ޑީއާރުޕީއަށް އިޚްލާސްތެރިކަމާއެކު ދެދުވަހު ހަމަޔަށް މަޖިލީހުގައިވެސް މަސައްކަތް ނުކުރެވޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބުނެފި
31 އޯގަސްޓް 2010
ޑީއާރުޕީއަށް އިޚްލާސްތެރިކަމާއެކު ދެދުވަހު ހަމަޔަށް މަޖިލީހުގައި ވެސް މަސައްކަތް ނުކުރެވޭ ކަމަށާއި، ޑީއާރުޕީއާ އެކު މަޖިލީހުގައި މަސައްކަތްކުރަން ވަރަށް ދަތިކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ އޮއިވަރުގައި ޖެހި ހުއްޓާލަން ޖެހުމާއި ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު އެމްޑީޕީ މީޑިއާ ޔުނިޓަށް ރޭ ދަންވަރު ފޯނުން މައުލޫމާތު ދެއްވަމުން ވިދާޅުވީ ” އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން، ޚާއްސަކޮށް އަޅުގަނޑު އިސް ނަގައިގެން އިންތިޤާލީ މަރުހަލާގައި ކަންތައްތައްކުރި އެކުވެރި މާހައުލު ޑީއާރުޕީގެ އަމިއްލަ އެދުމާހުރެ މިހާރު މުޅިން ގެއްލިއްޖެ. އަޅުގަނޑުމެން އޭރު އެންމެ ޖަލްސާއަކުން ފަނޑިޔާރުންގެ ބިލު ފާސްކޮށް، ސްޕްރީމް ކޯޓު އުފެއްދމުގެ ކަންތައް ނިންމައި މިހުރިހާ ކަމެއް ވަރަށް ރަގަޅަށް ކުރުމަށްފަހު މިހާރު އަނެއްކާ އެރޫހު މުޅިން ގެއްލިއްޖެ.” ކަމަށެވެ.
މޫސަ ވިދާޅުވީ މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީން އުފައްދާފައިވާ ސަބްކޮމިޓީއަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލުގެ މަސައްކަތް ވަރަށް ފުރިހަމަޔަށް ނިންމި ކަމަށާއި، އެހެން ނަމަވެސް އެބިލު ކޮމިޓީން ނިންމާގޮތަށް ތާޢީދުކުރާނޭ ކަމަށް ޑީއާރުޕީން ބުނުމަށްފަހު ކުއްލިއަކަށް އެބިލަށް ވަރަށް ގިނަ އިސްލާޙް ހުށަހަޅައި ޝަރުއީ ދާއިރާ އެމީހުންގެ މުށުތެރެއަށް އިތުރަށް ލުމަށް ހީލަތްތެރި މަސައްކަތްތަކެއް ފެށުމުގެ ސަބަބުން ރޭގެ ޖަލްސާގެ ނިޒާމުގެއްލި ޖަލްސާ ހުއްޓާލަންޖެހިފައިވާ ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީން ވެސް އެބިލަށް ކުދި ކުދި އިސްލާޙް ހުށަހެޅިކަމަށާއި، އެހެންނަމަވެސް އެބިލުގެ މަސައްކަތް އަވަހަށް ނިންމުމުގެ މަޤްސަދުގައި އެމްޑީޕީގެ އިސްލާޙްތައް އަނބުރާ ގެނައީ ކަމަށާއި، ރޭގެ ޖަލްސާ ހިނގަމުން ދިޔަ ގޮތާ ދެކޮޅަށް އިހުތިޖާޖުކުރަން ޖެހުނީ ޑީއާރުޕީގެ އަމިއްލަ މަސްލަޙަތު ދިފާއުކުރުމަށް އެޕާޓީން މަސައްކަތްކުރުމުން ކަމަށެވެ. މިގޮތުން “ކުރިން ކޮށްފަ ހުންނަ ކަންތައްތަކާމެދު ދައުވާ ނުކުރެވޭ ގޮތަށް ފާސްކުރުމަށް ޑީއާރުޕީން” މަސައްކަތްކުރަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
މިނިވަން މުޥައްސަސާތަކާ ބެހޭ ކޮމިޓީން، ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ބިލުގެ މަސައްކަތް ނިންމުމަށް ހޮވާފައިވާ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދާއި، ކަނޑިތީމް ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިނާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާއެވެ.
މޫސަ ވަނީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މިބިލުގެ މަސައްކަތް ނިންމުމަށް މި 3 ބޭފުޅުން ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ











މިކަމަތާއީދުކުރަން ؛ އަނެއްކާ މާ ފޯރިއެ އަރާގެން އޮފީސްތަކުގާއުޅޭ އެމްޑީޕީ މެންބަރުންނަށް އިންޒާރުދީ ކަނޑާ އެބަހަދާ/އެއާޕޯޓް /ކަސްޓަމް/ސުޓެލްކޯ/އެމްޕީއޭ/މިކަމައް އެމްޑީޕީގެއިސްވެރިންނާއި ރައިސްނަސީދުއަދަންނަވަން /މިތަންތަނުގެވެރިން ސައިޒަށް ތިރިކުރުމަށް …
Comment by ahmed — Tuesday, August 31, 2010 @ 11:03 am
ޑީއާރުޕީއަށް އިޚްލާސްތެރިކަމާއެކު ދެދުވަހު ހަމަޔަށް މަޖިލީހުގައި ވެސް މަސައްކަތް ނުކުރެވޭ ކަމަށާއި……………………………….،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،
Comment by lava — Tuesday, August 31, 2010 @ 11:04 am
އަޑުގަދަ މީހާ ރުށް ގިނަވާނެއޭ ބުނާ ބީދައިން، ޑީއާރުޕީ ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ފުރުޞަތު ނުދިނުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި، ކުރަންޖެހޭނެ ކަމެއް. މަޖިލިސް ޖަލްސާ ހުއްޓާލަން ޖެހުނަސް، އަދި މުޒާހަރާއެއް ކުރަންޖެހުނަސް، އެމްޑީޕީގެ ލޮބުވެތި މެންބަރުން ތިއްބަވާނީ އެމްޑީޕީއާ އެކު ކަމަށް އަޅުގަނޑު ޔަޤީންކުރަން.
Comment by ފަންރިއާ — Tuesday, August 31, 2010 @ 11:14 am
ވަކިބަޔެއްގެ ބޮލުގައި ބަދުނާމް އަޅުވާނެ ތަނެއްނެތް. އެނަމެފަހުން ރޭގައޮތް ޖަލްސާގަ ކޮންބައެއްތޯ އަޑުގަދަކޮށް ތަނުގެ މަސްލަހަތު ނަގާލާ މަޖްލިސް ހުއްޓުވާލީ. ތިބުނާ އިޚްލާސްތެރިކަން ހުރި ބަޔަކު މަޖްލިހަކުނެތް. ކޮންމެބަޔަކުވެސް ބަލަނީ ތިމާމެންގެ ޖީބު ފުރާލެވޭތޯ އާއި މެމްބަރުން ގަނެވިއްކުމުގެ ވިޔަފާރި ކުރަން. އެމް ޑީ ޕީ މީހުންނަކި ތިކަމުގައި އަރާތިބިބައެއް.
Comment by nishaamaa — Tuesday, August 31, 2010 @ 11:50 am
ޑީއާރުޕީ އިން ކުރަން އުޅޭ ކަންތައް ރަގަޅަށް ރައީސް ނަޝީދަށް އެގި ވަޑައިގަންނަވާނެއެވެ. އެ ޕާޓީ އަށް މިޤައުމު ފަސާދަ ކުރުމަށް ފުރުޞަތު ދިނުމަކީ ވެގެންވާނޭ ކަމެއް ނޫނެވެ. މިޤައުމު ބަދަލަކަށް އެދި ތެދުވީ ޑީއާރުޕީގެ ވަސް މިޤައުމުން ފޮހެލުމުގެ ބޭނުމު ގައެވެ. އަދި ރައްޔިތުން ވަކި ބަޔަކާ ވެރިކަން ހަވާލު ކުރީ އެ އުނދަގުލުން ސަލާމަތް ވެ މިޤައުމު ހަމަ މަގަކަށް އެޅުވުމަށެވެ. އެހެން ނަމަވެސް މިހާރު މިދަނީ ޑީ އާރުޕީގެ ކަންތައްގަނޑު ހައްދު ފަހަނަ އަޅައެވެ. ރައީސް ނަޝީދު އެކަނި ޤާނޫނަށް ކަމޭ ހިއްތަވަން އުޅުއްވިއަސް މިކަމެއް ނުވާނެއެވެ. ރައްޔިތުން ޑީއާރުޕީގެ ނުފޫޒުން ސަލާމަތް ކުރުމަށް ނަޝީދަށް ފިޔަވަޅެއް ނޭޅުއްވޭ ކަމުގައި ވާނަމަ، އަދި މިތަނުގެ ޝަރުޢީ ނިޒާމު ރަގަޅު ނުކުރެވުނީމަ، އެކަން ކުރެވޭ ވަރުގެ މީހަކު މިޤައުމު ސަލާމަތް ކޮށްދޭން ހޯދަންވީއެވެ. ވެރިކަމަށް އައުމުގެ ކުރިން ހަރުގެ ތަކުގާ ދެކެވުނު ވާހަކަ ތަކާ އެޅުވި ވަގު ބަދުނާމް ތައް އެއީ ޙަޤީޤަތެއް ކަން އަން ގާ ދޭން އެބަޖެހެއެވެ. އެހެން ނޫނީ ރައްޔިތުން ދެކޭނީ މީ ވެސް ހުސް ވެރި ކަމުގެ ބޭނުމުގާ އުޅޭ ބަޔެކެވެ. މިހާރު އިސްކޮޅު ނުކާ ހިސާބަށް ދިޔަވަރު ބޮޑުވެއްޖެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.
Comment by ahmed — Tuesday, August 31, 2010 @ 8:27 pm