އެއްފަސްކޮށް އޮތް ނަމަވެސް ދެރަށް ވަކިން ހިންގާނަމަ ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލެއް އުފައްދާ ގޮތަށް ޤާނޫނު އިސްލާޙްކޮށްފި
30 އޯގަސްޓް 2010
އެއްފަސްކޮށް އޮތް ނަމަވެސް ވަކި ދެރަށެއް ކަމުގައިވާނަމަ އެދެރަށުގައި ކައުންސިލް ޤާއިމްކުރާނީ ވަކިން ކަމަށް ކަނޑައަޅައި އެ ޤާނޫނު އިޞްލާޙްކޮށްފިއެވެ. އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މިގޮތަށް އަމަލުކުރަންޖެހެނީ ކުރިމަތިވެދާނެ އިޖްތިމާޢީ މައްސަލަތަކަށްޓަކައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙުގެނައުމުގެ ބިލް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ހިމެނޭ، މީހުންދިރިއުޅޭ ކޮންމެ ރަށެއް ހިންގުމަށްޓަކައި ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް އުފައްދަން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަދި މިޤާނޫނުގެ 21 ވަނަ މާއްދާގައި ” ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިޤާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ޤާއިމުކުރެވިފައިނުވާ ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަަކައި މިޤާނޫނުގެ ދަށުން އިންތިހާބުކުރާ ރަށު ކައުންސިލަކުން” ކަން ބަޔާންކޮށްފައި ވާއިރު މިދެ މާއްދާ 136 ވަނަ މާއްދާއާއި ތަޢާރުޟުވާކަމަށް ފެންނާތީ އެވެ.










އިޖްތިމާޢީ މައްސަލަ ތަކަށްޓަކައި އެއްރަށެއްގައި 2 ނުވަތަ 3 އަވަށް އިދާރީގޮތުން މިހާރުވެސް ހިނގަމުންދާ ރަށްރަށް ހުރުމާއިއެކު އެރަށްރަށުގައި ކޮންމެ އަވަށަކަށް ވަކި ކައުންސިލެއް އޮންނަންވާނެ. މިގޮތުން ލ. އަތޮޅު އިސްދޫކަލައިދޫ އަކީ ދެއިދާރީ ހިންގުމެއްގެ ގޮތުގައި 2 އަވަށް ވަކީން ހިނގަމުން އަންނަ ރަށެއް. ލ.ގަމަކީ ތިން އިދާރީ ހިންގުމެއްގެ ގޮތުގައި 3 އަވަށް ވަކީން ހިނގަމުންއަންނަ ރަށެއް. ނ. އަތޮޅު ކެނދިކުޅުދޫ އަކީ ދެ އިދާރީ ހިންގުމެއްގެ ގޮތުގައި 2 އަވަށް ވަކީން ހިންގަމުންއަންނަ ރަށެއް. މރަށްރަށުގައި ދިރިއުޅޭ އަވަށްތަކުގެ މީހުންނަށްވެސް އެމީހުން ބޭނުންވާގޮތަށް ކޮންމެ އަވަށަކަށް ވަކި ކައުންސިލެއް އޮންނަންވާނެ. ފުވައްމުލަކާއި އައްޑު އަތޮޅުވީމާ ވަކިގޮތެއް ހެއްދެވުމަކީ ވަރަށް ބޭއިންޞާފުކަމެއް.
Comment by Makana Kalo — Tuesday, August 31, 2010 @ 11:33 am