Maldivian Democratic Party » މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށާއި، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފި
mdp_banner

Sunday, August 29, 2010

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށާއި، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފި

29 އޯގަސްތް 2010

14

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދެވެ. ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދު މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. މިއީ ފުލްޓައިމް މަގާމެކެވެ. މީގެއިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، މަތިއުތުރު ޕްރޮވިންސްގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ސީޓުމާގޭ އާދަމް ސަޢީދެވެ.

8 Comments »

  1. މިސަރުކާރަކީ ކިޔަވާފައި ތިބިމިހުންނަށް އިސްކަންދޭ އޯގާތެރި ސަރުކާރެއް ޑިއާރުޕީން އެއްލާލިޔަސް މިސަރުކާރުން ވަޒީފާދޭނެ. ދެންވެސް ހިތްތިރިކަމާއެކު މަސަތްކަތްކުރުމަށް މުހުސިނު އަށް ގޮވާލަން ސާބަހޭ ރައިސްނަސީދު

    Comment by ahmed — Monday, August 30, 2010 @ 2:16 am

  2. މިހާރުމުސިންނަވެސް ވިސްނޭނެ

    Comment by maree — Monday, August 30, 2010 @ 3:14 am

  3. ދެން ހަމަތާކުންފެންނަހާ މީހަކަށް ނައިބުކަންދީފަ ކުޅުދުއްފުއްޓައްގެނައީމަ އަބަދު އުޅެނީ އިންޑިއާގަ ނޫނީ އަމިއްލަރަށުގަ އަބިދަރިން ގާތު ދުވަހަކު ކަންކަމެއް ނުވޭ

    Comment by shukoor — Monday, August 30, 2010 @ 10:25 am

  4. ތިޔަ ކުޅުދުއްފުށީ ގައިހުރި ޕްރޮވިންސް އޮފީސް މިލަންދުއައް ބަދަލު ކުރުމަށް ދިއްދޫމީހުން ތާއީދު ކުރަން.

    Comment by ދިވެހި — Monday, August 30, 2010 @ 12:19 pm

  5. ޝުކޫރުގެ ވާހަކައަށް ވަރަށް ތާއިދު. ގދ. އަތޮޅުގެ ސްޓޭޓް މިނިސްޓަރ އުމަރު ޖަމާލުވެސް އަބަދު އުޅެނީ ލަންކަގައި. މަހަކު 5 ދުވަހުވެސް ރަށަކު މަޑެއްނުކުރެވޭ. އެކަމަކު ބަރާބަރަށް މުސާރަ ނަގާ އެއީވެސް ޑޮލަރުން ހަދާފަ ލަންކާގައި އޮންނަ އޭނަގެ އެކައުންޓަށް ޖަމާކުރެވޭގޮތަށް. މިރަމަޟާން މަހުވެސް ދެވަނަ ދުވަހު ލަންކާއަށް ދިޔަގޮތަކަށް އަދި ނާދޭ. މިއީ ކޮރަޕްޝަން ނޫންތޯ؟ އޭނަގެ ސަބަބުން ރަށަށް ލިބޭ ފައިދާއެއްނެތް. މިކަމަށް ފިޔަވަޅު އެޅުމަށް ރައިސަށް ގޮވާލަން.

    Comment by ibbe — Monday, August 30, 2010 @ 1:39 pm

  6. މިސަރުކާރުގައެއްނެތް ކިޔަވައިގެންތބި ބައެއް. ނުކިޔަވާތިބި ވަކަރުގޭ ކުދިންލައްވާ ވެރިކަން ކުރުވަންއުޅެއުޅެ ނުކުރެވިގެން އެންމެފަހުން ކުރީސަރުކާރުގަތިބި މީހުންތިގެންނަނީ. ހަމަ ގޮތްހުސްވީ. ދެންވެސް ހެޔޮވެރިކަމެއްކުރެވޭތޯ ބަލާބަލަ؟ ނޫނީ ބެރުކުރަންޖެހިދާނެ.

    Comment by nishaamaa — Monday, August 30, 2010 @ 1:53 pm

  7. އަންނިއަށް ވޯޓްދިންމީހުން މިތިބީ ދުވަހަކުވެސް އިރާދަކުރެއްވީއްޔާ ދެނެއްނާދެވޭނެ ޑީއާރުޕީ އަކަށް ….ދެން ލަލަލާ ދެން ލަލަލާ ދެން ލަލަލާ

    Comment by sangu bengaloor — Tuesday, August 31, 2010 @ 1:46 am

  8. އެމްޑީ ޕީގަ ކިޔަވައިގެންތިބި ކުދިން ބައިވަރު،ކުޅުދުއްފުށީގަވެސް ބައިވަރު،އެކަމަކު ޕާޓިގެ އިސްމީހުންނައް މިފެންނަނީ ވަކިބައެއް މަގާމްތައް ދޭންވީމަ، ނިކަން ރަގަޅައް ކުޅުދުއްފުށީގަ ވަޒީފާގަތިބި ހިންގޭ ޕާޓީގެ ގިނަދުވަސްވީ މީހުންނަކީ ކޮބާތޯބަލާފަ އެމީހުންނައް ފުރުސަތުދީބަލަ،ކުޅުދުއްފުށިން ރަގަޅުވަޒީފާއެއްދިނިއްޔާދީފައޮތީ އެމްޑިޕީ ނޫންމީހުންނައް،މިސާލަކަށް އެސްޓީއޯ މެނޭޖަރުކަން ،އެމްޕީއޭގެ މެނޭޖަރުކަން ، މަގުހަދާބައިގެ މެނޭޖަރުކަން،އެއްވެސްކަމެއްނުކޮށް މުސާރަ ބޭނުންކުރޭ

    Comment by shukoor — Tuesday, August 31, 2010 @ 10:16 am

Leave a comment