Maldivian Democratic Party » އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން
mdp_banner

Monday, August 23, 2010

އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނާނީ އިލެކްޓްރޯނިކްކޮށް ހަމައެކަނި އެސްއެމްއެސް އިން ވޯޓުލެވޭ ގޮތަށެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓިންގ ސްޓޭޝަނެއް ޤާއިމްކޮށް، އެރަށެއްގެ އެމްޑީޕީ މެންބަރުންގެ ވޯޓު އެސްއެމްއެސް ކުރާނޭ ވަކި ޚާއްޞަ ފޯން ނަންބަރެއް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ.

ހަމަމިއާއެކު، އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ދުވަހު އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި (މާލެ ފިޔަވައި) ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާނަމަ، އެމީހަކު ވޯޓުލާން ބޭނުންވާ ފޯން ނަންބަރު މި އޮފީހުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖައްސައި އެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މާލޭގައި ދިރިއުޅުއްވާ އެހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ މީހުން ވޯޓުލުމުގެ ކުރިން ރަޖިސްޓްރީ ކުރާކަށްނުޖެހެނެއެވެ. އަދި އެ މީހުންނަށް އެ މީހުންގެ ދާއިރާގެ ކެނޑިޑޭޓުންނަށް މާލޭގައިތިބެގެން ވޯޓުލެވޭނޭ އިންތިޒާމް އެމްޑީޕީ ހަރުގޭގައި ހަމަޖެހިގެންދާނޭ ކަމަށްވެސް ދަންނަވަމެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ފޯން ނަންބަރު ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ވޯޓިންގ ސްޓޭޝަނެއްގެ ފޯންނަންބަރަކުން ވޯޓު އެސް އެމްއެސް އެއް ނުކުރެވޭނެއެވެ. އަދި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯން ނަންބަރަކީ ކޮންމެހެން އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައިވާ ފޯން ނަންބަރަކަށް ވުން ލާޒިމެއް ނޫނެވެ.

ވީމާ، އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައި މިދަންނަވާ މަޢުލޫމާތު، ފެކްސް ނުވަތަ އީމެއިލްގެ ޒަރިޢާއިން 29 އޯގަސްޓް 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 4.00 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. މެއިލްކުރައްވާނީ: register@mdp.org.mv އަށެވެ. ފެކްސްކުރައްވާނީ 3322960 މިނަންބަރަށެވެ.

1. ފުރިހަމަ ނަން
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު
3. މަންމަގެ ނަން
4. ދާއިމީ އެޑްރެސް
5. މިހާރު ދިރިއުޅޭ އެޑްރެސް
6. އިންތިޚާބީ ދާއިރާ
7. ވޯޓުލާ ފޯން ނަންބަރު
8. އީމެއިލް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960 ވެބްސައިޓް: www.mdp.org.mv
23 އޮގަސްޓް 2010

10 Comments »

  1. މިކަމަތާއީދު

    Comment by kaani — Monday, August 23, 2010 @ 4:25 pm

  2. މީރަގަލު ވާހަކައެއް

    Comment by aslu — Monday, August 23, 2010 @ 4:29 pm

  3. މީރަގަލު ވާހަކައެއް މިކަމަތާއީދު

    Comment by bengaloor Sang — Tuesday, August 24, 2010 @ 2:29 am

  4. ތާއީދެއް ނެށް ދެން މާގަދަމީހުން ވީޔާ ދޯ……………..

    Comment by biox — Tuesday, August 24, 2010 @ 4:47 pm

  5. ފަހަރުގައި މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވޭ!

    Comment by އަރުޝަދު — Thursday, August 26, 2010 @ 1:18 pm

  6. އިންތިހާބު ލަސްވާނަމަ، ރަޖިސްޓްރީ ކުރަންދީފައިވާ މުއްދަތު އިތުރު ކުރަންޖެހޭނެ!

    Comment by Myself — Friday, August 27, 2010 @ 12:33 pm

  7. ބައެއް ނުފޫޒުގަދަ ފަރާތްތަކުން ނުގަވާއިދުން އިންތިޚާބުގައި ބައިވެރިވާން މަސްއްކްތް ކުރައްވަމުން ގެންދަވާއިރު އިލެކްޓްރޯނިކް ވޯޓަށް ނުފޫޒު ފޯރުވުން އެއީ ވަކި ނުވެދާނެ ކަމެއްބާ………..؟ ޕާރޓީއޮފީސް ތެރޭގައިވެސް މަސައްކަތްކުރާ ވަކިބައެއްގެ އެޖެންޓުން މަދެއްނޫން

    Comment by Keeru — Sunday, August 29, 2010 @ 11:11 am

  8. މުއްދަތު އިތުރުކުރުމަކީ ފެންނަ ކަމެއް . ސަބަބަކީ ބައެއް ދާއިރާތަކުގައި އުޅޭބަޔަކަށް އަދި ނޭގެ އިންތިހާބު ބާއްވަން އުޅޭކަމެއް. އަދި ބައެއް ދާއިރާތަކުގައި އެބައުޅޭ އެކަކު އެކަނި މަގާމަކަށް ކުރިމަތި ލައިގެންވެސް .

    Comment by މެންބަރެއް — Sunday, August 29, 2010 @ 9:31 pm

  9. ކޮންމެކަމެއްވެސް އިޚުލާސްތެރި ހެޔޮނިޔަތެއްގައި ކޮށްފިނަމަ ކިތަންމެހާވެސް ރަގަޅުވާނެ ، ދެންއޮތީ އެމްޑީޕީއަކީ އެއްވެސްދުވަހަކު ވަކިމީހަކަށް ބަރޯސާ ވެގެންތިބެ މަގާމުތަކަށް ކުރިމަތި
    ލާފަރާތްތަކަށް ވޯޓުދޭ މެންބަރުން ތިބޭ ޕާޓީއެއް ނޫންކަން އަޅުގަޑު މިޕާޓީއަށް ފަހުންގުޅުނު ހުރިހާފަރާތްތަކަށް ދަންނަވަން ، އަޅުގަޑު ގަބޫލުކުރާހިތްވަނީ މާކުރީ އަޅުގަޑުމެން އާދަކާދައިގެ
    މަތިން ކުރާކަމެއް ކަމުގައި ދެކިގެން މިޒަމާނުގަ ބޭނުންކުރާ ފަސޭހަގޮތްތަށް ދޫކޮށްލާފާ ބޯދާޒަމާނުގެ
    ގޮތަށް ކަންކަން ބަދަލުކުރުމަށް ވިސްނުން ނުގެންގުޅުއްވާނެކަމަށް ،އަބަދުވެސް ވިސްނުންގެން
    ގުޅެންވާނީ ވަރަށްފަސޭހަކޮށް ހަރުދަނާނިޒާމަކަށް ކޮންމެކަމެއްވެސްރޭވޭތޯ ، ވީހާވަރަކުން
    ޚަރަދުކުޑަކޮށް ރަގަޅުނަތީޖާއެއްހޯދުމަށް އަބަދުވެސް ވިސްނުމަށް އިލްތިމާސްކުރަން .
    =އަސްތާ =

    Comment by asthaa — Monday, August 30, 2010 @ 12:28 am

  10. ސާބަހޭ އެމް.ޑީ.ޕީ ގެ ޓެކްނޮލޮޖީ އަށް. ތިގޮތަށް ޕޭޕަރ ފްރީ ވޯޓް ކާމިޔާބު ކަމާއެކީ ނަގާ ފުރަތަމަ ފަރާތަށް ވައްޗޭ. އެމް.ޑީ.ޕީ އަކީ އަބަދުވެސް ޒަމާނީ ޕާރޓީ އެއް. އެމް.ޑީ.ޕީ މެމްބަރުންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެވޭ ފެންވަރަށް ތިޔަ އެސް.އެމް. ވޯޓް ގެންދަވައްޗޭ.

    Comment by ޙަސަންބެ — Monday, August 30, 2010 @ 10:15 am

Leave a comment