Maldivian Democratic Party » އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބަށް އަލުން އިޢުލާންކުރުން
mdp_banner

Monday, August 30, 2010

އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބަށް އަލުން އިޢުލާންކުރުން

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ކަންތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ފާހަގަކޮށްފައިވާތީ، ދާއިރާތަކުގެ އިންތިޚާބު 24 ސެޕްޓެމްބަރ 2010ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި، މިހާރު މަޤާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކޮށް އަލުން މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 4.00 އެވެ.
ހ. ދާއިރާގެ ރައީސް
ށ. ދާއިރާގެ ނާއިބްރައީސް
ނ. ސެކްރެޓަރީ
ރ. ސެކްރެޓަރީގެ ނާއިބް
ބ. އިންތިޒާމް ސެކްރެޓަރީ

ދާއިރާތަކުގެ އިންތިޚާބުގެ ޤަވާޢިދާއި، ދާއިރާ ހިންގާކޮމެޓީތަކުގެ ހުސްވެފައިވާ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

30 އޮގަސްޓް 2010

9 Comments »

  1. މުއްދަތު އިތުރު ކޮށްފަ ވޯޓަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތުވެސް އިތުރު ކުރުމަށް ގޮވާލަން……………………..

    Comment by mohamed — Tuesday, August 31, 2010 @ 2:00 am

  2. ވަރަށް ރަގަޅު ނިންމުމެއް. ކައުންސިލަރުން އެމްޑީޕީގެ ސަޕޯޓަރުންނާށް އޮޅުވާލާ އޮޅުވާލުން ހުންޓުވޭނީ ތިކަހަލަގޮތަކަށް ކަންތައްކޮންގެން

    Comment by kolhufushi suporter — Tuesday, August 31, 2010 @ 8:35 am

  3. މިކަން އަދި އެބަޖެހޭ އެދާއިރާއެއްގައި ދިރިއުޅޭ ޕާޓީގެ މެންބަރުނަށް އެގޭނެ ގޮތަށް އިއުލާން ކުރަން . އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމެވި ނިންމުމަށް ޝުކުރުދަންނަވަން

    Comment by މެނަބަރެއް — Tuesday, August 31, 2010 @ 9:23 am

  4. ހަޤީގަތުގަވެސް ރަށްރަށުގައެބަތިބި އެމް.ޑީ.ޕީގެ ޖޯޝްހުރި ކިތަންމެބައެއް މި އިންތިހާބުގެ މަޢްލޫމާތުނޭގި.ވޯޓިން އޮންނަގޮތް ނޭގި. އުއްމީދކުރަން ރަނގަޅު މަޢްލޫމާތު ފޯރުވަދޭނެ ކަމަށް ގޮފިތަކުގެ ރަޢީސުންނަށް. ޝުކުރިއްޔާ ތިނިންމުމަށް..

    Comment by Sixsun — Tuesday, August 31, 2010 @ 10:13 am

  5. ދާއިރާ ތަކަށް އިންތިހާބު ވަނީ ކިތައް އަހަރު ދުވަހަށް؟މި ކަން އޮޅުންފިލުވާލަ ދީބަލަ.(ތ.ވިލުފުށި ދާއިރާ)

    Comment by ޝިފާ ހުސެއިން — Tuesday, August 31, 2010 @ 11:08 am

  6. މިހާރަށްވުރެ ރަގަޅަށް ޕާރޓީގެ އިންތިހާބުތަކާއި ރަށުކައުންސިލް އަދި އަތޮޅު ކައުންސިލް ތަކަށް ކުރިމަތިލުން ފަދަ މުހިންމު ކަންތައްތަކުގެ މައުލޫމާތު އަތޮޅުތަކުގައި ދިރިއުޅޭ ޕާރޓީގެ މެމްބަރުންނަށް އެނގުން ވަރަށް މުހިންމު. މިހާރު މިވާގޮތަކީ ވަގުތު ޖެހުމުން ނުވަތަ ޖެހެން ކުޑަވަގުތުކޮޅަކަށް ވާން ކައިރިވެފައި ވަނިކޮށް އަޅުގަނޑުމެންނަށް އެނގެނީ މިހެންވުމުން އޮންނަ ވަގުތަށް ހުށައަޅަން ޖެހޭ މައުލޫމާތުތައް ހުށައެޅުމުގައި ތަފާތު ދަތިތަކެއް ކުރުމަތިވަމުންދެއެވެ. އަދި ހުރިހާ މީހުންނަކީ އިންޓަރނެޓްގައި ހުންނަ މަޢުލޫމާތު ލިބޭނެ ފަރާތްތަކެއްކަން ބެލުމުގެ ބަދަލުގައި މިހާރަށްވުރެ ކޯޑިނޭޓަރުންގެ ދައުރު މުހިންމު އަދި ޒިންމާ ދާރުވާންޖެހޭ

    Comment by nimal — Tuesday, August 31, 2010 @ 12:34 pm

  7. ދާއިރާ އިންތިހާބާއި ކައުންސިލް އިންތިހާބު ކަންތައްތައް މިއަށްވުރެ ފުރިހަމަ ކުރަން އެބަޖެހޭ، މިހެން މިބުނީ ދާއިރާތަކުގައި އުޅޭގިނަމީހުންނަކަށް ނޭނގޭ އިންޓަރނެޓްގައި އިއުލާނެއްކޮށްފަ އޮތަކަސް، ވީމާ އަތޮޅުތަކުގައްޔާއި ދާއިރާތަކުގައި އިއުލާނު ކުރުން ވަރައް މުހިއްމު، ފޯމު ދޫކުރުމާއި ބަލައިގަތުންވެސް ރަށްރށުން ހަމަޖެއްސުން މުހިއްމު……..

    Comment by Mohamed — Tuesday, August 31, 2010 @ 1:21 pm

  8. މިހާރު ދާއިރާގެ އިލެކްޝަން 2ވަނަ ފަހަރަށް ލަސްމިކުރީ. މިއިން އެނގެނީ އެމް.ޑީ.ޕީ އެތެރޭގައި ވަރަށް ބޮޑެތި ކޯޅުންތަކާއި، ނުފޫޒުތައް އޮތްކަން. ކަނޑައެޅިގެން ވަކިވައްތަރެއްގެ ސިފަހުރި ބަޔަކު ބުރުގެ އެތެރެއަށްލާން ކުރެވޭ މަސައްކަތެއް، ޑިމޮކްރަޓިކް އުޞޫލުތަކާއި މުޅިން ޚިލާފަށް ކަންތައްތައް ހިގާތަން އެބަފެނޭ..ނުފޫޒުންނާއި، ދިރޭކަރަޕްޝަންތަކުން އެމް.ޑީ.ޕީ ތާހިރުކުރަން އެބަޖެހޭ..

    Comment by Mohamed Fauzy (Villingili) — Wednesday, September 1, 2010 @ 1:39 pm

  9. ދާއިރާއިންތިހާބު ބޭއްވުމުގެ ކުރިން، ގޮފިތަށް އަލުން އެކުލަވާލައި ޒުވާނުންނަށް ފުރުސަތު ލިބެނެ ގޮތަކަށް ކަންތަށް ރޭވުން ރަނގަޅުވާނެ ކަމަށް ފެނޭ!!!!!

    Comment by Saeed — Sunday, September 5, 2010 @ 6:12 pm

Leave a comment