އިޢުލާން: އެމްޑީޕީ ދާއިރާ އިންތިޚާބުގެ މުއްދަތު އިތުރުކުރުން
މިޕާޓީގެ ދާއިރާ އިންތިޚާބު ގައި ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމަޔަށް އިތުރު ކޮށްފީމެވެ. އަދި މިފުރުޞަތު އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ، މަޤާމްތަކަށް އެދިލައްވާ ބޭފުޅުން ސިޓީއަކުން އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ހުށަހެޅުއްވުން އެދެމެވެ.
ހ. ދާއިރާގެ ރައީސް
ށ. ދާއިރާގެ ނާއިބްރައީސް
ނ. ސެކްރެޓަރީ
ރ. ސެކްރެޓަރީގެ ނާއިބް
ބ. އިންތިޒާމް ސެކްރެޓަރީ
ދާއިރާ ހިންގާކޮމެޓީތަކުގެ އިންތިޚާބްކުރަންޖެހޭ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
11 އޮގަސްޓް 2010
ޚާދިމްކުމް
ހަސަން ޝާހް
ސެކްރެޓަރީ ޖެނެރަލް










ހަސަން ޝާހް ރައީސްންނާ ވާހަކަދައްކާގެން ކަންތައް ތައް ހިންގުން ރަގަޅު ކުރަންފެނޭ މީހާރަށް ވުރެންވެސް
Comment by sutuli-stelco — Tuesday, August 17, 2010 @ 3:03 am
ރައީސް މިނަންބަދަލުކުރަން ފެނޭ …
Comment by Meenaz Jamyl — Tuesday, August 17, 2010 @ 11:33 am
ދާއިރާގެ ރައީސް ކިޔުން މައްސަލައެއްނެތް
Comment by nazeer — Tuesday, August 17, 2010 @ 2:54 pm
އަބަދުވެސް އެމްޑީޕީގައި މަސައްކަތްތައް ކުރައްވަމުންގެންދަވަނީ ވީހާވެސް ރަގަލުގޮތަކަށް ކަންކަންނިންމުމަށް ކަމަށް ފާހަގަކުރެވޭ. ކޮންމެ ކަމެއްގައިވެސް ޕާޓީގެ ވެރިންނާއި މެދުފަންތީގެ މީހުން އަދި މެމްބަރުންގެ ޚިޔާލުތަކަށް ވިސްނައިގެން ކުރިޔަށް ދިއުމައް މަސައްކަތް ކުރައްވާތީ ޕާޓީއާމެދު ވަރަށް ހިތްހަމަޖެހޭ.
Comment by Yoosuf — Saturday, August 21, 2010 @ 8:49 pm
ހަސަން ޝާހް އަށް ގޮވާލަން މިހާރުން މިހާރަ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިފާދިނުމައް އޭއީ ދާއިރާގެ ރައިސް ކަމައް ކުރިމަތިލާފާވާތީ، މީގެކުރީގާ އައްނި ކުރިމަތި ލާވެގެނެވެސް ޕާޓީގެ ޗެޔާކަމުންވެސް އިސްތިއުފާ ދިން، ހަމަ މިހާރު އިސްތިއުފާ
Comment by Anonymous — Tuesday, August 24, 2010 @ 8:45 pm