Maldivian Democratic Party » މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި
mdp_banner

Sunday, September 5, 2010

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި

5 ސެޕްޓެމްބަރ 2010

2

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މާފަންނު ފެންފޯއްމާ ޑޮކްޓަރ މުޙަންމަދު ޝަރީފާއި، މައްޗަންގޮޅީ އެވަރލާސްޓް އަކްރަމް ކަމާލުއްދީނެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ދެބޭފުޅުންވެސް މިހާތަނަށް ތިއްބެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމުގެ މަގާމުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދެބޭފުޅުން ވަޒީފާ އަދާކުރައްވަމުން ގެންދަވާ ވުޒާރާއަކީ، ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާފައިވާ ދެކަންތައް ކަމުގައިވާ ގެދޮރު އެޅުމާއި، ތިމާވެށީގެ ކަންތައްތައް ޙަވާލުކުރައްވާފައިވާ ވުޒާރާ ކަމަށް ވުމާއެކު، އެމަސައްކަތްތައް ވީހާވެސް ހަލުވިމިނެއްގައި ގެންދަވަން ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، މިދެބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

3 Comments »

  1. ސްޓޭޓް މިނިސްޓަރުކަމަށް ދެބެފުޅުންތޯ. އެކަމަށް ގާބިލް މީހުންނެތްނަމަ 15 ބޭފުޅުންވެސް އައްޔަން ކޮށްފާނެތާ. ތީވެސް ރައްޔިތުންގެމުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުން ނޫންތޯ.

    Comment by nishaa — Monday, September 6, 2010 @ 9:33 am

  2. މިދެމީހުން ދެން އޯކޭ ދޯ،އެކަމަކު ޕުރޮވިންސް ތަކުގަތިބޭ ނައިބުންނާ ޕުރޮވިންސް ކައުންސިލަރުންނާ ވެއްޖެ ބަދަލުކުރަން ،ކަޑަ ބަޔެއްތިބީ ލާފަ، ހާއްސަކޮށް މަތިއުތުރު ޕުރޮވިންސްގަ،އަދި ޔުޓިލިޓީބޯޑުގަތިބީ ޓެކްސީ ޑުރައިވަރުންނާ ފިހާރަތަކުގަ އުޅޭ ސޭލްސްބޯއީން ، ރަށްރަށުގަ ގަދަރު ހިފޭ ތައުލީމީ މި ޕާޓީގެ ކުދިން އެބަތިބި،

    Comment by shukoor — Monday, September 6, 2010 @ 10:13 am

  3. den state ministarukan Nishaa ah denvurah raees Anni ah dannavan eyrun ekoimenge anga bandhuvaany

    Comment by kaani — Sunday, September 12, 2010 @ 3:46 am

Leave a comment