މެންބަރުންގެ ޚިޔާލު: މުޤައްރިރުގެ އަމިއްލައެދުން ނެތިފައި ކޮބައިހެއްޔެވެ؟
26 އޯގަސްޓް 2010
ލިޔުނީ: ފުނަމާ
ސްޕްރީމް ކޯޓުގެ ބެންޗު އެކުލަވާލުމުގެ މައްސަލާގައި މައިދެޕާޓީ އެއްގަލަކަށްއަރައި ފިސާރި އެކުވެރިކަމާ މަސްލަޙަތުގައި އެކަން ނިންމާލިގޮތްފެނި ވެރިކަމަށް އައުމަށް ފެންބޮވާފައިވާ ކުދިޕާޓީތަކުގެ ވެރީންނަކަށް މިކަން ހަޖަމުކުރާކަށް ނުކެރުނެވެ. ކުރިޔައްއޮތްތަނުގައި ބޮޑުދެޕާޓީން ޤައުމުގެ މަސްލަޙަތަށް ރިޢާޔަތް ކޮށްގެން އެކުވެރިކަމާއެކު ކަންކަން ނިންމަމުން ގެންދާން ފަށައިފިނަމަ ތިމާމެންގެ ދުވަސްގޮސް މައިދެޕާޓީން އިތުރު ކާމިޔާބުތަކެއް ހޯދަފާނެކަން ޔަޤީންވުމަކީ ސިޔާސީ ލީޑަރުންނޭ މިކިޔާ މީހުންގެ ތެރެއިން އަމުދުން ލިޔާންކިޔާން ނޭނގޭ އެކަމަކު ތިމާޔަކީ ދުނިޔޭގައިހުރި އެންމެ ފައިސާގެ ގޮތުން ބޭނުންކަމެއް ކުރެވޭނެ މީހާ ކަމުގައިދެކޭ މީހަކަށް އެއްގޮތަކަށްވެސް ރުހެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން މިކަހަލަ މިހުންގެ ބާރުގައި މަޖްލިސް އަނެއްކާވެސް މިފެންނަމުންދަނީ އެބުނާކަހަލަ މަސްމާރުކޭޓަކަށް ބަދަލުކޮށްލާން އުޅޭތަނެވެ. ސްޕްރީމް ކޯޓުގެ މައްސަލާގައި ރީތިމިސާލެއް ދެއްކުމުން އުންމީދު އާވެގެންދިޔަ ރައްޔިތުންގެ ހިއްތަކަށް އަނެއްކާވެސް ނުތަނަވަސްކަމާ ބިރުވެރިކަން ވަންނާން ފެށީއެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި ޚާއްސަކޮށް މައިދެޕާޓީގެ މެދުގައި ވާހަކަތައް ދެކެވެމުންދާތީވެ މަޑުޖައްސާލެވިފައިއޮތް މާލިއްޔަތުގެ ޤާނޫނު އަނެއްކާ ކުއްލިޔަކަށް މަޖިލިހުގެ ތަޅުމަށް ގެނެސް އަރާރުން ގަނޑަކަށް ބަދަލު ކޮށްލައިފިއެވެ. ހަމައެއާ އެކު އިއްތިހާދުވެގެން ބައެއްމީހުން އެއަރޕޯޓު މައްސަލަ ބުރެކިޖައްސާލަން އެމީހުންގެ ދަޢުވަތުގައިތިބި ގޮނޑި ކޮއްކޮމެންގެ ގާތަށް ދަނީޔޯލައެވެ. ރައްޔިތުންނަށް ހިންހަމަ ޖެހިލައިގެން އުޅެލެވިދާނެ ކަމުގެ ކުޑަކުޑަ އުންމީދަކާއެކު ދިމާހަލާކުގެ ތެރެއަށް ޤައުމު ވައްޓާލުމަށް އަނެއްކާވެސް ގޮތްދޫނުކޮށް އަރުވާޖަހާ ކަމަރުބަނީހެން ހީވާން ފަށައިފިއެވެ.
“ބަލަގަ ހުންނަ ލަދުހަޔާތްކުޑަކަން ދެކިބަލާށޭ ” ބަލަގަ ޖަލަށޭ ގަޅާލީ ” ފަދަ ހަޑިހުތުރު ބަހުރުވައިން ވާހަކަދެއްކުމާއި، ކަލަގޮވުމަށް މަޝްހޫރު އަދި ރާއްޖޭގެ ބޮޑުމަހުޖަނު ކޮމެޓީގެ މުޤައްރިރަކަށް ވެޑުވިއެއިންނަނީ ހަމަ އަމިއްލައެދުމުގެ ކަންފުޅެއްވެސް ނެތީމަދޯއެވެ. މުޤައްރިރު ކަމުގައިވެސް އެންމެ ކުޑަމިނުން އެކޮމެޓީން ނެރޭ ރިޕޯޓެއްވެސް ތަންކޮޅެއް ފަސޭހަކޮށް ދޭހަވާގޮތަކަށް ކިޔާލަންއެނގޭ ފެންވަރުގެ މީހަކު ބައިންދާފައި ފައިބަން ނުކެރިގެން އެއުޅެނީ ހަމަ އަމިއްލަ އެދުމެއް އަމުދުން ނެތީމަދޯއެވެ. މާދަމާވެސް ޓެކްސް ނަގާންފަށައިފިނަމަ އެންމެ ގިނަ ފައިސާ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މަހުޖަނުކަލޭގެ ” ބަޅުރުއްދޮށުގައި ގެއަޅައިގެން” އެކޮމެޓީގައި އެއިންނަނީ މިއީކިހާވަރެއްގެ ހަމަޖެހޭ ކަމެއް ހެއްޔެވެ؟
ދައުލަތަށް އާމްދަނީ ހޯދުމަށް ބޭނުންވާ ޓެކްސްބިލްތައް އަނެއްކާވެސް ފަހަތަށް އެއްލާލައި ތިމާމެންގެ އަމިއްލަ މަސްލަޙަތުތައް ޙިމާޔަތް ކުރުމަށާއި ސަރުކާރަށް ވީހާދަތިކޮށް ފިއްތައި ސަރުކާރު ވައްޓާލުމަށް އަބަދުވެސް ކުރަމުންގެންދާ މަސައްކަތް އަނެއްކާވެސް މިވަނީ ކުރިޔަށް ނެރެފައެވެ. މިކަމުގައި ބެލެވޭގޮތުން “ޓޮމް އާއިޖެރީ ” އެއްބައިވެ ޑީއާރުޕީގެ ތެރެއަށްވެސް އަނެއްކާ ފަނިވައްދައި އިތުރު ހަލާކާއި ގެއްލުން ހޯދޭނެ މަގުތައް އެދަނީ ކޮށަމުންނެވެ.
ޤައުމުގައިހުރި އެންމެ މުއްސަނދި މީހާއަށްވީ ކިހިނަކުންކަން ، ހޯދައިގަނެގެން އެއުޅޭ މުއްސަނދި ކަމުގެ ހިޔަނީގައި ނިވާކޮށްގެން އުޅޭނީ ކިހާވަރެއްގެ ޚިޔާނާތްތަކަކާއި ހަޑިމުޑުދާރު ކަންތައްތަކެއްކަން ނޭނގޭ އެންމެ ދިވެއްސަކުވެސް ނޫޅެއެވެ. އެކަމަކު ސިއްދީޤުލް އަކްބަރަކީ ތިމަންނާއޭ ބުނެ ރައްޔިތުންގެ މެދުގައި ބޮޑުބުނެފައި އެކަހެރިވެއޮންނަނީ އަބޫޖަހުލުގެ ސިކުނޑީގެ މަތީފަށަލައިގައި ދޫލާންކަމުގައިވާނަމަ މީހާގެ ނިޔަތާއި ޢަމަލާ ދިމާވާނީ ކިހާވަރަކަށްކަން އެންމެންނަށްވެސް އެނގޭނެއެވެ. އިއްޔެ އެހައްދުވަހު ކުޑަހުވަދޫ ފަސްމަތީގައި މީހުންއެއްކޮށްގެންހުރެ ކަރުނައަޅައި ރޮއެފައި ” ހެޔޮނުވާނެޔޭ މައުމޫނު ނުހޮވައްޗޭ އޭނާ ހޮވައިފިއްޔާ އޭނަޔާ ޔާމީނާ ވެގެން ތިމަންނާ އަވަދި ކޮށްލާނެޔޭ އެވަރުގެ ދޮގުވެރި މަކަރުވެރި ނުލަފާބަޔަކު ނުތިބޭނެޔޭ” ގޮވަގޮވާފައި މިއަދުއަރާ ” މައުމޫނުވަރުގެ މާތް އޯގާތެރި ތެދުވެރި އެހެންމީހަކު ނުހުންނާނެޔޭ ” ގޮވަމުން އެބުނާ ޔާމީނަކާ ހަސްގަނެގެން ދައްކާލި ” ރޯސްއެއްގެ ވަހުން” ހިތައްވީގޮތަކުން އަތުންވީއްލާން ނޭނގިގެން ދުވާތަން ފެނުމުން ” މުނާފިގުކަމަކީ ” ކޮބައިބާވަޔޭ ވެސް ހިތައްއަރައެވެ.
މިފަދަ ދެދުވަހު އެއްގޮތުގައި އުޅެންނޭނގޭ ޚާއިނުންނަކީ ކޮންމެ ޤައުމެއްގައިވެސް އުޅޭ ބަޔެކެވެ. އެހެނަސް މިހާދަށުދަރަޖައިގައި މިފަންތީގައި ހިމެނިގެން އުޅޭމީހުންނަކީ ހިންދީ ފިލްމުތަކުން ނޫނިއްޔާ ނުފެންނަ ބަޔެކެވެ. ވާނީވެސް އެހެންތާއެވެ. އެއްކަލަ ” ސުޝްމިތާސެން” ގާތުވެސް ފެންފުޅި ހިފައިގެން މިއައީ ކީއްކުރަން ކަންވެސް ބުނެދޭކަށް ނޭނގުނިއްޔާއެވެ. އިނގިރޭސި ސްޕީޗެއް ކޮލެޖު ކުއްޖަކުލައްވާ ތާނައިން ލިޔުއްވައިގެން އަރާ ނަސަންދުރައިގައި އެންމެހާ ދިވެހީން ބޭރުބަޔެއްގެ ކުރިމަތީގައި ބޮލާފޮށާއެޅުވުނު އިރުވެސް ނޭނގުނު މީހަކަށް އިތުރަށް އެނގޭނީ ކޮންކަމެއްހެއްޔެވެ؟ އަމިއްލައެދުމެއް ތިމާގެ ނެތޭ ބުނާއިރު އަމަލާ ބަހާ ދިމާވަނީ ކިހާވަރަކަށްކަން ދިވެހީންނަށް އެބައެނގެއެވެ. ރައީސްކަމަށް ކުރިމަތިލީމައި ތިންވަނައިގެ ތެރޭވެސް ލައްވާނުލީ މީހާގެ ޚަސީލަތަކީ ކޮބައިކަން ގާތުގައި އުޅޭމީހުންނޫން މީހުންނަށްވެސް އެނގޭތީއެވެ. އަމިއްލަ އެދުމުން ފޯވެފައިހުރި މިންވަރު މީހުންނަށް އެނގޭތީއެވެ. ތިޔަށްވުރެ އަމިއްލައެދުން ބޮޑުވެއްޖެނަމަ ހީވަނީ ޤާރޫނަށް ޖެހުނު ހާލުނުޖެހިވެސް ސަލާމަތް ނުވާނެހެންނެވެ.









އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ހާލަކީވެސްތީ. ތިމާ ހިތްއެދޭ މީހުންއެކަނި ދުނިޔޭގައި އުޅެންވީ. އަނެއްބައިމީހުންވީ ދަންޖައްސަން ނޫނީ ދޫނިދޫއަށް ގެންދަން. ޑިމޮކްރަސީ ދަސްކޮށްބަލަ. ބަލަ ތިމީހުންނަށް ވެރިކަންލިބުނީ ތިބުނާ ނުކިޔަވާކުރި މީހާގެ ފަރާތުންކަން ހަނދާންނެތުނީތޯއެވެ. އެފަކީރުގެ މުޅި މާލު ހޭދަކޮށްލީ ތިމީހުންނަށްޓަކައެވެ. ވަޒީރުކަން ދިންއިރު އެފެންވަރުގެ މީހަކު ކައުނުގައި ނެތެވެ. ވަޒީފާއިން ބޭރުކުރުމުން އެވަރުގެ ޖާހިލަކު މިހާތަނަށް ދުނިޔެއަށް އުފަންނުވެވެ. ކަލޭމެން ކިޔާ އެއްޗަކާ ޢަމަލާ ދިމާނުވޭ. އެހެންތާވާނީ ކަންކަމަށްކުފޫހަމަނުވާ މީޙުން ވެރިކަށް އިސްކުރީމާ ވާނެ ހަތަރެއްޗެއްވެ މިހިރަ ދަނީ. އަދިވެސް ތަނަކުން ކެމެރާއެއް ޖަހާގަނެވޭތޯ ބަލާށެވެ. ފޭރޭ ގައުމުގެ މީޙުންތަމީ. ރައިސް އޮފީހުން ލެޕްޓޮޕް ގެންދިޔަގޮތަށް ހުރިހާ ކަމެއްނުވާނެ. ތިނަދޫ އަހްމަދު
Comment by ahmed abd a — Thursday, August 26, 2010 @ 1:29 pm
ކަލޯމެން ކިޔާނެ ތިހުރިހާވާހަކައެއް ކަލޯމެން ވޯޓްދިނީ މައުމޫނަށް… މިކަމާކަލޯ ނޫޅޭ ސުތުލި.. ސުޓެލްކޯ
Comment by shtuli — Thursday, August 26, 2010 @ 7:34 pm
ތިނަދޫމިހުންވެސް މަށަށް އެގޭ ތިޔައީޔަގީނުންވެސް އެގޭ *** ނޫނީ ކަލޯ އެނގޭގޮތަށް ކޮމެންޓް ކޮއްބަލަ ބަލަ ** މެން ބުނާގޮތަށް ކަންކުރާ ބައެނޫ ން މީކީ …..
Comment by nafee — Friday, August 27, 2010 @ 3:05 am
ދުނިޔޭގައި ވެރިކަމަކީވެސް މިހާރު ގާސިމުދޭ އެއްޗެއްކަމުގައި އަހަންމަދަށް ހީވީދޯއެވެ. ބަލަގަ ވެރިކަމަކީ ﷲ ދެއްވާ ކަމެއްކަން ތިނަދޫ އަހަންމަދަށް ނޭނގުނީތީވެ އަޖާބެއް ނުވެއެވެ. މައުމޫނަށާ ގާސިމަށް އަޅުކަންކުރާ މީހަކަށް އެކަން އޮންނާނީ އޮޅިފައެވެ.
Comment by kanzu — Friday, August 27, 2010 @ 11:27 am
ކަލޭފާނަށް ހަދާލިގޮތް ތިޔަ ބުރުމާއަށް ވެގެންނޫނީ ނުނިމޭނެ. ދިވެހިރާއްޖޭގައި ހުރި އެންމެ ފަޤީރު އަދި ނިކަމެތި މީހާގެ ގޮތުގައި ނޫނީ ބުރުމާ ބިންދައިގެން ނުދާނެކަމަށް **ގެ ފަލަކީ ޢިލްމުން ދައްކާތީ، ކަން ބޮޑުވެގެން ތެޅި ފޮޅެނީ. ބުރުމާކަށި ދަނީ ދުވަހެއް ދުވަހަކަށް ބަލިވަމުން. އަދި ކަށި ބިންދައިގެންދިއުމުން އިތުރަށް ބޭނުން ނުކުރެވޭނެކަމަށް މައުމޫންގެ ފަލަކީ ހިސާބުން ދައްކައި. ޙަޤީޤަތުގައި ބުރުމާ އެއްކޮށް ހަލާކުވާނީ ޔާމީނުގެ ޙަމަލާއަކުން. އެއީ ބުރުމާ އުފެދުމުން އައި ރުޅީގައި ދެވަނަ ބުރުމާއެއް އުފެދުނަ ނުދޭނެކަމަށް ބުނެފައިވާތީ. ހީވާކަހަލަ ތިމަންނަ މިއީ ތިންވަނަ އިލާހް އޭ. ހެ ހެ ހެ ހެ…..
Comment by Anonymous — Friday, August 27, 2010 @ 4:17 pm