Maldivian Democratic Party » ނޫސްބަޔާން: ކުރީގެ ބަންޑާރަނައިބަށް މަރުހަބާ އާއި ޝުކުރު ދެންނެވުން
mdp_banner

Sunday, August 8, 2010

ނޫސްބަޔާން: ކުރީގެ ބަންޑާރަނައިބަށް މަރުހަބާ އާއި ޝުކުރު ދެންނެވުން

8 އޮގަސްޓް 2010

hep-suood-450-x-299

އިންތިޤާލީ މަރުހަލާ ނިމުނު އިރު އުފެދިފައިވާ ޤާނޫނީ ހުސްކަމާ ގުޅިގެން މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާކުރެއްވޭނޭ ފުރުސަތު ނެތް ކަމަށް ވިދާޅުވެ، ދިވެހިދައުލަތުގެ ބަންޑާރަނައިބުކަމުން އިސްތިޢުފާދެއްވި އަލްއުސްތާޛް ހުސްނުއްސުއޫދު އެދެއްކެވި ލާމަސީލު ނަމޫނާއަށްޓަކައި އެމަނިކުފާނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މިޕާޓީން ދެކޭ ގޮތުގައި ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛް ޙުސްނުއްސުޢޫދު އެދެއްކެވީ އަމިއްލަ އެދުންފުޅެއް ނެތްކަމާއި، ޤާނޫނީ ތަރަހައިގެތެރޭގައި އެމަނިކުފާނު މަސައްކަތްކުރައްވާ ކަމުގެ ނުހަނު ރީތި މިސާލެކެވެ. އަދި އެމަނިކުފާނުގެ އެ ނިންމެވުމަކީ މަޤާމުގެ ޒިންމާ ފުރިހަމަޔަށް އަދާ ކުރެއްވޭނޭ ފަދަ ވެއްޓެއް ޤާއިމް ވެފައި ނެތީސް، އަދި މި ދުވަސްވަރަކީ ދިވެހި ދައުލަތުގެ މާލިއްޔާ ބިކަހާލުގައި ޖެހިފައިވާ ދުވަސްވަރަކަށް ވާތީ، މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ ފައިސާ ޚަރަދުކުރައްވައިގެން، މަސްއޫލިއްޔަތު އަދާނުކުރެއްވޭ މަޤާމެއްގައި ހުންނެވުމަށް އެމަނިކުފާނުގެ ޒަމީރު ޤަބޫލުފުޅުނުކުރައްވާތީ ނިންމެވި ނިންމެވުމެއް ކަމަށް މިޕާޓީން ދެކެމެވެ. އަދި އެމަނިކުފާނު އިސްތިއުފާދެއްވި ސަބަބުތަކަށް ބަލާއިރު، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިވަގުތު މިޤައުމުގައި ޕްރޮސެކިއުޓަރ ޖެނެރަލެއް ހުރުމުގެ ބޭނުމަކީ ކޮބައި ކަމާއި މެދު ވެސް މިޕާޓީއަށް ސުވާލުއުފެދެއެވެ.
އަލްއުސްތާޛް ހުސްނުއްސުއޫދު ބަންޑާރަނައިބުކަމުގެ މަގާމުން އިސްތިއުފާދެއްވުމަށްފަހު، ޤައުމަށް މިއަދު ކުރިމަތިވެފައިމިވާ ޤާނޫނީ ހުސްކަން ކުރިމަތިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހުމާލުން ކަމަށް ވިދާޅުވެފައިވާއިރު، މިކަމުގައި ޒިންމާ ނަގަންޖެހޭނީ، ޚުދުމުޚްތާރުގޮތުގައި މަޖިލީހުގެ އަޣްލަބިއްޔަތު ބޭނުންކުރާ ޑީއާރުޕީ އާއި ޕީއޭ އަދި އެ މީހުންނާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކުންނެވެ.
މިފުރުސަތުގައި އަލްއުސްތާޛް ހުސްނުއްސުއޫދު، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދުގެ ސަރުކާރަށާއި، މިޕާޓީއަށް ކޮށްދެއްވާ އިޚްލާސްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރަމެވެ. އަދި އިސްތިއުފާދެއްވުމަށް ފަހު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދު ކުރުންމަތީ ދެމިހުންނަވާނޭ ކަމަށާއި، ރައީސް ނަޝީދުގެ ސަރުކާރާއި، އެމްޑީޕީއަށް ކޮށްދެއްވެން އޮތް ހުރިހާކަމެއް ކޮށްދެއްވާނޭ ކަމަށް ވިދާޅުވެ، ފާޅުކުރެއްވި އިޚްލާސްތެރި ޝުއޫރަކީ އެމަނިކުފާނު އެމްޑީޕީއާއި އަދުގެ ސަރުކާރާމެދު ބަހައްޓަވާ ގާތްކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމުގައި މިޕާޓީން ދެކެމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް

4 Comments »

  1. ސޫދު ދެއްކެވި މިސާލަށް ހަމަ ސާބަސް!

    Comment by Maumoon — Sunday, August 8, 2010 @ 5:44 pm

  2. ތިއީ ލާމަސީލު ނަމޫނާ ށަޙްސިއްޔަތެއް…!!! ތިއީ ޤައުމުދެކެ ހަޤީޤީ ލޯބިފުޅުވާ ބޭފުޅުންނަކީ..!!!

    Comment by Raagondi raajaa ( Yaamin ) — Monday, August 9, 2010 @ 11:12 am

  3. ތިއީ ޤައުމުދެކެ ހަޤީޤީ ލޯބިފުޅުވާ ބޭފުޅުންނަކީ..!!!
    ސުތުލި

    Comment by sutuli-stelco — Tuesday, August 10, 2010 @ 12:47 am

  4. ސޫދު ދެންދާނީ ކޮންތާކައްބާ،އިތުރު މަގާމެއްނުދޭނެބާ

    Comment by shukoor — Wednesday, September 8, 2010 @ 10:32 am

Leave a comment