މެންބަރުންގެ ޚިޔާލު: ޚިޔާނާތްތެރިވަނީ ކަމުގައި ބެލެވިދާނެތަ؟
6 ސެޕްޓެމްބަރ 2010
ލިޔުނީ: ފުނަމާ
ދައުލަތުގެ އެއްވެސް އެސެޓެއް ސަރުކާރުން ބޭނުން ކުރުމުގައި ، މިސާލަކަށް ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ކަނޑާއި ފަޅާ ބިންތަކާއި ވައިގެ ސަރަހައްދުގައި ހިމެނޭ އެއްވެސް މިލްކެއް ނުވަތަ ދައުލަތުގެ ފައިސާއެއްވިޔަސް ވަކިބަޔަކަށް ސަރުކާރުން ދިނުމުގައި ރައްޔިތުންގެ ޤާނޫނުހަދާ މަޖްލިހުގެ ބަހެއް ނުވަތަ ނިންމުމެއް އޮންނާން ޖެހޭނެތޯ ކުރެވޭ ސުވާލަށް އެންމެ ކުރުގޮތަކަށް ޖަވާބެއް ދޭނަމަ ދެންނެވޭނީ އާދޭހެވެ.
ދިވެހި ދައުލަތުގެ އެންމެހާ މުދަލާއި ތަކެއްޗަކީ ސައްތައިން ސައްތަ ދިވެހި ރައްޔިތުންގެ ޙައްޤުތަކެވެ. އެއްވެސް ޙާލަތެއްގައި ސަރުކާރަކުން ބޭނުންގޮތަކަށް ނުވަތަ ހިތުހުރި ގޮތަކަށް ބޭނުން ކުރުމަކީ ފަހަރެއްގައިވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ލިބިގެންވާ ބާރެއް ކަމުގައި ވެގެން ނުވާނެއެވެ. އެހެނީ މިފަދަ ކަންކަމުގެ ސީދާ އަދި ނުސީދާ އަސަރުވެސް އާޚިރުގައި ކުރާނީ ދިވެހި ރައްޔިތުންނަށް ކަމުގައި ވާތީއެވެ.
ނަމަވެސް އުފެދޭ ސުވާލަކީ މިގޮތަށް މިކަންކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ސަރުކާރުތަކަށް ބާރުތައް ދެވިފައި އޮންނާންވާނީ ކިހިނެއް ހެއްޔެވެ؟ ޤާނޫނު ހަދާމަޖްލިހުން މިކަމުގައި ޢަމަލު ކުރާންޖެހެނީ ކިހިނެއް ހެއްޔެވެ؟
ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި ދެން އޮންނާނެކަމަށް ބެލެވެނީ ޕާޓީ ސިސްޓަމުން އުފެދޭ ވެރިކަމެވެ. މިހާރު މިއޮތްކަހަލަ ވެރިކަމެވެ. ޕާޓީއަކުން ނުވަތަ ޕާޓީތަކުން ގުޅިގެން އެމީހުން އެކަށައަޅާ މެނިފެސްޓޯއެއް ރައްޔިތުންނަށް ވިއްކައިގެން ވެރިކަމަށް އައިސް އެކުލަވާލާ ސަރުކާރެކެވެ. އެހެން ކަމުގައިވާނަމަ ވެރިކަމަށް އަންނަ ބަޔަކު ވެރިކަން ހިންގުމަށް ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތީން ވެރިކަމުގެ ދައުރުގައި ކަންކުރާން އެބަޖެހެއެވެ. އެވެރިކަމެއްގެ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރުމަށް ހުރަސް އަޅާބަޔަކު ނުވަތަ އެބާރު ލިބިގެންވާ ބަޔަކު ތިބޭނަމަ އަމާން އޮމާންކޮށް ވެރިކަން ކުރުމަކީ ކުރެވޭނެ އަދި ހަމަޖެހޭވެސް ކަމެއް ނޫނެވެ. މިއަދު ރާއްޖޭގައި ކަންހިނގަމުން މިދަނީ އެންމެ ރަނގަޅުގޮތުގައި ނޫންކަމަށް ގިނަބަޔަކު ބުނަމުން އަދި ބޮޑެތި ސިޔާސީ މައްސަލަތައް އުފެދެމުން ސިޔާސީ މަސްރަޚް ހޫނުވަމުން ބަނަވަމުން މިދަނީ މިފަދަ ސަބަބުތައް ކުރިމަތިވެފައި ވާތީއެވެ.
ޤާނޫނު ހަދާ މަޖްލިހުން ސަރުކާރަށް ފާރަވެރިވެ ސަރުކާރު ޖަވާބުދާރި ކުރުވަން ނުޖެހޭނެ ކަމުގައި ހަމައެކަކުވެސް ނުބުނާނެއެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ނުވަތަ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކެއްގެ ސަބަބުން އެސަރުކާރެއްގެ މަޤްބޫލުކަން ރައްޔިތުންގެ ކުރިމަތީގައި ބޮޑުވަމުން ދާނަމަ އެކަން ހުއްޓުވާލުމުގެ ގޮތުން ކުރާ ކަންކަން ކަމުގައިވާނަމަ އެއީ ސަރުކާރު ޒިންމާދާރު ކުރުމަށްވުރެ ބަޔެއްގެ އަމިއްލަ ޒާތީ މަސްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ ފެންވަރެއް ނެތް މަސައްކަތެއްގެ ގޮތުގައި މެނުވީ ބެލެވޭކަށް ނޯންނާނެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށް ސީދާގޮތެއްގައި އަސަރުކުރާނެކަން މިއަދު ރާއްޖޭގެ މަސްރަޚުން މިދަނީ ފެންނަމުންނެވެ.
ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ ލާޒިމްކަމެއް ނޫނެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖްލީހުން ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެއެވެ. އަދި ދައުލަތުގެ އަނެއްބާރުކަމުގައިވާ އަދުލު އިންސާފުގެ ބާރުންވެސް ސަރުކާރަށް އެއްބާރުލުން ދޭންޖެހޭފަދައިން ސަރުކާރުންވެސް އަނެއްދެބާރަށް ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެއެވެ. ނޫންނަމަ ދައުލަތް ހިންގުމަށްވުރެ އެއްބާރު އަނެއްބާރެއްގެ މައްޗަށް އަރައިގަތުމަށް ކުރެވޭ ހަނގުރާމަދާނީ އިތުރުވަމުންނެވެ.އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދައުލަތުގެ ތިންބާރުން ފިސާރި އިޚްލާސްތެރިކަމުގައި ސާބިތުވެ އޮންނާން ޖެހޭނެއެވެ.
މިސާލަކަށް ދަންނަވާނަމަ ސަރުކާރެއް ހިންގުމުގައި ބޭނުންކުރާނީ ކޮންކަހަލަ ސިޔާސަތެއްކަން މާކުރީން ރައްޔިތުންނަށް އަންގައިގެން އެކަން ރައްޔިތުން ބަލައިގަނެގެން އެސަރުކާރެއް ހޮވުމުން އެބުނެވެނީ އެސަރުކާރެއް ހިންގުމަށް އެކަށައަޅާ ސިޔާސަތެއް ހިންގުމަށް ޤާނޫނެއް ބަދަލުކުރާން ޖެހުނަސް އަދި އިތުރަށް ހަދާންޖެހުނަސް ހަދާންޖެހޭނެކަމުގައެވެ. އެހެން ނޫންނަމަ އެސަރުކާރެއް އެއެކަށައަޅާ ކަންކަމަށް ރައްޔިތުންނައިގެން ވާސިލްވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ހަމައެހެންމެ ސަރުކާރު އުފެދޭއިރު އެސަރުކާރަކުން ކުރާން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ޤާނޫނެއް ނެހެދި އޮތުމަކީ އެސަރުކާރުގެ ސިޔާސަތު ނުހިންގުމަށް އޮތް އުޒުރަކަށް ވެގެން ނުވާނެއެވެ. މީގެ މިސާލެއްގެ ގޮތުން މިސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތަކީ މާކުރީންވެސް ރައްޔިތުންނަށް ހުށައަޅާއި ރައްޔިތުން އެކަން ފާސްކޮށްފައިވާ ކަމެކެވެ. މިދެންނެވީ އެކަން ޤަބޫލުކޮށް ރައްޔިތުން އެވަނީ ސަރުކާރު ގެނެސްފައެވެ. އެހެންކަމުން ސަރުކާރުން އެކަށައެޅި ސިޔާސަތާ އެއްގޮތަށް އެކަން ހިންގުމުގެ މަގު ފުރިހަމަޔަށް ފަހިވެފައި އޮންނާން ވާނެއެވެ. ޤާނޫނީ ގޮތުން އެކަމެއްގައި ކުރިޔަށް ދެވޭން ނެތްނަމަ އެފަދަ ޤާނޫނުތައް ހަދައި އެކަމަށް މަގުފަހި ކޮށްދޭން ޖެހޭނެކަމުގައި ދެކެމެވެ. ހަމައެހެންމެ ސަރުކާރަށް އެކަން ކުރެވެންއޮތް މަގުތައް ބަންދުކޮށްލުމުގެ ގޮތުން ޤާނޫނު ހަދާ މަޖުލިހުން އެކަން ކުރެވެން އޮތް ޤާނޫނުތައް ބަދަލުކޮށް ލާފައި މިކަން މިކުރަނީ ސަރުކާރުން ކަންކުރާ ގޮތުން ސަރުކާރު ޒިންމާދާރު ކުރުވާށޭ ބުނުމަކީ ހަމަޖެހޭނެ ކަމެއް ނޫނެވެ. އަދި އެކަންކަން ކުރެވޭނެ ޤާނޫނެއް ނަހަދައި ހުރި ޤާނޫނުތަކުން ކަންކަން ހަނިކުރާނަމަ ޤާނޫނު ހަދާ މަޖްލިހުގެ ބާރުގެ ބޭނުން އެކުރަނީ ޖާއިޒުގޮތުގައި ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެއެވެ. ސަބަބަކީ ސަރުކާރަށް ބާރުދެނީ ރައްޔިތުން ކަމުގައި ވާއިރު ޤާނޫނުހަދާ މަޖްލިހުގައި ހިމެނޭ ކޮންމެ މެންބަރަކީ ސަރުކާރުހިންގާ ވެރިޔަކަށް ލިބޭ އަދަދާ ކައިރިވެސް ނުކުރާވަރުގެ ވޯޓަކައިގެން އެގޮނޑީގައި އިންނަ މީހަކަށް ވާކަމެވެ. އެހެންކަމުން ހެޔޮނިޔަތެއްގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ތިމާމެންގެ އަމިއްލަ މަސްލަޙަތަށް ކަންކަން ނިންމުމަކީ އެންމެ ރަނގަޅުގޮތަކަށް ނުވާނެއެވެ.
ސަރުކާރުން ރައްޔިތުންނަށް ޚިދުމަތެއް ތަޢާރަފުކުރަނީ އެހިނދަށް އޮންނަ ކޮންމެވެސް ޤާނޫނެއްގެ ދަށުން ބާރުލިބިގެން ކަމުގައި ވާނަމަ ހަމަވަޤުތުން އެކަން ހުއްޓުވާލުމަށް ޤާނޫނަށް ބަދަލުގެނަޔަސް އެކަން ބަލައިގަތުމަކީ ސަރުކާރަށްވެސް ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް އެކަންކަން ސަރުކާރުން ކުރާނެގޮތަކީ ކޮބައިކަން ދެނެގަނެ އެކަމަކުން ރައްޔިތުންނަށް ނޭދެވޭ އަސަރެއް ނުކުރާނޭ ބީދަޔަކުން ވީއެންމެ އަވަހަކަށް ޤާނޫނެއް ފަރުމާކޮށް ނިންމައި ދިނުމަކީ ކޮންމެހެން ކުރާން ޖެހޭނެ ކަމެކެވެ. އަދި އެފަދަ ޤާނޫނެއް ވުޖޫދަށް އަންނާންދެންވެސް ކަންކުރެވޭނެގޮތް ހަދާދޭން ޖެހޭނެއެވެ.
ސަރުކާރަކުން އެސަރުކާރެއްގެ މެނިފެސްޓޯގައި ނުހިމެނޭ ކަމެއް ކުރާންފަށައި އެކަމަކީ ރައްޔިތުންގެ މެދުގައި ހިންހަމަ ނުޖެހުން އޮތްކަމަކަށް ވެގެން ދާކަން ރައްޔިތުން ހާމަކޮށްފިނަމަ އެކަމެއް ބަދަލުކުރުމުގައި ރައްޔިތުންގެ މަސްލަޙަތާ އެއްގޮތަށް ގެންދިއުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. އެނޫންގޮތަކަށް ސަރުކާރުން ރައްޔިތުންގެ ގާތު ވަޢުދުވެފައިވާ ކަންކަން ނުކުރެވޭނެ ގޮތަށް ހިފެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިކަންކަމުގައި ސަރުކާރާ މަޖްލިސް އެއްބައިވެ ވާހަކަ ދައްކާން ޖެހޭނެއެވެ. އަދި ރައްޔިތުންނަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ވީއެންމެ އަވަހަކަށް އެކަމެއް ނިންމާން ޖެހޭނެއެވެ. ޤާނޫނެއްގެ ދެފޮޅުވަތް ދޭތެރެއިން ސަރުކާރުގައި ބޮޑުތަޅު އަޅުވާން އުޅޭނަމަ އެކުރާ މަސައްކަތެއް ބަލައިގަންނާން ރައްޔިތުންނަށްވެސް ފަސޭހައެއް ނުވާނެއެވެ.
މާލިއްޔަތު ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކަށް ބަލާލާއިރު ރައްޔިތުންނަށް މިސަރުކާރުން ދެމުންގެންދާ ގިނަ ޚިދުމަތްތަކެއް ދެން ދެވެންއޮތީ ބައެއް ކަންކަމަށް ޤާނޫނު ހެދިގެންނެވެ. އެހެންކަމަށް ވާނަމަ އެބުނާ ޤާނޫނެއް މިސަރުކާރުގެ މިދައުރު ނިމޭހިސާބަށް ދާއިރު ނުހެދުނަސް ހަމަ އަތްއުރާލައިގެން ސަރުކާރުން ތިބެން ވީހެއްޔެވެ؟ ހަމައެހެންމެ ކުރީން ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ނުވަތަ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރުން ބިމެއް ވިއްކާލަން އުޅޭއިރަށް އެކަމަކަށް ހުރަސް އެޅުމާ ކަމެއް ހިންގުމަށް ބަޔަކާ ހަވާލުކުރާއިރަށް އެކަމަކީ ނުކުރެވޭނެ ކަމެއްކަމުގައި ބުނެ ތެޅިފޮޅި ގަތުމަކީ އެކަން ކުރާބަޔެއްގެ ނިޔަތް ރަނގަޅުނޫންކަން އަންގައިދޭ ހެއްކެކެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖްލިސްގައި ތިބޭ ބަޔަކު ދެދުވަހުން އެއްދުވަހު ސަރުކާރު ގޮވައިގެން ޝަރީޢަތަށްގޮސް ސަރުކާރުން ކުރާކަންކަން ހުއްޓުވާން އުޅުމަކީ އަމިއްލައެދުން ކުރިޔަށް ނެރުމޭނޫނީ ބުނެވޭކަށް ނޯންނާނެއެވެ.
ސަރުކާރުންވެސް ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރާން ރައްޔިތުންގެ މަޖްލިހުން ދޫކޮށްފައި އޮންނާކަށެއް ނުޖެހެއެވެ. ސަރުކާރުގެ އަޣުލަބިއްޔަތު މަޖްލީހުގައި އޮތަސް ނެތަސް މިކަން އޮންނާންވާނީ އެހެންނެވެ. ހަމައެހެންމެ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ނޫނެކޭ ބުނުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް މަޖްލީހުގައި އަޣްލަބިއްޔަތު އޮތްކަން ދެއްކުމަށް ދޭންއޮތް ސިގްނަލެއް ނޫންކަން ހަނދާން ކުރާންޖެހޭނެއެވެ. އެހެންނަމަ މާދަމާވެސް އެބުނާ އަޣުލަބިއްޔަތު ސަރުކާރަށް ލިބޭއިރަށް ދެން ސަރުކާރުން ކަންކުރާ ގޮތަކާ ދޭތެރޭ ބަޔަކަށް ކިޔޭނެ އެއްޗެއް ނޯންނާނެތާއެވެ. ޗެކްއެންޑް ބެލެންސްއޭ މިކިޔާ އެއްޗެއް ހުވަފެނުންވެސް ނުފެންނާނެތާއެވެ. ތެދެކެވެ. ކޮންމެ ސަރުކާރަކުން ނަމަވެސް ދައުލަތުގެ އަމާނާތްތަކަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި މިފަދަ މުދަލަކުން ކުރާ މުޢާމަލާތްތައް ކުރާންވާނީ ރައްޔިތުންގެ ރުހުމާ އެއްގޮތަށެވެ. ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށެވެ. ނަމަވެސް މިހާރު މިވާހެން ހެދިފައިވާ ޤާނޫނުތަށް ހުދުކާފޫރަށް ހަދާ ހުލިކޮށް ސަރުކާރުގެ ބާރު ކަނޑުވާލަން އެހެން ބާރުތަކުން މަސައްކަތް ކުރާނަމަ އެފަރާތްތަކުން އެވަނީ ޤައުމަށާ ރައްޔިތުންނަށް ޚިޔާނާތްތެރިޔޭ ބުނުމުގެ ޖާގައެބައޮތެވެ.










ޑީސެންޓްރަލައިޒް ކުރުމާ، ޕްރވަޓައިޒް ކުރުމާ، ސަރުކާރުގެ ތިންބާރު ވަކިކުންގެން ޤައުމުހިންގުމަކީ ރައްޔިތުންޔިތުންނަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ނަޝީދު އަށް ފެނުނަސް މިއުޅޭ ޑީ އާރުޕީ މީހުންނަށް މިކަށް ނޭގެއްޏާ.
ހަމަމިޔާއެކު އެމްޑީޕީގެ ނަމުގައި ކައުންސިލަރުންގޮތުގައި ތިބި ބައެއްމީހުންނަށް މީކިހިނެއް ކޮންގޮތަކަށް ވާކަމެއްކަން ނޭގެއްޏާ.
މުލަކުދާއިރާ ތަންކޮޅެން ހަރުދަނާ ކޮންބަލަ. މިޙާރު މުލަކު ދާއިރާގެ ކަންތަންވަމުން ދާގޮތަށް ދާނަމަ ………………….. ޖިނާމެއް މިކަމުގެ ޒިންމާ ނަގަންޖެހޭނެ
Comment by kolhufushi suporter — Monday, September 6, 2010 @ 2:31 pm
ޑީއާރުޕީ އާ އެއްވެސް ގުޅުމެއް ހުރިއްޔާ ހީވާނީ ދެން ތިބޭނީ ހުސް ވަގުންނޭ، އެހެންވެއްޖެއްޔާ ދެން ހީވާނީ އަބަދުވެސް ނަގާނޭ ނަގާނޭ، ފުރަތަމަ “ޚިޔާނާތް “މިބަސް މާނަ ކުރަންވީ ، މިހާރު އެންމެ އުނދަގުލީ ބުނާ އެއްޗެއް މާނަކުރުން،
Comment by Anonymous — Tuesday, September 7, 2010 @ 1:00 am
މިފަހަރު މިއަތުލާގެންމަސްތުވާތަކެތިހިއްސާވާ 2ސިޔާސީމީހުން ހިމެނޭ މިފަހަރު ދެންސަލާމަތްވެބަލަ މަޖިލިސް 2ގޮނޑިހުސްވަނީ މިމީހުންފަހުންބުނާނަން؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
Comment by sangu bengaloor — Tuesday, September 7, 2010 @ 3:09 am
ޖިނާ ކިހިނެއްތިހެދީ ޖިނާއެއް ނޫނޭ ދުރައްދާންޖެހޭނީ މ. އަތޮލު ކައުންސިލަރާ ކޮޅުފުށީ ކައުންސިލަރޭ ދުރަށަދާންޖެހޭނީ. ހާދަހާ ދެރަ ފިޔަވަޅެކޭ ތިޔައެޅީ !!!!!!!!!!!!!!!!!!!
Comment by jhon — Tuesday, September 7, 2010 @ 9:32 am
ސަންގު ތިބުނިހެން ވެދާނެބާ. ނުވާނެ މިހާރު އެތިބަ ފަނޑިޔާރުންނަކީ ބުނާއަޑުއިވޭ އެކަހަލަ ކަންކަމުން ބައިއެޅޭ ބަޔެކޭ. އެހެންވީމަ ތިބުނާ ސިޔާސީ މީހުންނަކީ އިދިކޮޅު މީހުން ކަމުގައި ވާނަމަ ކާފީހެކި ނެތީމަ ތަކެއްޗާއެކު ދޫކޮށްލަން އަބުދު ގާޒީ ހުކުން ކުރާނެ. އެކަމަކު ސަރުކާރާ އެއްކޮޅު މެންބަރުން ކަމުގައި ވީނަމަ ސައިދޭ ހެކި ހޯދައިގެންވެސް އެކަލޭގެ އުމުރަށްވެސް ހުކުން ކުރާނެ. އެއީ އަބޫޖަހުލުގެ ހުކުންކުރާ މީހެއްނޫންތަ.
Comment by kanzu — Tuesday, September 7, 2010 @ 11:18 am
ފުޅައް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެހެން ވަގު ކަލޭގެ އަބަދު ވެސް ހީކުރާނެ. ކިޔާއަޑު އިވެނީ، ދެން މިރާއްޖެއަކު އިސްލާމް ދީނެއް ދިވެހިންގެ ރީތި އާދަކާދައެއް ނޯންނާނެއޭ……! މިހިރީވެސް ހަމަ ރައްޔިތހުން ވާވައްދަން ދައްކާއުޅޭ ވާހަކަ….. އިސްލާމްދީނޭ ކިޔައިގެން އަޑު ފަތުރާ އުޅޭއިރު މިރާއްޖޭގައި ތިބި މުސްލިމުން މަގު ނުފުރެދި އޮތީ ދިވެހިންގެ ހިތުގައި އިސްލާމް ދީނާއި މެދު އޮތް ވަރުގަދަ ޔަޤީން ކަމާއި، ދިވެހިންގެ ތެރޭގައި ތިއްބެވި ދީނީ ޢިލްމުވެރިންގެ މިންނެތް މަސައްތްޕުޅުގެ ސަބަބުން ނޫން ކަމަކަށް އަޅުގަޑު ޤަބޫލު ނުކުރާނަން…. މިރާއްޖޭގައި ބާރު ލިބިގެން އުޅުނު ބަޔަކުއިސްލާމް ދީން ޤަވްމުން ފޮހެލުމަށްޓަކައި ވަރަށް ވަރުގަދަ ފިކުރީ ހަނގުރާމަ ކުރަމުން ދިޔަ ކަމާއިމެދަކު އަޅުގަޑު ޝައްކެއް ނުކުރަން. އެކަމަށް މަސއްކަތް ކޮށްފައިވަނީ އެކަމުގައި އޮންނާނެ އެންމެ މަތީ ދަރަޖައަށް…. އެމީހުން ވިސްނާފައޮތް މިންވަރަކީ، ދިވެހިންގެ ސިކުނޑިއާއި އެކި މިންވަރަށް ކުޅެމުން ގޮސް ކާމިޔާބު ނުވުމުން ދެން ދިމާކުރީ ދިވެހި ދަރިން އުފަން ކޮށް ބަލަހައްޓައި އެންމެ ފުރަމަ ދަރުސް ދަރިންނަށް ދޭ މަނަމަމެން އާދެ.. ދިވެހި އަންހެނުންގެ ސިކުނޑިއާއި ނުސީދާ ގޮތުންދިމާކުރުމަށް… މިކަމަށް ބޭނުންކުރީ އެންމެ ވިހަގަދަ ފަސޭހައިން އޭގެ ވިހަ އަސަރު އަންހެނުންގެ ސިކުނޑިއަށް ވަދެގެންދާފަދަ ނުރައްކާތެރި ހަތިޔާރެއް… އެއީ އެމެރިކާއިން އެތެރެކުރި އައިމިނާ ޥަދޫދު އެވެ ކިޔުނު އަންހެނެއް… އެއީ އިސްލާމް ދީނުގެ ޢިލްމު ވެރިއެއް ކަމަށް ހަދާ، ނަސޯރާ ދީނުގައި އެމީހުން ޤަބޫލުކުރާ ފަލްސަފާ އަޅުގަޑުމެންގެ މިތިއްބެވި އަންހެން ކަނބަލުންގެ ސިކުނޑިއަށް ވައްދަން އޭނަ ކުރި މަސައްކަތުގެ ބިރުވެރި ނުރައްކާތެރިކަމުން ދިވެހި އަންހެނުސަލާތްކުރެއްވުމުގައި އަރަހުށި ހުސްޠޯހިރު ވަންތަ މާތްރަސްކަލާގެ މެދުވެރި ކުރެއްވީ ދިވެހީންގެތެރޭން ކެރިގެން ނުކުމެ ވަޑައިގެން އައިމިނާޥަދޫދު އާއި ކުރިމަތި ލައްވަން ކެރި ވަޑައިގެންނެވި ދީނީ ޢިލްމް ވެރިން ކޮޅެއް.. އައިމިނާ ޥަދޫދު ވިސްނާ ދިން ކަންތަކުގެ ތެރޭ (މާތް ﷲ ގެ އިލާހީޙުކުމް ފުޅާއި ޚިލާފަށް) އަންހެނުންނަކީ ކޮންމެ މައިދާނެއްގައި ވެސް ފިރިހެނުންނާ އެއް ސަފެއްގަ އުޅެވޭނެ ބައެއް ކަމާއި، އަންހެނުން ގޮވައިގެން ފިރިހެނުން އިމާމުވެ ނަމާދު ކުރާ ފަދައިން އަންހެނުންނަށްވެސް ފިރިހެނުން ގޮވައިގެން އިމާމުވެ ނަމާދު ކުރެވޭނެ ކަމުގައިވެސް ވިސްނާ ދީފައިވޭ… މި ދެންނެވި އަންހެން މީހާ ގެ އެ ދަތުރުގައި އައްޑުއަތޮޅަށް ވެސް އައި… އައްޑުއަތޮޅު މުހިއްބުއްދީން ސްކޫލުގައި އޭނާ އަންހެނުންނަށް ދަރުސް ދޭން ފެށުމުން ޝޭޚް އިބްރާހިމް ރުޝްދީ، ޝޭޚް ޙަސަން ލަޠީފް މޫސާ ފަދަ ބޭފުޅުން ނުކުމެ ވަޑައިގެން އޭނަގެ ވާހަކައިގެ މައްޗަށް އޮތް ޙުއްޖަތެއް ދެއްކުމަށް ވިދާޅުވުމުން އޭނަގެ އަނގަ ބަންދުވެގެން ހުއްޓުން އެރިކަން މިއީ ގިނަ ބަޔަކު ދެނެތިބި ޙަޤީޤަތެއް… މިކަމުގެ ނުބައި އަސަރު ކޮންމެވެސް ވަރަކަށް ދިވެހި އަންހެނުންނަށް ކުރި ކަމަށްވެސްވޭ… އެކަމަކު މާތްﷲ އަޅުގަޑުމެން އެ ނުރައްކަލުން ސަލާމަތް ކުރެއްވި އަލް ޙަމްދު ލިއްލާހި! ސުވާލަކީ މިއީވެސް ރައީސް ނަޝީދުގެ ރިޔާސަތުގެ ދަށުން ހިނގާދިޔަ ކަމެއްބާއޭ…؟
Comment by Ali Faiz — Sunday, September 12, 2010 @ 9:12 am