރެއް ހިންގުމަށް އެކަށައަޅާ ސިޔާސަތެއްް ހިންގުމަށް ޤާނޫނެއް ބަދަލުކުރާން ޖެހުނަސް އަދި އިތުރަށް ހަދާންޖެހުނަސް ހަދާންޖެހޭނެކަމުގައެވެ. އެހެން ނޫންނަމަ އެސަރުކާރެއް އެއެކަށައަޅާ ކަންކަމަށް ރައްޔިތުންނައިގެން ވާސިލްވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ހަމައެހެންމެ ސަރުކާރު އުފެދޭއިރު އެސަރުކާރަކުން ކުރާން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ޤާނޫނެއް ނެހެދި އޮތުމަކީ އެސަރުކާރުގެ ސިޔާސަތު ނުހިންގުމަށް އޮތް އުޒުރަކަށް ވެގެން ނުވާނެއެވެ. މީގެ މިސާލެއްގެ ގޮތުން މިސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތަކީ މާކުރީންވެސް ރައްޔިތުންނަށް ހުށައަޅާއި ރައްޔިތުން އެކަން ފާސްކޮށްފައިވާ ކަމެކެވެ. މިދެންނެވީ އެކަން ޤަބޫލުކޮށް ރައްޔިތުން އެވަނީ ސަރުކާރު ގެނެސްފައެވެ. އެހެންކަމުން ސަރުކާރުން އެކަށައެޅި ސިޔާސަތާ އެއްގޮތަށް އެކަން ހިންގުމުގެ މަގު ފުރިހަމަޔަށް ފަހިވެފައި އޮންނާން ވާނެއެވެ. ޤާނޫނީ ގޮތުން އެކަމެއްގައި ކުރިޔަށް ދެވޭން ނެތްނަމަ އެފަދަ ޤާނޫނުތައް ހަދައި އެކަމަށް މަގުފަހި ކޮށްދޭން ޖެހޭނެކަމުގައި ދެކެމެވެ. ހަމައެހެންމެ ސަރުކާރަށް އެކަން ކުރެވެންއޮތް މަގުތައް ބަންދުކޮށްލުމުގެ ގޮތުން ޤާނޫނު ހަދާ މަޖުލިހުން އެކަން ކުރެވެން އޮތް ޤާނޫނުތައް ބަދަލުކޮށް ލާފައި މިކަން މިކުރަނީ ސަރުކާރުން ކަންކުރާ ގޮތުން ސަރުކާރު ޒިންމާދާރު ކުރުވާށޭ ބުނުމަކީ ހަމަޖެހޭނެ ކަމެއް ނޫނެވެ. އަދި އެކަންކަން ކުރެވޭނެ ޤާނޫނެއް ނަހަދައި ހުރި ޤާނޫނުތަކުން ކަންކަން ހަނިކުރާނަމަ ޤާނޫނު ހަދާ މަޖްލިހުގެ ބާރުގެ ބޭނުން އެކުރަނީ ޖާއިޒުގޮތުގައި ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެއެވެ. ސަބަބަކީ ސަރުކާރަށް ބާރުދެނީ ރައްޔިތުން ކަމުގައި ވާއިރު ޤާނޫނުހަދާ މަޖްލިހުގައި ހިމެނޭ ކޮންމެ މެންބަރަކީ ސަރުކާރުހިންގާ ވެރިޔަކަށް ލިބޭ އަދަދާ ކައިރިވެސް ނުކުރާވަރުގެ ވޯޓަކައިގެން އެގޮނޑީގައި އިންނަ މީހަކަށް ވާކަމެވެ. އެހެންކަމުން ހެޔޮނިޔަތެއްގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ތިމާމެންގެ އަމިއްލަ މަސްލަޙަތަށް ކަންކަން ނިންމުމަކީ އެންމެ ރަނގަޅުގޮތަކަށް ނުވާނެއެވެ.
ސަރުކާރުން ރައްޔިތުންނަށް ޚިދުމަތެއް ތަޢާރަފުކުރަނީ އެހިނދަށް އޮންނަ ކޮންމެވެސް ޤާނޫނެއްގެ ދަށުން ބާރުލިބިގެން ކަމުގައި ވާނަމަ ހަމަވަޤުތުން އެކަން ހުއްޓުވާލުމަށް ޤާނޫނަށް ބަދަލުގެނަޔަސް އެކަން ބަލައިގަތުމަކީ ސަރުކާރަށްވެސް ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް އެކަންކަން ސަރުކާރުން ކުރާނެގޮތަކީ ކޮބައިކަން ދެނެގަނެ އެކަމަކުން ރައްޔިތުންނަށް ނޭދެވޭ އަސަރެއް ނުކުރާނޭ ބީދަޔަކުން ވީއެންމެ އަވަހަކަށް ޤާނޫނެއް ފަރުމާކޮށް ނިންމައި ދިނުމަކީ ކޮންމެހެން ކުރާން ޖެހޭނެ ކަމެކެވެ. އަދި އެފަދަ ޤާނޫނެއް ވުޖޫދަށް އަންނާންދެންވެސް ކަންކުރެވޭނެގޮތް ހަދާދޭން ޖެހޭނެއެވެ.
ސަރުކާރަކުން އެސަރުކާރެއްގެ މެނިފެސްޓޯގައި ނުހިމެނޭ ކަމެއް ކުރާންފަށައި އެކަމަކީ ރައްޔިތުންގެ މެދުގައި ހިންހަމަ ނުޖެހުން އޮތްކަމަކަށް ވެގެން ދާކަން ރައްޔިތުން ހާމަކޮށްފިނަމަ އެކަމެއް ބަދަލުކުރުމުގައި ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ގެންދިއުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެނޫންގޮތަކަށް ސަރުކާރުން ރައްޔިތުންގެ ގާތު ވަޢުދުވެފައިވާ ކަންކަން ނުކުރެވޭނެ ގޮތަށް ހިފެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިކަންކަމުގައި ސަރުކާރާ މަޖްލިސް އެއްބައިވެ ވާހަކަ ދައްކާން ޖެހޭނެއެވެ. އަދި ރައްޔިތުންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ވީއެންމެ އަވަހަކަށް އެކަމެއް ނިންމާން ޖެހޭނެއެވެ. ޤާނޫނެއްގެ ދެފޮޅުވަތް ދޭތެރެއިން ސަރުކާރުގައި ބޮޑުތަޅު އަޅުވާން އުޅޭނަމަ އެކުރާ މަސައްކަތެއް ބަލައިގަންނާން ރައްޔިތުންނަށްވެސް ފަސޭހައެއް ނުވާނެއެވެ.
މާލިއްޔަތު ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކަށް ބަލާލާއިރު ރައްޔިތުންނަށް މިސަރުކާރުން ދެމުންގެންދާ ގިނަ ޚިދުމަތްތަކެއް ދެން ދެވެންއޮތީ ބައެއް ކަންކަމަށް ޤާނޫނު ހެދިގެންނެވެ. އެހެންކަމަށް ވާނަމަ އެބުނާ ޤާނޫނެއް މިސަރުކާރުގެ މިދައުރު ނިމޭހިސާބަށް ދާއިރު ނުހެދުނަސް ހަމަ އަތްއުރާލައިގެން ސަރުކާރުން ތިބެން ވީހެއްޔެވެ؟ ހަމައެހެންމެ ކުރީން ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ނުވަތަ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރުން ބިމެއް ވިއްކާލަން އުޅޭއިރަށް އެކަމަކަށް ހުރަސް އެޅުމާ ކަމެއް ހިންގުމަށް ބަޔަކާ ހަވާލުކުރާއިރަށް އެކަމަކީ ނުކުރެވޭނެ ކަމެއްކަމުގައި ބުނެ ތެޅިފޮޅި ގަތުމަކީ އެކަން ކުރާބަޔެއްގެ ނިޔަތް ރަނގަޅުނޫންކަން އަންގައިދޭ ހެއްކެކެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖްލިސްގައި ތިބޭ ބަޔަކު ދެދުވަހުން އެއްދުވަހު ސަރުކާރު ގޮވައިގެން ޝަރީޢަތަށްގޮސް ސަރުކާރުން ކުރާކަންކަން ހުއްޓުވާން އުޅުމަކީ އަމިއްލައެދުން ކުރިޔަށް ނެރުމޭނޫނީ ބުނެވޭކަށް ނޯންނާނެއެވެ.
ސަރުކާރުންވެސް ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރާން ރައްޔިތުންގެ މަޖްލިހުން ދޫކޮށްފައި އޮންނާކަށެއް ނުޖެހެއެވެ. ސަރުކާރުގެ އަޣުލަބިއްޔަތު މަޖްލީހުގައި އޮތަސް ނެތަސް މިކަން އޮންނާންވާނީ އެހެންނެވެ. ހަމައެހެންމެ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ނޫނެކޭ ބުނުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މަޖްލީހުގައި އަޣްލަބިއްޔަތު އޮތްކަން ދެއްކުމަށް ދޭންއޮތް ސިގްނަލެއް ނޫންކަން ހަނދާން ކުރާންޖެހޭނެއެވެ. އެހެންނަމަ މާދަމާވެސް އެބުނާ އަޣުލަބިއްޔަތު ސަރުކާރަށް ލިބޭއިރަށް ދެން ސަރުކާރުން ކަންކުރާ ގޮތަކާ ދޭތެރޭ ބަޔަކަށް ކިޔޭނެ އެއްޗެއް ނޯންނާނެތާއެވެ. ޗެކްއެންޑް ބެލެންސްއޭ މިކިޔާ އެއްޗެއް ހުވަފެނުންވެސް ނުފެންނާނެތާއެވެ. ތެދެކެވެ. ކޮންމެ ސަރުކާރަކުން ނަމަވެސް ދައުލަތުގެ އަމާނާތްތަކަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި މިފަދަ މުދަލަކުން ކުރާ މުޢާމަލާތްތައް ކުރާންވާނީ ރައްޔިތުންގެ ރުހުމާ އެއްގޮތަށެވެ. ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށެވެ. ނަމަވެސް މިހާރު މިވާހެން ހެދިފައިވާ ޤާނޫނުތަށް ހުދުކާފޫރަށް ހަދާ ހުލިކޮށް ސަރުކާރުގެ ބާރު ކަނޑުވާލަން އެހެން ބާރުތަކުން މަސައްކަތް ކުރާނަމަ އެފަރާތްތަކުން އެވަނީ ޤައުމަށާ ރައްޔިތުންނަށް ޚިޔާނާތްތެރިޔޭ ބުނުމުގެ ޖާގައެބައޮތެވެ.










މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއްނެތް. މިސަރުކާރުން ރައްޔިތުންނަށް ފައިދާވާގޮތަށް އިންޑިޔާގެ އެޕޯލޯއާއި ގުޅިގެން ހިންގަންއުޅުނު އައިޖީ އެމް އެޗްގެ ކަންކަން ދިޔަގޮތްބަލާ. ދެފަރާތުގެ އެގްރިމެންޓުގައި ބޮޑެތި ކޮރަޕްޝަން. ސަރުކާރުގެ އިސްވެރިން އެމީހުންގެ އަތުން މިލިޔަނުން ޑޮލަރުއަތުލާފަ އެންމެފަހުން އެމީހުންނަށް ކެހިދީފަ ފޮނުވާލީ. އެއަރޕޯޓްގެ ކަންތައްވެސް އޮތީއެހެން.
Comment by nishaa — Tuesday, September 7, 2010 @ 1:56 pm
މިފަހަރު މިއަތުލާގެން މަސްތުވާތަކެތި ހިއްސާވާ 2ސިޔާސީމީހުން ހިމެނޭ މިފަހަރު ދެން ސަލާމަތްވެބަލަ މަޖިލިސް 2ގޮނޑިހުސްވަނީ މިމީހުން ފަހުންބުނާނަން އަދިމިފަހަރު ކޯޓުން މިކަންރަނގަޅުނިމުމެއްނުނިންމާފީޔާހުރިހާރަށެގެމީހުން މާލެއައިސްކޯޓްތަކާ ހަވާލުވުމަށް ގޮވާލަން
Comment by sangu bengaloor — Tuesday, September 7, 2010 @ 8:12 pm
ދާއިރާގެ އިންތިހާބުގާ ވާދަކުރުމަށް ފުރުސަތުދޭން ވާނީއެދާއިރާގެމީހުންނަ މިހާރުވެސް ކުޅުދުފުށީން ތިކަމާހެދި މިހާރު މިޔޮއް ގޯސްވަނީ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ވިސްނާ ލިބިދާނެ ގެއްލުމަށް ވިސްނުން ރަނގަޅު
Comment by maree — Wednesday, September 8, 2010 @ 12:32 am
ޒުވާނުންނަށް ފުރުސަތުދީ އެދާއިރާގެމީހުންނަށް މިހާރުވެސް ހަނިމާދޫ/ވައިކަރަދޫ މީހުން ތިބީ ވަތަނީގޮތުގާ
Comment by nafee — Wednesday, September 8, 2010 @ 12:35 am
މިހާރު ފޮޓޯނުނަގަނީތޯ އަޅުގަނޑުކުރިކޮމެންޓް ގޯސްވީތޯ
Comment by sangu bengaloor — Wednesday, September 8, 2010 @ 12:37 am
މާރި އިންތިހާބު ނިމޭއިރު ޕާޓީޔަށް ލޮޅުމެއް އަޔަނުދޭތި އާދޭސްކުރަން
Comment by afuraah — Wednesday, September 8, 2010 @ 12:41 am
ހަސަންފުޅާ އިހުލާސްތެރިކަމެއް ނެއްބަޔަކައް ތާއީދުނުކުރާތި އެމްޑީޕީ މީހުންނަކީ ދޮގުހަދާ މަކަރުވެރިބައެއް.އެމްޑީޕީ ސަރުކާރެއްގާ އެކަކައް ދެވަޒީފާއެއްނުދޭނެކަމުގެ ޔަގީންކަން ޖަލްސާތަކުގާގޮވިމީހުންކޮބާ؟ ކިތައްމީހުން ދެވަޒީފާ ތިންވަޒީފާގެ ކިތައްމީހުން އެބަތިބިތަ މިހާރު؟.އަހަރެމެން ނަށް އެބަފެނޭ އަނދިރިމީހުންނަށް ނުފެންނަނެ ދޯ ހަސަންފުޅާ.
Comment by Anonymous — Thursday, September 30, 2010 @ 11:34 am
މިހާރު ކިހިނެއްތަ ހަސަންފުޅާ؟ ލޮޅުންނައަރާދާނީ ކިހިނެއްތަ؟ ދޮގުހަދާބަޔަކައް. އެއެއްޗަކުންނިކުއްނަ ފައްޏަކުން އެއެއްޗެއްހަލާކުވާނީ މާކަރީސަރަހައްދުގާ ބިރުކަޑާ އެމްޑީޕީދިރުވީ އަހަރެން އިބުރާހިއަލީ ކަލޭމެންގެ ނަމުންނަމަ މާކަރީދީދީ .ވާހަކަޔާ މެނިފެސްޓޯއާ ހިލާފު ދޮގުހަދާ ދޮގުވެރިޔެއް އަންނީވެސް އޭނާ އުފެއްދިޕާޓީގެމީހުން ވެސް ވީމާ އަހަރުމެން ކޮޅު އަބުރާލަނީ އެކަމަކު ހީނުކުރާތި ދާނީ އެކަނިކަމައް ބޮޑައް ފާޅުވެގެންދާނީ އިންތިހާބެއްގާ. ކަން ހަދާންކުރާތި.
Comment by iburaahim ali — Thursday, September 30, 2010 @ 12:01 pm