ދޭދޭވާހަކަ: މިސަރުކާރަކުން ހަމައެއްކަމެއްވެސް ކޮށެއް ނުދެއެވެ!!!
5 އޮގަސްޓް 2010
މަޣްރިބު ނަމާދަށް ދަނިކޮށް، ދިރާގު ކައިރީ ހުރި މީހަކު އެއޮށް ރަގަޅު މައުމޫނުގެ ސަރުކާރު ވައްޓާލާ، އަންނިގެ ސަރުކާރު އައިފަހުން ރައްޔިތުންނަށް ކުރި އެއްވެސް ފައިދާއެއް ނެތޭ ބުނިއަޑު އިވުމުން ގާތަށްޖެހިލައި އަޑުއަހާލަން ހުރީމެވެ. މިމީހަކީ އަހަރެން މަސައްކަތެއްގައި ރާއްޖެތެރެއަށް ގޮސް ހުރި ރަށެއްގެ ދެކެފަރިތަ ރައްޓެއްސެކެވެ. އޭނާއަށް އަހަރެން ފެނުމުން ކޮބާ ޙާލު ކިހިނެއްހޭ އަހަރެން އަހާލީމެވެ
“މިއުޅެނީ ބަފާބެ އެކްސިޑެންޓެއްވެގެން މާލެ އައިހެއްނު. ސައިކަލަކުން ޖެހި ވިއްސައިގެންގޮސް ފާރުގަ ބޯޖެހި ވަރަށްބޮޑަށް ބޯފެޅުނީ. ހޮސްޕިޓަލުގަ އުޅޭތާ މިހާރު ހަފްތާއެއް ވެއްޖެ.”
ބޭސްފަރުވާގެ ކަންކަން ދަނީ ކިހިނެއްތޯ އަހާލީމެވެ. “މަދަނައިން ފަރުވާ ލިބެއެވެ. ހުރިހާ ބޭހަކާ އިންޖެކްޝަނަކާ ހޮސްޕިޓަލުގެ ހުރިހާކަމެއް ހިލޭ. އެކަމަކު މާލޭގައި ތިބުމާ ކެއުމުގެ ޚަރަދުތައް އަތުން ހިނގާ” ކަމުގައިވެސް ބުންޏެވެ. އެކަންކަން ނިންމަނީ ކިހިނެއްތޯ އަހާލުމުން “ވޭތުވެދިޔަ އަހަރުއްސުރެ މައިދައިތައާއި ބަފާބެއަށް ސަރުކާރުންދޭ ދެހާސްރުފިޔާއިން ވިހި ހާސް ރުފިޔާ އެވެރީން ޖަމާކޮށްފައި ހުރުމުން” ނަސީބަކުން އޭނާގެއަތަކުން އެންމެ ލާރިއެއްވެސް ޚަރަދުނުވާކަމުގައި ވަރަށް ފޮނިވެލާފައި ބުނެލިއެވެ.
މާލެއައީ ބޮޑުކަތީބު ދުއްވާ ބޯޓުންހޭ އަހާލީމެވެ.” އަސްތާ ހެލިކޮޕްޓަރުގަ. މިފަހަރު ދެން ވަރަށް ސަޅިކޮށް ލައްވާލީ. މިހާރުދެން އެކަހަލަ ކަންތައް ވަރަށް ބަރާބަރޭ. ހަމަ ޑޮކްޓަރު އެމަރޖެންސީއޭ ބުނީ ދޮޅުގަޑިއިރު ތެރޭ ކަލޭމެންގެ އަމީން ފައިސަލްމެން އެގެންގުޅޭ ރެހެންދި ހެލިކޮޕްޓަރު ވައްޓާލައިފި. އެހެންނޫންނަމަ ބަފާބެ މިފަހަރު ސަލާމަތެއްނުވީސް. ބޯފަޅައިގެންގޮސް ލޭފޭބިވަރުން މާލެއާ ހަމަޔަށްވެސް ފުރާނަޔާއިގެން ފޯރާނެ ކަމަކަށް ހީއެއް ނުކުރަން.” ރަހުމަތްތެރިޔާ ބުންޏެވެ.
” އެހެންދޯ” އޭ އަހަރެން ބުނީމެވެ. “ކޮބާ މިހާރު ތިހިސާބުގަ އެކިޔާ ދަތުރު ފަތުރު ކިހިނެއްތަ؟” އިތުރަށް ކޮނެލުމުގެ ގަސްދުގައި ސުވާލުކޮށްލީމެވެ. މީގެކުރީން ރަށުން އަތޮޅުވެރިކަން ކުރާ ރަށަށް ދެވެނީ ފަނަރަސަތޭކަ ރުފިޔާއަށް ކަމަށާ އެކަމަކު މިހާރު އެންމެ ވިހިރުފިޔާއިން ދެވޭކަމަށާއި، އަތޮޅުތެރޭގައި އުޅޭ ރަހުމަތްތެރީންގެ ހާލުބަލާލަން ބައެއް ހަފްތާ ބަންދުގައި “ޖައްސާލާ” ކަމަށާއި، އެކަން ވަރަށްބަރާބަރުކަމުގައި ކޮލުހުރި ދަތްތައް ފެންނަވަރަށް ހެވިފައި ބުންޏެވެ. އަދި ފެރީދަތުރުތަކުގައި “ސަޅި ބިޓުންނާ” ބައްދަލުވާ ވާހަކަވެސް މަޖާވެލާފައި ބުނެލިއެވެ.
ކޮބާމިހާރު ބަނދަރުގެ ކަންތައް ކިހިނެއް ހެއްޔޭ އަހާލީމެވެ. ” ހުނ.. އެއީ ބަނދަރެއްތަ.؟ ބަނދަރު ހެދި މީހުން ނުފައިބަނީސް އުދައެރިއިރު އެއްގަމުތޮށި އޮތީ ވެއްޓިފަ. މިހާރު ކުރިޔަށްވުރެވެސް ހާލުބޮޑު.” ރުޅިވެރި ރާގަކަށް ރަހުމަތްތެރިޔާ ބުންޏެވެ. އެކަމަކު މިހާރު އަނެއްކާ ބަނދަރު ހަދަންވެގެން ސާމާނު ގެންގޮސްފި ކަމަށާއި، މިފަހަރު ހަދަނީ މާވަރުގަދަކޮށް އަނެއްކާ މާބޮޑުކޮށޭ ބުނާއަޑުއިވޭ ކަމަށް ބުންޏެވެ.
ކޮބާ ވަޒީފާގެ ކަންތައް ކިހިނެއްތޯ އަހާލީމެވެ. “ދެން ރަނގަޅުދޯ؟ މިހާރު އެކަމަކު މުސާރައިން ކުޑަކުރިބައި ނުލިބޭތީ ވަރަށް ސަކަރާތް” އެމީހާ ޖަވާބުދިނެވެ. މިސަރުކާރު އައިއިރު ލިބުނު މުސާރައަށްވުރެ މިހާރު ލިބޭ އެއްޗެއް ކުޑަތޯ އަހާލީމެވެ. ޖަވާބުގައި އޭރު ލިބެނީ މާކުޑަކުޑަ އެއްޗެއްނޫންހޭ މިހާރު އެބައި ކެނޑީމަވެސް ކުރީން ލިބޭވަރަށްވުރެ ބޮޑުއެއްޗެއް ލިބެޔޭ މިހާރު ދެމަފިރީންނަށް މުސްކުޅިވެރީންނަށް ޚަރަދުކުރަން ނުޖެހޭތީވެ ބާކީކޮށް ފޮރުވޭވަރުވެސް ވެޔޭ ބުނެލިއެވެ.
އަހަރެން ތިރަށުގައި ހުއްޓާ ދޯއޭ ބައްޕަގޮވައިގެން މާލެއައީ ބުނެލީމެވެ. މާނޭވާއެއްލާފައި އާނއެކޭ ބުނެލިއެވެ. “ބައްޕަ އެބަލީގަ ނިޔާވީ ފަރުވާ ނުދެވިގެން. އޭރު ލިބޭ އެއްޗަކުން ހުރިހާއެންމެންނަށް ޚަރަދުކުރަން ޖެހޭތީ ލިބޭ އެތިކޮޅުވެސް ކުޑަވީމަ އަތަކު އެއްޗެއް ނޯވޭ. ދެފަރާތުގެ މުސްކުޅިވެރީންވެސް ބަލަހައްޓަން ޖެހެނީ ދެމަފިރީންނަށް ލިބޭ އެއްޗަކުން ވިއްޔާ. އަނެއްކާ އަންހެނުން ވިހެއުމުގަ ދިމާވި ކަންތައްގަނޑާހުރެ އެއިރު އަތްމަތިހުރީ މުޅީން އަޑިއަޅާލާފަ” އޭނާ ބުންޏެވެ.
“ބަލަ ތިއަތޮޅުގެ މެންބަރު އެކަހަލަ ކަންކަމުގައި ވަރަށްއެހީވެދެއެއް ނޫންތަ؟” އަހަރެން ކޮނެލާ ހިތްވެފައިހުރިލެއް ބޮޑުކަމުން ވާހަކަ ކުރުކުރާ ހިތް ހަމަ ނުވީއެވެ. ޗޮކެއް ކަނޑާލާފައި އޭނާ ބުންޏެވެ. “ކޮންތާކު ވޯޓުހޯދަންގޮސް އުޅުނުއިރު ހީވަނީ އެހެން ކަމެއްހެން. އެކަމަކު ފަހުން ފޯނުން ޖަވާބެއްވެސް ނުދޭ. މިހާރު އެފޯނުވެސް އޮންނަނީ ނިވާލާފަ. ވޯޓާ ކައިރިވީމަ ގުޅާނެ އަދި. ބުނަންތަ؟ މިހާރުދެން ދެމަފިރީންނާ ކުދީންވެސް މަދަނައިގަ ބައިވެރިކޮށްފަ އޮތީމަ ބޭސްކުރުންވެސް މުޅިން ހިލޭ މިއޮންނަނީ. ނަސީބަކުން އެކަލޭގެ ކައިރިއަށް ސަލާމާ ހިނގާކަށް ނުޖެހޭ. މިހާރު އެކަލޭގެ ސަލާމާ ހިނގާތީ އޭނާޔަށް އެހީއެއްވެދެވޭތޯ އެއްނު ރަށު އެންމެން އެބަލަނީ. އަހަރެމެން ދެން ކިނބިއްސެއް އަޅާލެވޭ އިރަށް މިހާރު މިތިބެނީ ހޮސްޕިޓަލުގައޭ.”
އެކަމަކު މިހާރު އެންމެ ފަހުންގޮސް ތިހޮވީ އޭނާ ނޫންހޭ އަހާލުމުން “އެއީ ޕާޓީ އަށް ސަޕޯޓްކުރާ މީހަކަށްވާތީ ހޮވީ” އޭ ބުނެލިއެވެ. އަދި “އަހަރުމެން ފުރާނަހުއްޓަކާ އެމްޑީޕީ މީހަކަށް ވޯޓެއް ނުދޭނަން.”. ރަހުމަތްތެރިޔާ ބުންޏެވެ. “އަނ އެހެންދޯ”އޭ އަހަރެން ބުނެލީމެވެ.
ކޮބާމިހާރުދެން މިސަރުކާރު ރަނގަޅުހެއްޔެވެ؟ އަހަރެން ސުވާލު ކޮށްލީމެވެ. ” ކޮންތާކު މިއީހަމަ ހުސް ވަޢުދުވާ ސަރުކާރެއް. އަތްފޯރާފަށޭ. އޯގާތެރި ސަރުކާރޭ. ހިލޭ ބޭސް ފަރުވާއޭ ކިޔާފަ ފޮނިވާހަކަދައްކާފަ، ކޮންކަމެއް އެމީހުން ކޮށްދެނީ. ހުސް ފޮނިކަނޑާ ބައެއް. ނަމެއްގަ އޯގާތެރި ސަރުކާރެއް. މިސަރުކާރުން ހަމަ އެއްކަމެއްވެސް ކޮށެއް ނުދޭ. ”
އަހަރެން ހިތަށްއެރިއެވެ. މި ސަރުކާރުން މީނައަށް ކަމެއްކޮށްދިން ކަމަށް ވާނީ ކިހާ ވަރަކަށް ކަންތައް ކޮށްދިނީމާ ބާވައެވެ. މަގުފުރެދިފައި ބަޔަކު ތިއްބަސް މީ ބޮޑުވަރެކޭ ހިތާ އަދި ބައްދަލުވާނެދޯއޭ ބުނެފައި މިސްކިތާ ދިމާލަށް ހިނގައިގަތީމެވެ.










ކަށީގަ ހިފާފަ ހުންނަ ކަންތައް ތަކަކީ ފިލާނެ ކަންތައްތަކެއް ނޫން،،،،،،،،،،ތިމީސް މީހުން ޖެހޭނީ ލޭ ބަދަލު ކުރަން
Comment by cavin — Thursday, August 5, 2010 @ 8:25 pm
ވަރަށް ސަޅި އާރޓިކަލް އެއް. އަސްލު އާޓިކަލް ޝައުޤުވެރިކަމާއެކީ ކިއުނީ އަހަރުމެންގެ ވެބްސައިޓްގައި ސަރުކާރާ ދެކޮޅު ސުރުޚީ އެއް އޮތީމަ. އެކަމަކު އާރޓިކަލް ކިޔައި ނިމުނީމަ ވަރަށަ ގިނަ އެއްޗެތި ވިސްނުނު. ކިތައްމެ ކަމެއް ކޮށްދިނަސް ޝުކުރު ނުކުރާ މީހުން ތިބޭނެ ކަން ޔަޤީންވި. އެކަމަކު ރަޙްމަތް ތެރިޔާ މިސަރުކާރުގެ ފަސޭހަތައް އެންޖޯއި ކުރާތީ ވަރަށް ހިތްހަމަ ޖެހުނު. ނެގެޓިވް ސުރުޚީ އަކުން ޕޮޒިޓިވް އެއްޗެހި ތަކެއް ކިޔައި ދެވިއްޖެ. ވ.ރަނގަޅު
Comment by ޙަސަން — Friday, August 6, 2010 @ 12:29 pm
މަދަނަ އެއީ ކުރީ ސަރުކާރުން ފަށާފަވާކަމެއް
Comment by thoariq — Saturday, August 7, 2010 @ 3:17 pm
މަދަނަ އެއީ ކުރީ ސަރުކާރުން ކުރަން އުޅުއްވި ކަމެކޭ ވިދާޅުވޭ! ނުއެއް ފަށްޓަވާދޯ؟
Comment by m — Sunday, August 8, 2010 @ 7:27 am
މިހާރުގެ ސަރުކޫރާނުން ކަންތައްތައް ކޮށްދޭނެ ކަމުގެ ޔަޤީންވުމުން ހާލިގަނޑު އަރުވާ އަޑުތައް އެމީހުންށް މިހާރު ސަރުކުން އަންނައުނުވެސް ހަނީމޫނު ޓިކެޓްވެސް މަޖާކުރާ ފައިސާވެސް ދޭންވީ 30 އަހަރު ހާލިގަނޑަކީ ހައްދެއް ނެތްބަޔެއް ޝުކުރުކުރަން ނޭގޭ ބަޔެއް.ނުރުހޭ ބަޔަކު ހެޔޮކަމެއް ކޮށްދިނަސް ބަލއިގަންނަ ބަޔެއް ނޫން.
Comment by hassan — Sunday, August 8, 2010 @ 8:49 am
މި ދެން ހަމަ އަސްލު އެމް.ޑީ.ޕީ ފަދަ ދޮގު އާޓިކަލް އެއް. ތިހާ ކަންތައް ފުރިހަމަވެފަ ހުރި ދިވެއްސެއް ތިގޮތަށް ފުރަތަމަވެސް ވާހަކަ ނުދައްކާނެ. އަނެއްކާ ތި ބުނާ ހެލިކޮޕްޓަރުގަ ގެނެއީ ކަތައް ބަލި މީހުން ބާ؟ މުލުން ފަށައިގެން ބޮންތި އާއި ހަމަޔަށްވެސް، އެމް.ޑީ.ޕީ ވިއްޔާ ހަދާނީ ހުސް ދޮގޭ ބުނަނީ ތިހެންވެ. ހަމަނުޖެހޭ ވަރަކީ މަންމަ އާއި ބައްޕަ އަށް ސަރުކާރުން ލާރި ދޭތީ އެމީހުނަށް ޙަރަދު ކުރަން ނުޖެހޭ ވާހަކަ ބުނެފަ އަދި އެމީހުން އަތުގަ ސަރުކާކުން ދިން ހާލާރި ރައްކާ ވެފަ ހުރި ވާހަކަވެސް ލިޔުނީމަ. ހެއްވާ، ދޯ؟ ބިލިރޫބިން މަތިވެ ޖޯނޑިސް ގެހި ދެލޯ ރީދޫ ވެ، ސިކުނޑި ހަލާކުވީމަ ވާ ގޮތަކީ ތިއީ. ސާބަސް!
Comment by meeheh — Tuesday, August 10, 2010 @ 9:49 pm
ކޮންތާކު މި ސަރުކާރުން އެއްވެސް ކަމެއް އަދި ނުކޮށްދެވެ، ތިކިޔާ މަދަނައެއްގައ ރަޖިސްޓްރީ ކޮށްފައި އެހީވެސް ނުލިބި މީހަކު އުޅެމުންގޮސް ދުނިއެޔާ ވަކިވެއްޖެ، މި ދޯ މަދަނައަކީ، ދެން ފެރީ ކަނޑުމަތީގައި މުޅި ދުވަސް އުޅުމަށްފަހު ދާން ބޭނުންރަށަށް ދާއިރު ބޭނުން އެއްވެސް ކަމެއް ނުކުރެވޭ، ނަމުގަ ދަތުރު ފަތުރުގެ ނިޒާމް، ކުރިން އޮންނާނެ އެކެއް ދޭއް ދަތުރު އަތުން އެއްވެސް ރުފިޔައެއް ހަރަދުނުކޮށް އަތޮޅުވެރިކަން ކުރާ ރަށަށް ދެވޭ އަދި ބޭނުން ހިދުމަތް ހޯދޭ، މީ ނަމުގައި އޯގާތެރި ސަރުކާރެއް، ހުސް ވައުދު، މުވައްޒަފުން މުސާރައިން ކަނޑާލި ބައިވެސް ނުދޭ، އެބައިވެސް ބަނޑުއަޅާލީ، ކޮން ހިޔާލީ ފޮލޯއެއްގެ އާރޓިކަލްއެއް މި އީ…ހިއް ހިއް ހީ
Comment by koky — Tuesday, December 14, 2010 @ 3:11 pm