Maldivian Democratic Party » އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް އަށާއި ޗެއާޕާސަން އަށް ވާނީ ދަންނަވާފައި – މޫސާ މަނިކު
mdp_banner

Wednesday, September 1, 2010

އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް އަށާއި ޗެއާޕާސަން އަށް ވާނީ ދަންނަވާފައި – މޫސާ މަނިކު

1 ސެޕްޓެމްބަރ 2010

އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް މުހައްމަދު ނަޝީދަށާއި ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް ވާނީ ދަންނަވާފައިވާނޭ ކަމަށް އެ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ހުޅުހެންވޭރު ދާއިރާގެ ވެސް މެންބަރު މޫސާ މަނިކު ވިދާޅުވީ، މާލިއްޔަތުގެ ޤާނޫނަށް ބަދަލުގެނައުމަށް ފާސްކުރުމުގެ އިތުރުން ޝަރުއީ ކޯޓުތަކުގެ ބިލަށް ޑީއާރުޕީން އިސްލާޙް ހުށަހެޅުމުން އިދިކޮޅު ޑީއާރުޕީ އިއްތިހާދާ އެކު ވާހަކަ ދެއްކުންތައް ހުއްޓާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން، ރައީސް މުހައްމަދު ނަޝީދަށާއި ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއަށް ދަންނަވާފައިވާނޭ ކަމަށެވެ.
މޫސަ ވިދާޅުވީ ކޯޓުތަކުގެ ބިލަކީ ދެފަރާތުގެ މެދުގައި ވާހަކަދެކެވިގެން އަމިއްލަ މެންބަރުންނާ ވެސް މަޝްވަރާކުރުމަށްފަހު ވަކިގޮތަކަށް އެއްބަސްވެގެން ކޮމިޓީ މަރުހަލާގައި އެކޮމިޓީން އެކުލަވާލި ސަބްކޮމިޓީން ވަރަށް ބުރަމަސައްކަތުން ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި ބިލަށް އިސްލާހް ހުށަނާޅާނެ ކަމަށް ބުނުމަށްފަހު ޑީއާރުޕީން ކުއްލިއަކަށް ބިލަށް އިސްލާހް ހުށަހަޅައި، އެ އިސްލާހްތަކަށް ވޯޓަށް އަހަން ފެށުމުން ބިލު އަލުން ކޮމިޓީއަށް ފޮނުވުމަށް އަޑުއުފުލަމުން ގެންދަވަނިކޮށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
މޫސާ އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުން ބޭނުންވަނީ ކޮންމެ ކަމަކުންވެސް ނާޖާއިޒު ފައިދާ ނަގައި ކުރީގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ކުށްތައް ފަސްއަޅައި ފޮރުވަން ކަމަށާއި، މަޖިލީހުގައި އެމްޑީޕީގެ އަޣްލަބިއްޔަތު ނެތުމަކީ ކޮންމެ ކަމެއްގައި އިދިކޮޅު ފަރާތްތަކަށް ސަލާންޖަހަން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރައްވާނެކަމަށެވެ. އެގޮތަށް ނުކުރި ނަމަވެސް ސަރުކާރު ހުއްޓުވައި ޑެޑްލޮކް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ކޯޓުތަކުގެ ބިލު އެކުލަވާލުމަށް މަސައްކަތްކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، އިންތިގާލީ މަރުހަލާގައި ބުނެފައިވާ މުހިއްމު އެއްކަމެއް ކަމުގައިވާ ކޯޓުތައް އުފެއްދުމުގެ މަސައްކަތް ނިންމާލެވޭތޯ، ޑީއާރުޕީ އާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި އިދިކޮޅުފަރާތްތަކާ އެކު އެމްޑީޕީން އެއްބަސްވި އެންމެ މުހިއްމު އެއް ކަމަކީ މަޖިލީހުގެ ތަޅުމުގައި ބިލަށް އިތުރު އިސްލާހުތަކެއް ހުށަހަޅައިފިއިފިނަމަ މުޅި ބިލުގެ އަސާސްތައް ގެއްލި ޖުޑިޝަރީއެއް އުފެއްދުމަށް ކުރާ މަސައްކަތްތައް މުޅިން ހަލާކު ވެދާނެތީ އެކަން އެގޮތަށް ނުކުރުން ކަމަށާއި، ނަމަވެސް ޑީއާރުޕީން ފަހުވަގުތު އެ އެއްބަސްވުމާ ޚިލާފަށް ބިލަށް އިސްލާހް ހުށަހެޅީ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

6 Comments »

  1. މޫސަ ކުރިޔަސްތީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް. ކަންކަން ހައްލުކުރެވޭނީ ވާހަކަ ދެކެވިގެން. އެކަކު ބޭނުންގޮތަކަށް ހުރިހާ ކަމެއް ނުނިމޭނެ. ދެކޮޅަށްވެސް ހަމަހަމަ ވާންޖެހޭނެ. މީރޯދަމަސްވުމުން ރީކޯގެ…

    Comment by nishaa — Wednesday, September 1, 2010 @ 1:01 pm

  2. މޫސަ ކުރީމަ ދަށުދަރަޖައިގެ ޢަމަލަކަންވީ،އެކަމަކު ޑީއާރޕީން އެއްބަސްވުމާޙިލާފުވީމަ އެ ނުވިދޯ ދަށުދަރަޖައިގެ ޢަމަލަކަން>ނޫނޭ ތިދެއް ހަމަ ފުކެއް ބޮޑުވަރު.

    Comment by shifau — Wednesday, September 1, 2010 @ 1:23 pm

  3. މިހާރުވެސް މިސަރުކާރުން މާގިނައިންވެސް އިދިކޮޅު ފަރާތް ތަކާއި އެކު ވާހަކަ ވަނީ ދެކެވިފައި ނަމަވެސް ހަސަދަވެރިކަމުން ފުރިފައިވާ ޚިޔާނާތްތެރިން ތަކެއްގެ ހިތްތަކުގައި ޤަޢުމީ ލޯތްބާއި ރައްޔިތުންނާއި މެދު ހަމްދަރުދީ ވުން އެއީ އޮންނާނެ ކަމެއް ނޫން.. އެހެންކަމުން އަހަންނަށް ފެންނަ ފެނުމުގައި އެފަދަބަޔަކު ރުއްސަން ކުރެވޭ މަސައްކަތަކީ އެއަކުން މާބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމެއްނޫން. ރީކޯމޫސަގެ ލަފާފުޅަށް އަޅުގަނޑު ވަރަށް ތާއީދު ކުރަން.

    Comment by Mohamed Fauzy (Villingili) — Wednesday, September 1, 2010 @ 1:25 pm

  4. މީގެކުރިންވެސް ތިމީހުދަރުބާރުގޭގައިވެސް ތިކަހަލަ ބައްދަލުވުމެއް ބޭވި ވީކަމެއްހަރާން އިދިކޮޅުފަރާތަ އަބަދުވެސް ހެދޭނީ އިދިކޮޅު ދެންއޮންނާނީވަގުން ސަލާމަތްކުރުން

    Comment by ahmed — Thursday, September 2, 2010 @ 4:48 am

  5. މީގެއަހަރުތަކެ ކުރިން ދަރުބާރުގޭގާސިއްރުވާހާތަ ފައްޓާފާ ނިކުމެރިޕޯޓަރުންވާހަކަދައްކާ3ވަނަވީދުވަހުބައްދަލުވުމަނަޔެވެ މީޑީއާޕީގެ ވާހަކަދެއްކޭގޮތްވީޔާ

    Comment by Ruhusaan — Thursday, September 2, 2010 @ 9:04 am

  6. ރީކޯމޫސަގެ ލަފާފުޅަށް އަޅުގަނޑު ވަރަށް ތާއީދު ކުރަން.

    Comment by sangu bengaloor — Sunday, September 5, 2010 @ 1:38 am

Leave a comment