Maldivian Democratic Party » އިޢުލާން: އެމްޑީޕީ ކޮންގްރެސް 2010 އަށް ގޮވާލުން
mdp_banner

Tuesday, August 31, 2010

އިޢުލާން: އެމްޑީޕީ ކޮންގްރެސް 2010 އަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ޤަރާރަކުން އެޕާޓީގެ ކޮންގްރެސް މިއަންނަ އޮކްޓޯބަރު މަހުގެ 28، 29 އަދި 30 މި ތިން ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ 2010 އޮކްޓޯބަރ 28 ން 30 އަށް މި ޕާޓީގެ ކޮންގްރެސް ދަރުބާރުގޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.
1. ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން
2. ދާއިރާތަކުގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން
3. 15 ސެޕްޓެމްބަރ 2010ގެ ކުރިން މި ޕާޓީގައި ރަޖިސްޓްރީކޮށްފައިވާ ގޮފިތަކުގެ ރައީސުންނާއި، އަދި އެގޮތްޕެއްގައި ހިމެނޭ ކޮންމެ 100 މެންބަރަކަށް އެއް މަންދޫބު
4. މަޤްބޫލު އުޒުރަކާހުރެ ގޮފީގެ ރައީސްއަށް ކޮންގްރެސްއަށް ވަޑައިގަތުމަށް އުޒުރުވެރިވާނަމަ ގޮފީގެ ނައިބު ރައީސް
ވީމާ މި އިޢުލާނުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަންދޫބުން ކަނޑައެޅުމުގެ ކަންތައް ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، ގޮފިތަކުން ހަމަޖެއްސެވުމަށްފަހު އެމްޑީޕީ ސެކްރެޓޭރިއަޓް އަށް ލިޔުމަކުން އެންގެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960 ވެބްސައިޓް: www.mdp.org.mv
31 އޮގަސްޓް 2010

1 Comment »

  1. މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ހަމަ އެޔާ އެކު މި އެބްސައިޓް ގައި ދައުންލޯޑް ކުރެވެން ހުރި ލިންކު ތަކުގައާއި އެހެނިހެނ ބައެއް މުހިންމު ލިންކުތަކުން ބޭނުންވާ މައުލޫމާތު ނުފެންނަކަންވެސް މިފުރުސަތުގައި ދަންނަވަން، މި ކަމަކީ މީގެ ކުރިންވެސް ޕާޓީ އުފައްދަން އުޅުނު އިރުގައި އޭރުގެ ޕާޓީ އޮފީސްތެރޭގައި ސުއެއިބު މެން ތިބެގެން ކޮށްފައިވާ ވަރަށް ނާތަހުޒީބު އަމަލެއްކަންވެސް ފާހަގަކުރަން، މިހެން ގިނަމެންމަރުންނަށް ކުރިމަތި ނުލެވޭގޮތަށް ހަނިކޮށްފައި އޮތުމުން އެފަދަ ޕާޓީތެރޭގައި އެއްވެސް އިތުބާރެއްނެތް ތާއީދެއްނެތް މީހުންނަށް ފުރުސަތު ބޮޑުވެގެން ދާނެކަމުގައިވެސް މިފުރުސަތުގައި ހަނދާންކޮށްދެން، މިކަންކަން އިސްލާހު ނުކުރާނަމަ ޕާޓީގެ އާންމުމެމްބަރުން ހަނު ނުހުންނާނެކަންވެސް މި ފުރުސަތުގައި ހަނދުމަކޮށް އަރުވަން.

    Comment by ibrahim — Tuesday, August 31, 2010 @ 6:43 pm

Leave a comment