Maldivian Democratic Party » މެންބަރުންގެ ޚިޔާލު: ތޮފި ވެއްޓެނީ!
mdp_banner

Saturday, August 28, 2010

މެންބަރުންގެ ޚިޔާލު: ތޮފި ވެއްޓެނީ!

28 އޯގަސްޓް 2010

ލިޔުނީ: ފުނަމާ

ޤައުމީ އިއްތިހާދު ޕާޓީއަކީ މިސަރުކާރުގެ ރައީސްގެ ނައިބުގެޕާޓީއަށް ވާއިރު މިސަރުކާރު ހިންގުމުގައި މިޕާޓީއަށް އެންމެ ބޮޑަށް އެއްބާރުލުންދީ މަސައްކަތް ކުރުމަށް އެއްބަސްވެ ނުކުތް ޕާޓީއެވެ. ރައީސް ނަޝީދު އާއިއެކު ރަނިންމޭޓެއްގެ ގޮތުގައި އެޕާޓީގެ ރައީސް ޑރ ވަޙީދުވަނީ ނުކުމެ ވަޑައިގެން ރާއްޖޭގައި މިހާތަނަށް ބޭއްވުނު މަލްޓިޕާޓީ އިލެކްޝަންގައި ރައީސްގެ ނައިބުގެ މަޤާމްއަށް އިންތިޚާބުވެ ވަޑައި ގެންފައެވެ.
ޤައުމީ އިއްތިޙާދާއި އެމްޑީޕީއާއި ދެމެދު އެންމެ ފުރަތަމަ ހިންހަމަ ނުޖެހުންތަކެއް އުޅޭކަން އެނގިގެން ދިޔައީ ވީޓީވީގެ “ހޫނުގޮނޑީގެ” ޕްރޮގްރާމްގައި ޑރ ވަހީދު ވިދާޅުވި އެއްޗަކާއި ގުޅިގެންނެވެ. ވިސްނާލަން ޖެހޭކަމަކީ އެވަޤުތަކީ އެމްޑިޕީއަށް އެންމެ ފުރަތަމަ ފާޅުކަން ބޮޑުގޮތެއްގައި އިދިކޮޅު ޕާޓީތަކުން ޕްރެޝަރކޮށް އެންމެ ބޮޑަށް އެމްޑީޕީއަށް މިޕާޓީގެ އިޚްލާސްތެރި އެކުވެރީންގެ އެއްބާރުލުން ބޭނުންވި ވަޤުތެވެ. ނަމަވެސް ސިޔާސީ ކޮންމެވެސް ޕްރެޝަރެއްގައި ހުންނަވައިގެން ނޫންކަމެއްވެސް ނޭނގެއެވެ. ޑރ ވަހީދުވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވީޓީވީ މެދުވެރިކޮށް ސަރުކާރަށް ފާޑުވިދާޅުވެ އަދި އެކަމަކީ އެމަނިކުފާނު ޒިންމާދާރުކަން ކުޑަގޮތަކަށް ކުރެއްވި ކަމެއްކަމުގައިވެސް ހަމައެޕްރޮގްރާމްގައި ވިދާޅުވެފައެވެ.
އިއްތިހާދުގެ އެހެން ހުރިހައި ބައިވެރީންނާއި ޚިލާފަށް ޤައުމީ އިއްތިހާދަކީ މިފަދަ ކަމެއް ކުރުމުން އެމްޑީޕީއަށް އެންމެ ސިހުން ލިބިގެންދާނެ ޕާޓީކަމާމެދު ޝައްކެއްވެސް ނޫފެދެއެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަމުގެ މިދައުރު ނުނިމެނީސް ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމުގެ ގޮނޑި ހުސްވެއްޖެނަމަ އެގޮނޑީގައި ޤާނޫނީ ގޮތުން އިށީނދެވަޑައި ގަންނަވާން ޖެހޭނީ ޑރ ވަހީދުކަމަށްވާތީއެވެ. ހަމައެއާއެކު ވެރިކަމުގެ ދަހިވެތި ކަމުގައި ކޮންމެ ބަޔަކު ތެޅިފޮޅި މިސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިނަމަވެސް ޤައުމީ އިއްތިހާދުންވެސް މިކަން އެޖެންޑާކޮށް ސަރުކާރާ އިދިކޮޅު ފަރާތްތަކާ އަތާއަތް ގުޅުވާލަފާނެކަމާމެދު އެމްޑިޕީއިން ވިސްނާފަކާނެތެވެ. ޑރ ވަހީދުއާއިމެދު ރައީސް ނަޝީދު ކުރައްވާ އިތުބާރާއެކު އެފަރާތުން މިސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތި ކުރުމުން އެމްޑިޕީގެ މެންބަރުންނަށް ވަރުގަދަ ސިހުމެއް ވެރިވެގެން ދިޔައެވެ. އަދި ހަމަ އެއާއެކު ހިލާލީގޭގައި އިދިކޮޅު ފަރާތްތަކާއެކު ޑރ ވަހީދު ބޭއްވެވި ސިއްރު ބައްދަލުވުމާ މިފަދަ އެތައްކަމެއް އެވަޤުތު ހާމަވެގެން ދިޔައެވެ. މިކަމުގައިވެސް ރައީސް ނަޝީދު ވަކާލާތު ކުރެއްވީ ޑރ ވަހީދުއާއި އެއްކޮޅަށް ކަމުގައިވުމީ ރައީސް ނަޝީދާއި ނާއިބްރައީސްއާއި ދެމެދު އޮތް އިތުބާރު އިތުރަށް ހާމަވެގެން ދިޔަކަމެއް ކަމުގައި ވެގެންދިޔައެވެ.
އެމްޑިޕީގެ އެންމެ މަތީ ފަންތީން ފެށިގެން ޤައުމީ އިއްތިހާދާއި މެދު ހިންހަމަ ނުޖެހި އެޕާޓީއާއި އެކު ވެވިފައިވާ ހުރިހާ އެއްބަސްވުމެއް އުވާލާން ގޮވާލައި ޚުދު ރައީސް ނަޝީދުއަށްވެސް މިކަމުގައި އިލްތިމާސް ދަންނަވަމުން ގެންދިޔައެވެ. ޤައުމީ ކައުންސިލުން މިގޮތައް މިކަން ކުރުމަށް ޤަރާރެއްވެސް ފާސްކުރިއެވެ.
މިހިސާބުން އޭރުގެ އިކޮނޮމިކް މިނިސްޓަރގެ މަޤާމުގައި ހުންނެވި ޤައުމީ އިއްތިހާދުގެ މެންބަރު ރަޝީދު އިސްތުއުފާ ދެއްވީ ސީދަ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީންކަމުގައި ވިދާޅުވެއެވެ. އެހަންނަމަވެސް އެކަމާމެދު އެމަނިކުފާނުން ހިއްޕުޅު ހެޔޮކަމުގަޔާއި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި ބައެއްފަހަރު އެގޮތައް ކަންހިގާނެ ކަމުގައި ޤަބޫލުކުރައްވާ އަދި އެމަނިކުފާނުންނާއި ރައީސް ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމުގައި ވިދާޅުވެ ސިޔާސީގޮތުން އެމަނިކުފާނަކީ ތަސައްރަފުފުދޭ ޝަޚްސިއްޔަތެއްކަން ހާމަކުރެއްވިއެވެ. އަދި އެހިސާބުން އެންމެ ބޮޑަށް އަޖާބުވާން ޖެހުނީ ކުއްލިޔަކަށް ޑރ މުސްތަފާ ލުތުފީއާއި އެކު ޤައުމީ އިއްތިހާދުގެ މުހިންމު ތަނބުތަކެއް ލުއްސައިގެން އައިސް އެމްޑީޕީއާއި ގުޅިގެން ދިއުމުންނެވެ. ހަމައެއާއިއެކު ކުރީން ޑީއާރުޕީގައި މައުމޫނުގެ އެންމެ ގާތުގައި ބަކަތަޅާން އުޅެއުޅެފައި މައުމޫނު ވެއްޓެމުންދާތަން ފެނުމުން އިއްޒަތާ ޖާހަށް ފެންބޮވައިފައިހުރި ވަރުން ޤައުމީ އިއްތިހާދާ ގުޅުނު ތައުފީގު ނުވަތަ “ޓޯޕީ” އެޕާޓިގެ ސެކްރެޓަރީ ޖެނެރަލް ގެމަޤާމުގައި ހުރެގެން ފާޅުގައި މިސަރުކާރަށް އެތިވަރު ގޮވައި ދެޕާޓީމެދުގައި ޖެހުނު މައްސަލަ އިތުރަށް ހޫނުކުރާން ފެށިއެވެ. މީޑީޔާގެ ބައެއް ޕަރޮގްރާމްތަކުގައި ބައިވެރިވެ ތައުފީގު ކުރަމުން ގެންދިޔަ މަސައްކަތުން މީނާއަކީ ޑީއާރުޕީ ވަންތަކަން އަދިވެސް ފިސާރި ރަނގަޅަށް މައިކަށިގައި ލައިގެން ޤައުމީ އިއްތިހާދުގެ ތޮފިއަޅައިގެން އުޅޭ މީހެއްކަން ގިނަބަޔަކަށް ޤަބޫލު ކުރެވުނެވެ. ސިޔާސީގޮތުން މިހާތަނަށް މާބޮޑު ކާމިޔާބެއް އަމުދުން ލިބިފައިނުވާ ޓޯޕީއަކީ ޑިއާރުޕީގެ ސިއްރު ޖާސޫސެއްގެ ގޮތުގައި ޤައުމީ އިއްތިހާދުގައި ވަކިހިއްޕައިގެން އޮވެ އެމްޑިޕީއާއި ޤައުމީ އިއްތިހާދާ ދެމެދު އޮތް ގުޅުންތައް ކައިހުސްކުރާ ” ކަތުރު ފަންޏެއްގެ” ގޮތުގައި މިދެޕާޓީގެ ގިނަބަޔަކު ތުހުމަތު ކުރެއެވެ. އަދި މިފަހަކަށް އައިސް ޑިއާރުޕީއާއި އެޕާޓީން “ވެރިކަންވައްޓާލަން” އިއްތިހާދުވެގެން އެއުޅޭ ރޮނގާލިތަކާ އެކުވެގެން އެތޮފި ގަނޑުވެސް އަޅައިގެން އުޅޭ ކަމުގައި ބުނާތީވެ އަޑުއިވެއެވެ. ކޮންމެއަކަސް ” ގިތެޔޮ އެޅި ގުޅިޔަކުން ވަހެއް ނުފިލާނެޔޭ ” ބުނާ ބީދައިން އެނުލަފާ މައުމޫނުގެ މިކަހަލަ މުނާފިގު ދެފުށްކެހެރީން މިޤައުމުގައި ފިސާރި ގިނައިން މިހާރުވެސް އެބަތިއްބެވެ. އަދި ހުރިހާ ސިޔާސީ ޕާޓިތަކެއްގެ ތެރޭގައިވެސް މިކަހަލަ ކަތުރުފަނި އުޅޭކަން ޤަބޫލު ކުރާން ޖެހެއެވެ. އެހެންނަމަވެސް “ޓޯޕީ” އަޅައިގެން އުޅުނު ތޮފިވެއްޓި މިހާރު އެދަނީ ފިސާރި ރަނގަޅަށް ބޭޒާރު ވަމުންނެވެ. އާނ އެހެންޏާ ޓޯޕީމެން ވަޒީރުންނަށް ރުހުންދޭއިރު ތިމަންނާމެންގެ ޕާޓީއަށް ދީފަހުރި ގޮނޑިތައް އަތުލިކަން ހަނދާން ބަހައްޓާށޭ ބުނާއިރު މަޖިލީހުގެ ކިތައް ގޮނޑި ސަރުކާރަށް ހޯދައިދެވުނުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މާތާހިރުވާނެއެވެ.

10 Comments »

  1. މިކަމަށް އެއް ވެސް ބަހެއް ބުނާކަށް ބޭނުމެއްނޫން އެންމެންނަށް ވެސްއެގޭ އެއީފިލިވަހީދު އެޕާޓީގެ މީހުންގެ ފަރާތުން ކުރަނީ އުނދަގޫ ފިލި ފިލި ފިލި ވަހީދު ސުތުލިސުޓެލްކޯ

    Comment by shtuli — Saturday, August 28, 2010 @ 5:18 pm

  2. މެމްޑީ ޕީ ނޫންއެހެން ޕާޓީތަކުގެ ވެރިން އޮފީސްތަކުގައި ބުޑުންނަށްތިބެގެން ރަތްޔަތުމީހާއަށް ޖެއްސުން ކުރަމުންގެންދެއެވެ. މިފަދަޖެންސުންކުރަނީ ސަރުކާރުގެ /އެމްޑީޕީސަރުކާރުގެ އަގު ރައްޔަތު މީހާކާރީގައި ވައްޓާލުމަށެވެ

    Comment by Ali — Saturday, August 28, 2010 @ 6:51 pm

  3. މިސަރުކާރަ ތާއީދުކުރާއެއްވެސް މީހަކުރައްޔިތުމީހާޔައުދަގޫނުކުރާނެ

    Comment by asfaree — Saturday, August 28, 2010 @ 10:14 pm

  4. އަނެއްކާމާފޯރިއެ އަރާގެން އޮފީތަކުގާއުޅެއެމްޑީޕީ މެންބަރުންނާ އިންޒާރުދީކަނޑާއެބަހަދާ/އެއާޕޯޓް /ކަސްޓަމް/ސުޓެލްކޯ/އެމްޕީއޭ/މިކަމައް އެމްޑީޕީގެއިސްވެރިންނާ ރައިސްނަސީދުއަދަންނަވަން /މިތަންތަނުގެވެރިން ސައިޒަތިރިކުރުމަ…..އެއާޕޯޓްމުވަޒިފެ އް

    Comment by lateef — Sunday, August 29, 2010 @ 3:28 am

  5. ޑރ. ވަހީދަކީ ވަރަށް ހިތަވަރުގަދަ މީހެއް. އިންސާނުންނަށް ކެތްކުރެވޭނީ ވަކިވަރަކަށް. ވަޒީރުން އިސްތިއުފާދިންއިރު މަކަރުވެރި ރޭވުމެއްގެ ދަށުން ވަހީދުލައްވާ އިސްތިއުފާދޭން މަސައްކަތްކުރީ އެމް ޑީ ޕީގެ މީހުން. އެހެންވީމާ ވަހީދު އެކަންކުރަނީ ހަމަރަގަޅަށް.

    Comment by nulafaakan — Sunday, August 29, 2010 @ 11:44 am

  6. އަނެއްކާމާފޯރިއެ އަރާގެން އޮފީތަކުގާއުޅެއެމްޑީޕީ މެންބަރުންނާ އިންޒާރުދީކަނޑާއެބަހަދާ/އެއާޕޯޓް /ކަސްޓަމް/ސުޓެލްކޯ/އެމްޕީއޭ/މިކަމައް އެމްޑީޕީގެއިސްވެރިންނާ ރައިސްނަސީދުއަދަންނަވަން /މިތަންތަނުގެވެރިން ސައިޒަތިރިކުރުމަ…..އެއާޕޯޓްމުވަޒިފެއް………މިލިއުމަ އެހަރެންވެތާއީދުކުރަން މިކަމަޕާޓީންއަދި ރައިސް ވިސްނާނެކަންޔަގީން

    Comment by sangu bengaloor — Sunday, August 29, 2010 @ 6:58 pm

  7. އޮފީސްތަކުގާ އުޅޭ ސަރުކާރައް ޖެއްސުންކުރާ މީހުން ބެލުމައްފަހު ފިޔަވަޅު އެޅުމައް ގޮވާލަން

    Comment by ahmed — Monday, August 30, 2010 @ 2:25 am

  8. ލަތީފު ތިކޮމެންޓަށް އަހަރެން ތާއީދު މިކަލަމީހުން ބެލުމަށް މަސަރުކާރަށް ގޮވާލަން

    Comment by ahmed — Monday, August 30, 2010 @ 2:27 am

  9. އަނެއްކާމާފޯރިއެ އަރާގެން އޮފީތަކުގާއުޅެއެމްޑީޕީ މެންބަރުންނާ އިންޒާރުދީކަނޑާއެބަހަދާ/އެއާޕޯޓް /ކަސްޓަމް/ސުޓެލްކޯ/އެމްޕީއޭ/މިކަމައް އެމްޑީޕީގެއިސްވެރިންނާ ރައިސްނަސީދުއަދަންނަވަން /މިތަންތަނުގެވެރިން ސައިޒަތިރިކުރުމަ…

    Comment by mohamed adham — Monday, August 30, 2010 @ 3:18 am

  10. މިކަމަތާއީދުކުރަން/////////////؛؛؛؛؛؛؛؛؛؛؛އަނެއްކާމާފޯރިއެ އަރާގެން އޮފީތަކުގާއުޅެއެމްޑީޕީ މެންބަރުންނާ އިންޒާރުދީކަނޑާއެބަހަދާ/އެއާޕޯޓް /ކަސްޓަމް/ސުޓެލްކޯ/އެމްޕީއޭ/މިކަމައް އެމްޑީޕީގެއިސްވެރިންނާ ރައިސްނަސީދުއަދަންނަވަން /މިތަންތަނުގެވެރިން ސައިޒަތިރިކުރުމަ…

    Comment by afuraah — Monday, August 30, 2010 @ 3:21 am

Leave a comment