Maldivian Democratic Party » ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރައްވައިފި
އެމްޑީޕީ މާލެ ސިޓީ ޕްރައިމަރީގައި ބަޔަކު ވޯޓުލަނީ ..
mdp_banner

Monday, September 6, 2010

ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރައްވައިފި

6 ސެޕްޓެމްބަރ 2010

ރާމިޒް

dsc_0032-450-x-301

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޒާހިރު އާދަމްގެ އެހީތެރިކަން އަބަދުވެސް ސަރުކާރަށް ލިބޭކަމަށާއި، އަދި “މިހާރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޒާހިރު އާދަމްގެ ވިސްނުމާއި، ފިކުރާއި ތަޖުރިބާ ޕާޓީއަށް ލިބޭނެ ކަމީ އެމްޑީޕީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށް” ދެކެވަޑައިގަންނަވާ ކަމަށެވެ.
މާރިޔާގެ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ އިސް ވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ ރޭ ގައެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 31 އެވެ.

12 Comments »

  1. މަރުޙަބާ! ޒާހިރު އާދަމް………. އެމް.ޑީ.ޕީ އަށް ކުރިއެރުން ދުވަހެއް ދުވަހަކަށް ލިބެމުންދާކަ،މުގެ ހެކި މިފެންނަނީ. އިރާދަކުރެއްވިއްޔާ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަނީ

    Comment by FIRAZ nadella — Monday, September 6, 2010 @ 12:06 pm

  2. ސާބަހޭޒާހިރު އާދަމް

    Comment by asfaree — Monday, September 6, 2010 @ 12:13 pm

  3. އެމްޑިޕީގެ އެންމެހާ މެންބަރުންނަށް މިލިބުނު ބޮޑުކާމިޔާބީ އަކީ ހަމަގައިމުވެސް މިޕާޓީގެ އުސޫލުތައް ހަރުދަނާވެ އޮތުމުގެ ސަބަބުން ލިބިގެންދިޔަ ކާމިޔާބީއެއް ކަމުގައި ދެކެމެވެ. ޒާހިރު އާދަމްއަކީ ހަމަގައިމުވެސް އިންސާފަށް ބަސްވިދާޅުވާ ޙަޤީގަތަށް ލޯބިކުރައްވާ ބޭކަލެއްކަން ގިނަބަޔަކު ގަބޫލުކުރާނެއެވެ. މަޖްލިސްގެ ތަޖުރިބާ ހުރި ފިސާރި ކެރިގެން ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވަމުން ގެންދަވާ އިޚްލާސްތެރިއެއްވެސް މެއެވެ.

    Comment by buraaru — Monday, September 6, 2010 @ 12:48 pm

  4. ސާބަހޭ ޒާހިރު އާދަމް

    Comment by mohamed — Monday, September 6, 2010 @ 1:07 pm

  5. ސާބަސް ޒާހިރުބެއަށް…!!! ޤައްދޫ ރައްޔިތެއްގެ ހައިޞިއްޔަތުން ތި ނިންމެވި ނިންމެވުމަށް ފަޚްރުވެރިވަން..!!! އެމް.ޑީ.ޕީ އާއެކު ކުރިއަށް ވަޑައިގަންނަވާ…އޭރުން އަޅުގަނޑުމެން ރަށަށް،އަތޮޅަށް އަދި މި ރާއްޖެއަށް ފާގަތި މުސްތަޤްބަލެއް ލިބޭނީ…!!! …މަރުޚަބާ..!!!

    Comment by Muraali Kaasimbe — Monday, September 6, 2010 @ 1:16 pm

  6. ޒާހިރު އާދަމް އަބަދުވެސް ވޯޓުދެމުން ދަނީ އެމް ޑީ ޕީއަށް ވީމާ އޭނާ ސޮއިކުރިއެއްކަމަކު ގޮނޑިއެއް އިތުރުވެފައިނުވޭ. ޕާޓީގެ މެމްބަރުން ގިނަވެއްޖެ. މަރުހަބާ ޒާހިރު.

    Comment by nishaa — Monday, September 6, 2010 @ 2:24 pm

  7. މެންބަރަކަށްފަހު މެންބަރެއް އެމްޑީޕީއަށް ވަންނަމުން މިދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިކަމުންވެސް އިދިކޮޅު ފަރާތްތަކުން ރާވަމުން ގެންދާ މަކަރުވެރި ރޭވުންތަށް ބަލިކަށިވަމުން ދާކަން އެބައެނގި ހާމަވެއެވެ. މިކަން މިހެން ވަމުން ދާތީވެ އިދިކޮޅު މީހުންގެ ހިތުގައި ލައްކަވޭން އަޅާނެއެވެ. އެކަމަކު ޙައްޤު އައުމުން ބާތިލް އަބަދުވެސް ބަލިކަށިވެ ނެތިދާނެކަން އެއުރެންނަށް އަދިވެސް ހަމަނޭނގެނީއެވެ. މަޖްލިސް ފެށުނުއިރު އެމްޑިޕީއަށް ވުރެ ޑީއާރުޕީގެ މެންބަރުން ގިނައެވެ. އެކަމާ ފިސާރި ފަޚުރުވެރިވެ ހޯއްގޮވިނަމަވެސް މިއަދު ޑީއާރުޕީއަށް މަޖްލިހުގައި ކޮޅަށްހުރެވެނީ ޕީއޭގެ ލަޓިގަނޑުގައެ އެހީގައެވެ. އަދި އެކަންވެސް ދާދިއަވަހަށް ނެތިހިނގައިދާނެއެވެ. ޙައްޤަށް ނަސްރުދެއްވުމުގައި އަބަދުވެސް އިޚްލާސްތެރީންނާއިއެކު ﷲ ވޮޑިގެންވެއެވެ. ހުރިހާ ޝުކުރެއް ޚާއްސަވެގެންވަނީ އެއިލާހަށެވެ. ކުރިޔަށް އެމްޑިޕީ ކުރިޔަށް ރައީސް ނަޝީދު!

    Comment by kanzu — Monday, September 6, 2010 @ 7:05 pm

  8. ނިސްސާއަކީ މީގެކުރިން ފިރުއަނުކަނލާގެއޭ ކިޔާގޮތަ މައުމޫނުކަނލާގެކިޔާނިސްސާއަކީ ޢޭގެމީހެއް މީނާއަބަދުވެސް ތިކަހަލަކޮމެންޓް ކުރާތީ ހައިރާންވެ

    Comment by maree — Monday, September 6, 2010 @ 7:10 pm

  9. ޒާހިރު އާދަމް ތިވިސްނުމަ މަރުހަބާ

    Comment by maree — Monday, September 6, 2010 @ 7:12 pm

  10. ޒާހިރު އާދަމް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އަޕަރސައުތު އިނިޝިއޭޓިވް ގޮތްޕާއި ޑިމޮކްރަޓިކް ސްވައިދީވް ގޮފީގެ ފަރާތުން ޒާހިރު އާދަމް އަށް މަރުހަބާ ދަންނަވަން …….. މައުރޫފް (މާއްޓޭ)، މުއާޒް (މޯލާ)

    Comment by Anonymous — Tuesday, September 7, 2010 @ 12:25 am

  11. ޒާހިރު އާދަމް އެމް.ޑީ.ޕީ އަށް ވަނުމަކީ ގައްދޫގެ ގިނަ އަދަދެއްގެ ރައްޔަތުން އެމް،ޑީ.ޕީ އަށް ވަނުން ކަން ޔަގީން،،އަންނި ވިދާޅުވިހެން އެމް.ޑީ.ޕީ ގެ 40 ހާހަށް އަރުވަން މިކަމުން ހިއްވަރުލިބޭ.. ވަރަށް އުފާ ވެއްޖެ.. މާޓިން

    Comment by Anonymous — Tuesday, September 7, 2010 @ 3:18 am

  12. ޒާހިރު ގެ ފަރާތްޕުޅުން އަޅުގަޑަށް ފެނިފަ ވަނީ، ސަރުކާރަށް ވަފާތެރިވެ ވަޑައިގަންނަވާ ކަމާއި، ރައްޔިތުންނަށް ފައިދާ ވާނެ ގޮތް ބައްލަވައިގެން މަޖުލިސްގައި މަސައްކަތްޕުޅު ކުރައްވާކަމާއި، ހެޔޮބަސް ވިދާޅުވުމުގައި ފަސްޖެހި ވަޑައި ނުގަންނަވާކަމެވެ. ރައްޔިތުންނަށް ލާބަލިބުމަށްއެދިގެން ނޫނީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުން ގާތު ވިދާޅުވެފަ ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅުން ޒާހިރު އާދަމް އަކީ މިސާލެއް ކަމުގައި ދެކެވަޑައިގަތުން ކީއްތޯ….؟

    Comment by Ali Faiz — Tuesday, September 7, 2010 @ 4:05 am

Leave a comment