Maldivian Democratic Party » ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ އޮއިވަރުގައި ޖެހި ހުއްޓާލަން ޖެހިއްޖެ
mdp_banner

Tuesday, August 31, 2010

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިޒާމީ އޮއިވަރުގައި ޖެހި ހުއްޓާލަން ޖެހިއްޖެ

31 އޯގަސްޓް 2010

majlis-mdp-450-x-301

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލުގެ ރިޕޯޓްގެ ބަހުސްގެ މަރުހަލާނިލި ބިލަށް މެންބަރުން ހުށަހެޅި އިޞްލާޙުތަކަށް ވޯޓަށް އަހަމުންދަނިކޮށް މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލި ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވި ޖަލްސާ ހުއްޓާލަންޖެހިއްޖެއެވެ.
ރޭގެ ޖަލްސާ ނިންމާލި އިރު ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވާ 2 ނަންފުޅު ދިރާސާކުރުމަށް ހޮވި 7 މެންބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު އެރިޕޯޓަށް ބަހުސްނިމި ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކޮށް އެކުލަވާލިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު، އެރިޕޯޓަށް ބަހުސްނިމި ވޯޓްނެގުމާއި ހަމަޔަށްވަނީ ގޮސްފައެވެ. ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން މީގެން އެއްވެސް ކަމަކަށް ރޭގެ ޖަލްސާގައި ވޯޓަށް އަހާފައެއްނުވެއެވެ.

ރޭގެ ޖަލްސާގައި ވޯޓުގެ ވަގުތުގައި ވޯޓަށް ހަމައެކަނި އަހާފައިވާ ބިލު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލު މަޖިލީހުން ބަލައިގަތުމަށް އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން މިބިލް އިތުރަށް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

70 މެންބަރުން ހާޒިރުވެވަޑައިގެންނެވި ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހިންނަވަރު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙަންމަދު ޞާލިޙްއެވެ.

10 Comments »

  1. އޭރުވެސްއަހަރެންބުނީމެންނު ޑީއާރުޕީ ބާގަނޑު ރައްޔިތުންކަރުގާލޭރަހަ ލައްވާނެޔޭ ރޯދަމަސްނިމެންދެންވެސް މަޑުން ނުތިބެވުނެންނު މިގައުމު ސަލާމަތްކުރަވާށި ޢާމީން

    Comment by ahmed — Tuesday, August 31, 2010 @ 10:53 am

  2. އެހެންވާނީ މުޅި ސަރުކާރުގެ ވަޒީފާތަކަށް ޑީއާރުޕީ މިހުން ވެއްދީމަ ކަންކަން ހިންގުމަށް ދަތިވޭ، އެކަމަކުވެސް ސަރުކާރުން ވިސްނަނީ އެމީހުންގެ ހެވަށް ، ލާބަޔަށް، އެމީހުން ހައްޔަރުކުރާނީ ކޮންދުވަހަކުންތަ

    Comment by shukoor — Tuesday, August 31, 2010 @ 11:27 am

  3. ކިހާދެރަކަމެއް. ޑީޢާރުޕީ ތިއުޅެނީ 30 އަހަރު ކަމެއްނުވީމާ އަންނިވެސް ކަމެއް ކުރިޔަ ނުދޭންތަ! މުލަކު ދާއިރާއިން ޔާމީނު އިސްތިޢުފާ ދޭންވީނު

    Comment by kolhufushi suporter — Tuesday, August 31, 2010 @ 11:33 am

  4. އަދިވެސް މެންބަރުންގެ މުސާރަ ކުޑައީ ކަންނޭގެ. 10 ރުފިޔާ ވަރު ބޮޑުކޮށްލަނިކޮށް ތަންކޮޅެއް ޒިންމާދާރުވެދާނެކަމަށް ހީވޭ. އެހެންޏާފަހެ މިއީ ދެން ކޮންފަދަ ބޮޑުމުސީބާތެއް. މިއީ މިޤައުމުގެ ޤާނޫނުހަދާ މަޖުލީހޯ. މެންބަރުންނަށް މިތިބީ ކަމަށް ތަސައްރަފު ނުފުދޭ އަމިއްލައެދުމުން ފުރިފައިވާ ބަޔެއް.
    ރިޔާސީ އިންތިޚާބު ހިނގި ދުވަސްވަރު އަޅުގަނޑު ދިން ކޮމެންޓެއްގައި ބުނީން:- މިފަހަރު މި އިންތިޚާބު މައުމޫނަށް ކާމިޔާބެއްނުވާނެކަމަށް. އަދި ދެން ވަޑައިގަންނަވާ އައު ރައީސަކީ ކޮންމެބޭފުޅަކަށްވީނަމަވެސް އެބޭފުޅަކު، މައުމޫނުގެ ސިޔާސަތު ނުގެންގުޅުއްވާނަމަ ފުރަތަމަ ދެތިން އަހަރު އެބޭފުޅަކު އުޅުއްވަންޖެހޭނީ ވަރަށް ޙާލުގައޭ. ސަބަބަކީ މައުމޫނާ އޭނަގެ އައުވާނުންގެ ނުހޮރުއްޕާން ވަރަށްބޮޑުވާނެކަން އެނގޭތީ.

    Comment by މާލޭމުހަންމާދީ — Tuesday, August 31, 2010 @ 11:38 am

  5. އެމް ޑިޕީ މީހުންނަކީ އެމީހުން ބޭނުންވާ ގޮތަށްނޫން އެހެންގޮތަކަށް ކަމެއްވާއިރަށް އަޑުގަދަކޮށް މަސްލަހަތުނަގާލާ ހަމަނުޖެހުން ހިންގާބައެއް. ވެރިކަންކުރިޔަސް ބޭނުންހާގޮތަކަށް ހުރިހާ ކަމެއްނުވާނެ. ޑިމޮކްރަސީ ނޭގިތިބެ ޑިމޮކްރސީއޭކިޔާ ވާހަކަ ނުދައްކާ. އަގުލަބިއްޔަތަށް ތަބާވާންޖެހޭނެ. ރޭގަ ޖަލްސާގަ ކޮންބައެއްތޯ ހަމަނުޖެހުންހިންގީ. ކުރީގެ މައްސަލަތައް ބަލަންޏާ ބަލާނީ ރީކޯގެ މަގުމަތީކޯޓުން. ޝަރުޢީ ކޯޓަކުން ތިކަމެއްނުވާނެ. ރީކޯގެ ކާރުން ރާފެނުނު މައްސަލަ ބަލަނީ ކޮންއިރަކުތޯ؟

    Comment by nishaa — Tuesday, August 31, 2010 @ 11:57 am

  6. އަމައްޔާތް! ނިޝާވެސްތަ؟ ރޯޒްއާއެކު ޕެރެޑައިސް ގޮރޫޕްއަށް ވަނީތަ؟ ހާދަ ސަޅިވާނެޔޭދޯ. ރީކޯ މޫސަޔާ އަޅައިގަތަކަސް ނުލިބޭނެ. ވެރިކަމެއްވެސް ދެން ތަމެންނަކަށް ނުލިބޭނެ އިރާދަކުރެއްވިއްޔާ މިޤައުމު މިގޮތުގައި ކުރިޔަށްގެންގޮސް އަމާން ބަނދަރަކަށް ވާސިލްވާނެ. ހީކުރާގޮތްދޯ!!!!!!

    Comment by kanzu — Tuesday, August 31, 2010 @ 5:53 pm

  7. އެމްޑީޕީ އަކީ ކެއްތެރި ޕާޓީ އެއް، ޑީއާރުޕީ އިން އެމީހުން ޤައުމަށް ޚިޔާނާތް ތެރި ވެފަ އޮތް ވަރު ފޮރުވުމަށް އެކުރާ މަސައް ކަތުގާ އެމްޑީޕީ މަޑުން އޮތް ކަމާ މެދު ޝުކުރު ކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ މިއަދު އެޕާޓީ އަށް ނިސްބަތްވާ މީހުން ތިބޭނީ ކުރީގާ ވެސް ފެންނަ ގޮތަށް … ނަޓު އަޅުވާފަ ހައެއްކަ ރަށަށް ފޮނުވާލާފއެވެ. ނަޝީދަށް ހަމަ ސާބަސް..

    Comment by ahmed — Tuesday, August 31, 2010 @ 8:36 pm

  8. ނިސްހާ ޑިމޮކްރަސީ ކީވެސް އެމްޑީޕީ ** ބޯކީ ދިމާކުރާތީ … އެފެނުނުރާބުއީކަލޭދޯ

    Comment by asfaree — Wednesday, September 1, 2010 @ 8:23 am

  9. މި ޑީއާރުޕީ މީހުންނަށް އެއްޗެއް ނުވިސްނެނީ ބާ؟ ރައްޔިތުންގެ ހައްގުގައޭ ކިޔާފަ ޑީއާރުޕީގެ މެމްބަރުން ކީއްވެތަ ސަރުކާރުން ރައްޔިތުންނަށް ކޮއްދޭން އުޅޭ ކަންކަމުގައި ދަތިކުރެވެން ހުރި ހުރިހާ ރޮނގަކުން ދަތި ކުރަނީ؟ އެމްޑީޕީގެ (އަޅުގަނޑުމެންގެ)ސަރުކާރަށް އަޅުގަނޑު މިގޮވާލަނީ ހިޔާނާތްތެރިން ހިފާ ހައްޔަރު ކުރުމަށް1 އަޅުގަނޑުމެންގެ ތާހިރު ދިރިއުޅުން ނުތާހިރު ކުރަންއުޅޭ މީހުންނަށް ހައްގު އަދަބުދިނުމަށް1

    Comment by raappe — Wednesday, September 1, 2010 @ 1:40 pm

  10. މި ޑީއާރުޕީ މީހުންނަށް އެއްޗެއް ނުވިސްނެނީ ބާ؟ ރައްޔިތުންގެ ހައްގުގައޭ ކިޔާފަ ޑީއާރުޕީގެ މެމްބަރުން ކީއްވެތަ ސަރުކާރުން ރައްޔިތުންނަށް ކޮއްދޭން އުޅޭ ކަންކަމުގައި ދަތިކުރެވެން ހުރި ހުރިހާ ރޮނގަކުން ދަތި ކުރަނީ؟

    Comment by kaani — Thursday, September 2, 2010 @ 2:20 am

Leave a comment