Maldivian Democratic Party » ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް މުޙަންމަދު ފަހުމީ ޙަސަން، އަދި އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި
mdp_banner

Sunday, August 29, 2010

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް މުޙަންމަދު ފަހުމީ ޙަސަން، އަދި އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި

29 އޯގަސްޓް 2010

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް، މުޙަންމަދު ފަހުމީ ޙަސަން އަދި އެކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެބޭފުޅުން މި ޢައްޔަން ކުރެއްވީ، އެމަގާމުތަކަށް އެބޭފުޅުން ޢައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން އެބޭފުޅުންގެ ނަންފުޅު ފާސްކުރައްވައި، އެކަން ރައީސުލްޖުމްހޫރިއްޔާ އެންގެވުމާ ގުޅިގެންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމަށް މުޙަންމަދު ފަހުމީ ޙަސަން އަދި އެކޮމިޝަންގެ ނައިބު ރައީސް ކަމަށް އަޙްމަދު ޙަސަންދީދީ ހަމަޖެއްސެވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

No Comments »

No comments yet.

Leave a comment