މެންބަރުންގެ ޚިޔާލު: ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ދިނުމުގައި ވިސްނާލަންޖެހޭ
31 އޯގަސްޓް 2010
ލިޔުނީ: މުޢާޒް މުޙައްމަދު (މޯލާ)
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓް ދިނުމަށް ހަދާފައިވާ އުސޫލު ކިތަންމެ ފުރިހަމަ ނަމަވެސް ޕާޓީގެ ޓިކެޓް ދިނުމުގައި އިތުރަށް ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. އެއްވެސް ދާއިރާއެއްގެ އިންތިޚާބީ ގޮނޑިތަކަށްވުރެ ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތައް ގިނަކަމަށްވާނަމަ ވަކި ހިސާބަކުން ނަމަވެސް ޕްރައިމަރީސް އަކަށް ދިޔުމަށް ގައުމީ މަޖުލީހުން ނިންމާފައިވާ ނިންމުމުގައި ޙިކުމަތްތެރިކަމެއް ވެއެވެ. މިނުކުތާއަށް ތަފްޞީލަށް ދިޔުމުގެ ކުރިން އަޅުގަނޑު ބަލާލަން ބޭނުންވަނީ ޕާޓީގެ ކުޑަ ކޮމެޓީއަކުން ޓިކެޓް ދޭނެ ފަރާތްތައް ސެލެކްޓްކުރާނަމަ އެކަމުގައި ވިސްނާލަންޖެހޭ މުހިންމު ކަމުގެ މައްޗަށެވެ.
އާދެ މިފަދަ ކަމެއް ސެލެކްޝަނަކުން ނިންމާލުމުގެ ފިކުރު ޕާޓީ ތެރެއިން ފެތުރިގެންދާ ހިނދު، ހިތާހިތާ ނަމަވެސް ސުވާލު ކޮށްލެވެނީ މިދެންނެވިގޮތަށް ސެލެކްޓް ކުރާނީ ކޮން ކްރައިޓީރިއާއެއްގެ މަށްޗަށް ބަލާފަތޯއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސެލެކްޝަނެއް ހަދާނަމަ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާއިރު ސެލެކްޝަން ކްރައިޓީރިއާވެސް އިޢުލާންކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ މިނިވަން މުއައްސަސާތަކަށް މީހުން ޢައްޔަން ކުރުމުގައި ޑީ.އާރު.ޕީން ޖެއްސި ގޭމު އެމް.ޑީ.ޕީ ތެރޭގައިވެސް ޖެއްސުމުގެ ފުރުޞަތު ދެވުނީއެވެ. ޑީ.އާރު.ޕީގެ މެޖޯރިޓީ އޮންނަ މަޖުލީހުގެ ކޮމެޓީތަކުގައި ނަންނަތައް ދިރާސާ ކުރުމުގައިވެސް ކްރައިޓީރިއާ ކަނޑައަޅަމުންދަނީ ރައީސް ނަޝީދު ހުށަހަޅުއްވާފަރާތްތައް ފެއިލް ކޮށްލުމަށް އިސްކަންދީގެން އެކި ފަހަރު އެކި ގޮތަށްކަން އަޅުގަނޑުމެން އެންމެނަށް އެނގެއެވެ. އަދި ޑީ.އާރު.ޕީން ނުރުހޭ މީހުން ހުށަހަޅާފައިވާނަމަ އެމީހުން ފޭލިކޮށްލާނެ ހުރިހާގޮތަކަށް އިސްކަންދީގެން ކްރައިޓީރިއާ ކަނޑައަޅާކަމީ ހެޔޮވެރިކަމުގެ އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް އަޅުގަނޑުމެން އަބަދުވެސް ވަކާލާތުކުރަމެވެ.
ކުރިން މިދެންނެވި ހަޤީޤަތްތަކުގެ ދުރުމިން ލޯކަލް ކައުންސިލް އިންތިޚާބުގެ ޓިކެޓް ދިނުމުގައި ސެލެކްޝަން ހެދުން ބަލާލާނަމަ ދެންނެވެންއޮތީ، އެކަން ނުކިއްސަރުކޮށް ހިނގާ ދިޔުމުގެ ފުރުސަތު އޮތްކަމަށެވެ. ސަބަބަކީ ސެލެކްޝަން ހަދާނެ ކްރައިޓީރިއާ ކުރިން އިޢުލާން ކޮށްފައި ނެތުމާއިއެކު، މިހާރު ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ސެލެކްޝަން ކޮމެޓީގައި ތިބޭ މީހުން ނުވަތަ ޕާޓީގެ އެހެން ގުނަވަނެއް ކަމުގައިވީނަމަވެސް ހިންހަމަ ނުޖެހޭމީހުން ކަޓުވާލުމަށްޓަކައި ވަކިގޮތަކަށް ސެލެކްޝަން ކްރައިޓީރިއާ ހެދުމުގެ ފުރުސަތު އޮތުމެވެ. އެހެން ކަމަށް ވާނަމަ ހެޔޮވެރިކަމުގެ އުސޫލުން މިކަން މިގޮތަކަށް ނުކުރެވޭނެއެވެ.
ހެޔޮވެރިކަމުގެ އުސޫލުތައް ކުރިއަށްނެރެ މުޅި ޤައުމު މިއުސޫލުތަކާއި އެއްގޮތަށް ބަދަލުކުރުމަށް ކަމަރުބަނދެގެން އޮތް އެމް.ޑީ.ޕީން މިކަމުގައި ވިސްނުންންތެރި ޙިކުމަތްތެރި ނިންމުންތަކެއް ނިންމާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މިހިސާބުން އަޅުގަނޑު ކުރިން ދެންނެވި ޤައުމީ މަޖުލީހުގެ ނިންމުމުގެ ޙިކުމަތްތެރިކަން ޔަޤީންކުރެވެވެ. ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހަޅުއްވައި ކާނަލް މުހައްމަދު ނަޝީދު ތާއީދުކުރައްވައި ޤައުމީ މަޖުލީހުން ނިންމާފައިވާގޮތަށް ޕްރައިމަރީސްއަކުން ޓިކެޓް ދޭނެ ފަރާތްތައް ނިންމުމަކީ ބުއްދިވެރިގޮތެއްކަން ޔަޤީނެވެ. އޭރުން އެމް.ޑީ.ޕީ ގެ ޓިކެޓް މިވެނި ގޮތަކަށް ދިންކަމަށް ބުނެ ޚިޔާލުތަފާތުވުމަކަށް ފުރުޞަތެއް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ ޕްރައިމަރީސް ކާމިޔާބުކުރުމަށްޓަކައި އިތުރު މެންބަރުން އެމް.ޑީ.ޕީއަށް ވެއްދުމުގެ ރޫހެއްވެސް އާލާކުރެވުނީއެވެ. މިއީ ހިކުމަތްތެރި އެމް.ޑީ.ޕީ އެވެ. މިދުވަސްވަރު ދާއިރާތަކުގެ އިންތިޚާބު ކާމިޔާބުކުރުމަށް ކެންޑިޑޭޓުން މެންބަރޝިޕް އިތުރުކުރުމަށް މަސައްކަތްކުރަމުން އެގެންދާ ބީދައިންނެވެ.










MDP dheke foohi vejje. Alhagandumen lavvaa muzahiraaa koi Abdulla Ghazeee kiyaaa rayyithun ge court haddha alhugandu men pressure aruvaafi,.. But what MDP has achieved….Put Yameen in custody for 7 days….now he become a hero? what a shame? Jangiyaa Nazim still in power , Abdulla Ghazee just sit in Jangiyaa Nazim case and delay his tribunal .Thasmeen payable to BML and custom delayed purpose by High Court .. What MDP can do? All opposition united to face government..Supreme court control by opposition by putting their puppets..MDP ge hurihaa stunt tha fail? all flop… No majority in parliament….opposition pass whatever bill they want…. government is going to be in trouble…. no hope MDP government can implement its manifesto….aharamen dheravanee MDP fudeythee… If MDP failed then public will never accept MDP ަ…and DRP will rule in Maldives forever
Comment by Didi — Tuesday, August 31, 2010 @ 12:11 pm
ވަރަށް ބޮޑުތެދެއް.
އެހެންވީމާ ހެޔޮވެރިކަން ކްންފަ އޮތީ 30 އަހަރުގަތާ! ރައްޔިތުންނަން އޮޅުވާލުމާ ޙިޔާނާތްތެރިން ހީރޯއިންނަން ހެދުމާ ބޮޑެތި ޖަރީމާތައް ހިންގާމީހުން ޤަދަރުވެރިންނަން ހެދުމަކީ ހެޔޮވެރިކަމަކީ1 އެމްޑީޕީންވެސް ޖަގިޔާ ނާޒިމާއި ޔާމީނަށް ބައި އަޅަންވީނު އޭރުންނޯ މަޖިލީހުން އެއްބާރުލުން ލިބޭނީ ޑީއާރުޕީ ގެ މެމްބަރުން ބުނަނީ މިދެން ކިހާ…………………………………………………………………………
Comment by kolhufushi suporter — Tuesday, August 31, 2010 @ 1:14 pm
ދެންފެށޭ މުޒާހިރާއެއް ކޮންޓްރޯލްކުރަން އެމްޑީޕީންވެސް، އަދި އެމްޑީޕީގެ ސަރުކާރުންވެސް މަސައްކަތްނުކުރުމަށާއި، ސިޔާސީ ގޮތުން ޕާރޓީއަށް އަތުވެދާނެ ފިއްތުންތަކަކަށް ބަލައި، އަހަރުމެން ކޮންޓްރޯލް ކުރަން ނޫޅެއްޗެވެ. ދެންފެށޭ މުޒާހިރާއެއް ފަށާނީވެސް އަހަރުމެންނެވެ. ނިންމާނީވެސް އަހަރުމެންނެވެ. އެމްޑީޕީ އާއި ސަރުކާރު އެ މުޒާހިރާގައި ބައިވެރި ކުރާނީ އޮބްޒާވަރުންގެ ގޮތުގައެވެ. ހަމަގައިމުވެސް މިފަހަރު ހެޔޮވެރިކަމެއް ކުރެވޭފަދަ ވެއްޓެއް ޤާއިމުކޮށްދޭނަމެވެ.
Comment by ddhandehelu — Tuesday, August 31, 2010 @ 3:06 pm
ވަރައް ބޮޑުތެދެއް.
Comment by issey — Tuesday, August 31, 2010 @ 5:19 pm
މިހާރު މިޕާޓީގެ ކަންކަން މިދަނީ ޑީ،އާރު،ޕީގެ ކަންކަން ދާއުސޫލުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ، ޕާޓީގެ ޤައުމީ މަޖްލީހުން މިދަނީ އެކިއެކި ނިންމުންތަށްވެސް ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް ނިންމަމުން، މީ ޕާޓީގެ އާންމު މެމްބަރުން ވަރަށް ކަންބޮޑުވާކަމެށް، އަދި އިންތިހާބުތަކުގައިވެސް މިދަނީ ފުރުސަތުތަށް ހަނިކުރަމުން، މިހާރު ޕާޓީގެ އެބްސައިޓްގައި ހުންނަ ލިންކް ތަކުން ޑައުންލޯޑެއް ނުކުރެވޭ އަދި ބޭނުންވާ މުހިންމު މަޢުލޫމާތެއް ނުހޯދޭ މިސާލަކަށް ގޮފިތަކުގެ ލިސްޓްވެސް ލިބޭކަށް ނެތް، މިހާރު ވެރިކަން ބަދަލުވެ ޕާޓީ ރޫލިންގ ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު މިފަދަ މައުލޫމާތުތަށް ލިބެން ހުންނަން ޖެހޭ، އެހެން ނޫނަސް މިހާރު އެއްވެސް ކަމެއް ސިއްރުކޮށް ހަދާކަށް ނުޖެހޭ…
Comment by ibrahim — Tuesday, August 31, 2010 @ 6:51 pm
ކައުންސިލް އިންތިޚާބުގަޔާ ދާއިރާތަކުގެ އިންތިޚާބު ގައި އެމްޑީޕީން ގެންގުޅޭ އުސޫލުންތައް ވަރައްސަޅި.
ނަމަވެސް ނާޒިމަށާއި ޔާމީނަށް ވިކިފަ ތިބޭބަޔަކަށް ތިކަމެއްނޭގޭ.
އިވެނީ ރައްރަށުގަ ތިބޭ ކައުންސިލަރުން ދައްކާވާހަކަ.
މުޅިއްއޮޅުވާލަނީ. މިހާރަށްވުރެ ބޮޑަށް ދެފުންފެންނަ ކައުންސިލަރުން………………….
މެދުރާއްޖެތެރެއިން މ. އަތޮޅު ކައުންސިލަޜާއި މުލަކު ދާއިދާގެ ފުނަމާ ފިޔަވާ އެހެންމީހުން ޒިންމާދާރު ކުރުވަބަލަ
Comment by kolhufushi suporter — Tuesday, August 31, 2010 @ 9:05 pm
އެހެންތާވާނީ އަނެއްކާ ނުކިޔާވާތިބި މޮޔައިންނައް ޕާޓީޓިކެޓު ދެވޭނެ ގޮތްތައްހޯދާބަލަނީ ރައިސް ނަސީދު، މިޕާޓީ ހަލާކު ކުރާމީހަކީ ނަސީދު، މިޕާޓި އުފައްދަން އުޅުނީ ނަސީދު ލަންކާގަ ބަހައްޓައިގެން އަހަރެމެން، ދެން ނުކުމެ ޕާޓީގެ އަގުވެއްޓޭގޮތައް ކަމުނުދާމީހުނަށާ މައުމޫނުގެ މީހުންނައް މަގާމްތަކާ ޓިކެޓު ދިނީމަވާގޮތް މިފެންނަނީ،އެއްކަލަޕާޓީއަށް އިހުލާސްތެރި މީހުން ނަސީދެއް ނުދަނޭ
Comment by shukoor — Wednesday, September 1, 2010 @ 10:11 am
އެމްޑީޕީގެ މެންބަރުންނަކީ ޕާޓީގެ އެންމެމުހިންމު ދައުރެއް އަދާކުރާ ފަރާތް މެންބަރުންނަށް ނިކަމެތިކޮށް ހަދާ ފަރާތްތަށް ވަގުތުން ވަގުތުން ކަނޑާލާ
Comment by medhu p — Thursday, September 16, 2010 @ 9:02 am