Maldivian Democratic Party » ނޫސް ބަޔާން:އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ ފަރާތުން ނެރޭ ނޫސް ބަޔާން
mdp_banner

Thursday, September 2, 2010

ނޫސް ބަޔާން:އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ ފަރާތުން ނެރޭ ނޫސް ބަޔާން

2 ސެޕްޓެމްބަރ 2010

އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ ފަރާތުން އަބަދުވެސް ސަރުކާރު ހިންގުމުގައާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި އަމަލުކުރަމުންގެންދަނީ ގައުމީ މަސްލަހަތު ކޮންމެކަމެއް ނިންމުމުގައިވެސް އިސްކޮށް، ރައްޔިތުންގެ މަންފާއާއި ލާބައަށް ބަލައި ދުސްތޫރީ އަދި ޤާނޫނީ އިމުގެތެރެއިންނެވެ. އެހެންނަމަވެސް، ޑީ.އާރް.ޕީ އާއި އެޕާޓީޢާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން ގެންދާނީ، އަޅުގަނޑުމެން މިގައުމާއި ދިވެހި ރައްޔިތުންނަށްޓަކައި އިޙްލާސްތެރިކަމާއެކު ކުރަމުންގެންދާ މަސައްކަތްތަކަށް އެތައްގޮތަކުން ހުރަސްއަޅައި ފުރައްސާރަ ކުރަމުންނެވެ. އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން މިގޮތަށް ކަންކުރައްވަމުން ގެންދެވިނަމަވެސް އަޅުގަޑުމެން މިހާތަނަށްވާނީ، ސިޔާސީ ގޮތުން ދިމާވާ ދެބަސްވުންތަކުގައި ދޫދީ ސުލްހަވެރިކަމާއެކު މައްސަލަތަށް ހައްލުކުރުމަށް ވާހަކަދަށްކައިގެން ކަންކަންނިންމުމަށް އިސްކަންދީފައެވެ.
އިދިކޮޅު އިއްތިހާދުން ސީދާގޮތުންނާއި ނުސީދާ ގޮތުން ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް ތަންފީޒުކުރުމަށް ހުރަސްއެޅުމުގެ ގޮތުން ބޮޑެތި ހުރަސްތައް މެދުވެރިކުރިނަމަވެސް އަޅުގަނޑުމެންގެ ގުޅިފައިވަ ޕާޓީތަކުން މިހާތަނަށްވާނީ ސިޔާސީ އުކުޅުތައް އެއްފަރާތްކޮށް ޤައުމީ މަސްލަހަތު ޚިޔާރުކުރުމަށްފަހު އިދިކޮޅު ޕާޓީތަކުން އެންގެވި ކޮންމެ މޭޒުދޮށަކަށް ހެޔޮނިޔަތުގައި ހާޟިރުވެ މުޢާމަލާތްކޮށްފައެވެ. އަދި މިގޮތުން، ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު އޮތް ޚިޔާލުތަފާތުވުމާއި ކަންކަމުގައި ދަތިކުރުމުގެ ޕްރޮޕެގެންޑާ ފަހަކަށްއައިސް އެޕާޓީތަކުގެ ފަރާތުން ނިހާޔަތަށް ބޮޑުވެގެންދިޔުމުން ދެފަރާތްވެސް ސުލްހަވެރިކަމާއެކު މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ނިޔަތްގަނެގެން ކުރިއަށް ގެންދާ މިފަދަ ނާޒުކު ވަގުތެއްގައި އަދިވެސް ޑީ.އާރް.ޕީ އާއި އެޕާޓީއާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން ގެންދަނީ އެފަރާތްތަކުން ދައްކަވާ ވާހަކަތަކާއި ދިމާ އިދިކޮޅަށް އަމަލުކުރައްވަމުންކަން ހިތާމައާއެކު ފާހަގަކުރަމެވެ. ދިވެހި ރައްޔިތުން ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އިސޫލުން ހޮވާފައިވާ ސަރުކާރު ނަހަމަގޮތުގައި ވައްޓާލުމަށާއި ސަރުކާރުގެ މަސައްކަތަށް ދަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ޣައިރު ދުސްތޫރީ ޤާނޫނުތައް ފާސްކުރައްވަމުން ގެންދަވާކަމީ އެފަރާތްތަކުގެ ހިތުގައި ދިވެހި ރައްޔިތުންނާ މެދު އިޚްލާސްތެރިކަމެއްނުވާ ކަމުގެ ހެއްކެއްކަން ޝައްކެއްނެތެވެ. މިގޮތުން ދައުލަތުގެ މާލިއްޔަތު ޤާނުނަށް ގެންނެވި ނުރަނގަޅު ބަދަލުތައް ފާސްކުރުމާއި މިހާރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޮތް ކޯޓުތަކާބެހޭ ބިލަށް ޑީ.އާރް.ޕީ އާއި އެޕާޓީއާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން ހުށަހަޅުއްވައިގެން ފާސްކުރައްވަންފެއްޓެވި އިސްލާހްތަކަކީ ޤައުމީ މަސްލަހަތަށްވުރެ އެބޭފުޅުންގެ އަމިއްލަ މަސްލަހަތަށްޓަކައި ކުރެއްވިކަމެއްކަން ދިވެހި އެއްމެހާ ރައްޔިތުންނަށް ޤަބޫލުކުރެވޭނެކަމާމެދު ޝައްކެއްނެތެވެ.
ވީމާ، ދިވެހިރާއްޖޭގެ ޤާނުނު އަސާސީއާއި ޤާނުނުތަކާއި ސަރުކާރުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ވެފައިވާ ވަޢުދާއި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސަރުކާރަށް ކުރިމަތިކުރުވަމުން ގެންދާ ހުރަސްތަށް މިހާރުން މިހާރަށް ހުއްޓާލައްވައި، އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ މަޖިލީހުގައި ޑީ.އާރް.ޕީ އާއި އެޕާޓީޢާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން މަސައްކަތްކުރައްވާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަމެވެ. މިގޮތުން ޑީ.އާރް.ޕީ އާއި އެޕާޓީއާ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުން އަމަލުނުކުރައްވާހާ ހިނދަކު އެފަރާތްތަކާއެކު އިތުރަށް ވާހަކަ ދައްކައިގެން ރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަކަށް ނުފެންނަ ކަމަށްވެސް ދަންނަވަމެވެ.
1 ސެޕްޓެމްބަރ 2010
އެމް. ޑީ. ޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދު (ސޯޝަލް ލިބަރަލް ޕާޓީ، އަދާލަތް ޕާޓީ، މޯޑިވްސް ނެޝަނަލް ކޮންގްރެސް، ލޭބަރ ޕާޓީ)

5 Comments »

  1. އަބޫޖަހުލު ޕާޓީ އާއި އެޕާޓީ އާ އިއްތިހާދު ވާ ޕާޓީ އަކުން ރައްޔިތުންނަށް ފައިދާ ހުރި ހަމަ އެއްކަމެއް ވެސް ކުރުމަށް އެއްބަހެއް ނުވާނެއެވެ. އެކަން ކުރެވޭތޯ ބަލަން އުޅޭނެ ކަމެއްވެސް ނެތެވެ. މިޤައުމު ހަމަ މަގަކަށް އެޅުވުމަށް ސްރީލަންކާ އިން އެހެދިގޮތް ހެދީމާ ރަގަޅުވާނެއެވެ. މީހަކު ކިޔާ އެއްޗަކަށް ނުބަލާ މިޤައުމު ދަވާލި އަދި މިހާރުވެސް އެކަމަށް މަސައްކަތް ކުރަމުން އެގެންދާ ބައިގަޑަށް ޙައްޤު ޢަދަބު ދެވުނީމާ ޤައުމު ޙައްލު ކުރެވޭނެއެވެ. ހުރިހާ ނުބައި ކަމެއްގެ ފަހަތުގާ ތިބީ ހަމައެމީހުންނެވެ. ސަރުކާރުގެ ހިތް ތިރިކޮން އޮތްހާ ދުވަހަކު މިޤައުމު މިވަބާ އަކުން ސަލާމަތެއް ނުކުރެވޭނެއެވެ. މިހާރު ކޮންމެ ގެއަކަށް ވަނީމާ ވެސް އިވެނީ ހަމަ މިވާހަކައެވެ. “މިސަރުކާރަކުން އެމީހުން މައިތިރިއެއް ނުކުރެވުނެވެ.އެމީހުން ގެ އުނދަގޫ ހައްތަހާ ވަނީ ބޮޑެވެ.”

    Comment by Anonymous — Friday, September 3, 2010 @ 2:20 pm

  2. މި ނިކަމެތި ރައްޔިތުންނާ ޒާތީގޮތުން އަޙްމަދު ތަސްމީން އަލީ ޖައްސާލުމުގެ ބޭނުމަކީ ކޮބާ ޤާސިމް އަތުން ރައްޔިތުނަށް ދިން އެހީ ތަކުގެ ބަދަލު މި ނިމަމެތިން ކިބައިން ހިފަން ދޯ ތި އުޅެނީ އަޅުގަޑު ރަޢީސް ނަސީދަށް ގޮވާލާނީ ތަސްމީނާއި އޭނަގެ ވަގުންގެ ޓީމް ހިފާ ހައްޔަރުކޮށް އިންސާފުގެ މޭޒުދޮށަށް ހާޒިރުކުރުމަށް ތަސްމީނު ކޮންމެހެން މި ނިކަމެތި ރައްޔިތުނާ ޖައްސާލާ ޤާނޫން ތައް ރައްޔިތު މީހާ އަދަގޮނޑި ޖޭހޭގޮތަށް ތިހަދަނީ ކަލޭ ޖަހަން އަޅުގަނޑުމެން 2013 އަށް ވަރުގަދަ އަދަ ގޮނޑިޔެއް އެބަ ތައްޔާރުކުރަމޭ ހޭއަރާ ހުންނާތި ރާއްޖެ ތެރޭގެ ރައްޔިތުންގެ ހައްޤަކީ ކޮބައިކަން ނޭނގި ހުރެ ރާއްޖެ ތެރެޔަށް ނައަން ނާތި. އަޅު ގަނޑުމެން ބޭނުންވަނީ މާލެ ފަދަ 7 މާލެ މިރާއްޖޭގައި އޮތުމަށް މިކަމަށް އިންކާރުކުރާ ނަމަ ރާއްޖެ ތެރެއަށް ވަޑާއި ނުގަތުން އެދެން އެން ނޫނީ އަޅުގަޑުނމެން އަތުން ފައިން ގޯސް ހެދިދާނެ..

    Comment by hamdhoon R — Saturday, September 4, 2010 @ 12:31 am

  3. މީހަކު ކިޔާ އެއްޗަކަށް ނުބަލާ މިޤައުމު ދަވާލި އަދި މިހާރުވެސް އެކަމަށް މަސައްކަތް ކުރަމުން އެގެންދާ ބައިގަޑަށް ޙައްޤު ޢަދަބު ދީ

    Comment by kaani — Saturday, September 4, 2010 @ 11:22 pm

  4. ތިކަމުގައި ހަދަންފެންނަގޮތެއް އެބައޮތް… ރައްޔިތުން ނުކުމެ ތި އިދިކޮޅު ފަރާތްތަކުގެ ކަރުގައި ދިލަފޮށިއެލުވައިގފެން އެދިލަ ފޮށިގައި ދެލިބުރިއަކުން މިދާކުރަހްނަވީ… ސިންޕަލް ދޯ

    Comment by shady — Sunday, September 5, 2010 @ 11:28 am

  5. ކަލޯމެންނޭ ތިހެނެއް ތިކަމެއްނުކުރެވޭނެ. ތިކަން ކުރެވޭނަމަ ރީކޯގެ މަގުމަތީ ކޯޓުން ތިކަންކުރީސް. ތިވިސްނުން ތިހިރީ ޔަހޫދީގޮތަށް. ހިތްހަމަނުޖެހޭ ބަޔަކު މަރާލަންވީ. ދުނިޔޭގައި އުޅެންވީ ތިމާއެކަނި. އުދަނގޫކަންކަން ހައްލުކުރުމުގެ ގާބިލްކަމެއް ނެތިއްޔާ ދެންކޮން ވެރިކަމެއްކުރެވޭނީ. މިހާރު އަމަލުކުރެވެމުން މިދަނީ ފެހި ގާނޫނަށް. ކަނޑުގެ ގާނޫނަކަށްނޫން. އެކަން ހަނދާނުގައި ބަހައްޓާ.

    Comment by nishaa — Monday, September 6, 2010 @ 9:41 am

Leave a comment