Maldivian Democratic Party » މަޖިލިސްކުރާގޭ ސަރަހައްދުގައި އިހުތިޖާޖުކުރަން ފަށައިފި
mdp_banner

Monday, October 12, 2009

މަޖިލިސްކުރާގޭ ސަރަހައްދުގައި އިހުތިޖާޖުކުރަން ފަށައިފި

12 އޮކްޓޫބަރ 2009
16.05
ހަވީރު 4 ޖެހުމާއެކު މަޖިލިހަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޖަލްސާ ނިންމާލައިފި. އިހްތިޖާޖު ކުރަމުން
ދިޔަ ފަރާތްތަކުގެ ތެރެއިން ބަޔަކު އަދިވެސް މިބިލާ ދެކޮޅަށް ނުރުހުން ފާޅުކުރަމުން އެބަގެންދޭ.

15.20
މަޖިލީހުން ނަމާދު ގަޑިއަށް ހުސްވަގުތުކޮޅެއް ނަންގަވައިފި. މަޖިލިސް މެންބަރުން ބޭރަށް ނުކުމެ ވަޑައިގެން އެބަ އުޅުއްވާ.

15.10
މިބިލުގެ 9 ވަނަ މާއްދާ ބާތިލް ކުރުމަށް އެމްޑީޕީ މެންބަރުން ހުށަހަޅާފައިވާ އިސްލާހް މަޖިލީހުން ފާހެއްނުވި . މި މާއްދާ އަކީ ގާނޫނު އަސާސީއާއި މުޅިން ޚިލާފް މާއްދާއެއް ކަމަށް އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ހާމަކުރައްވަމުން އެބަ ގެންދަވާ. މި މާއްދާ ބުނާގޮތުން ކުރީގެ ރައީސްކަން ކޮށްފައިވާ މީހެއްގެ މައްސަލަ އެއްވެސް ޝަރުޢީ ކޯޓަކުން ނުބެލޭނެ.

14.00
މަޖިލިސް މިހާރުވަނީ 15 މިނެޓަށް މެދުކަނޑާލާފައި. މަޖިލިސް މެދުކަނޑާލުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުން ވޯޓަށް އަހަމުންދާ ތަރުތީބާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ.
މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ.

13.40
މިބިލަށް އެމްޑީޕީގެ މެންބަރުން ގިނަ އަދަދެއްގެ އިސްލާޙް ހުށަހަޅާފައިވޭ. މަޖިލީހުގައި މިހާރު ކުރިޔަށްދާ މަސައްކަތަކީ މެންބަރުން ހުށަހަޅާފައިވާ އިސްލާޙްތަކަށް ވޯޓަށް އެއްސެވުން.

13.15
މަޖިލިސްކުރާގޭގެ އުތުރު ފަރާތަށްވެސް މިހާރު ގިނަ އަދަދެއްގެ ބަޔަކު އެއްވަމުން އެބަދޭ. އެއްވެފައިވާ މީހުން ގޮވަމުންދަނީ މިބިލުގައިވާ ބައެއް މާއްދާތައް އުނިކުރުމަށާއި ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް އަވަސް ކުރުމަށް.

13.00
ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ބިލު އިސްލާހުނުކޮށް ފާސްކުރުމާ ދެކޮޅަށް އިހްތިޖާޖުކުރަން ފަށައިފި. މިއަދު ހެނދުނު ޖަލްސާ ފެށުނީއްސުރެ ފުލުހުންވަނީ މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފަ. ނަމަވެސް މަޖިލިސްކުރާގޭގެ އިރުމަތީ ފަރާތު ދޮރާށި ކުރިމަތިން އޮންނަ ގޯޅިތެރޭގައި ބަޔަކު އަޑުގަދަކުރާ ބޭނުންކޮށްގެން އިހުތިޖާޖު ކުރަމުން އެބަގެންދޭ.

5 Comments »

  1. އަދިވެސް މައުމޫނަން ހުރިހާ މޮޅެއް،ގައުމު ބަޑަށްޖެހޭއިރުވެސް މައުމޫން ހަނދަން ފޮނުވަން މައުމޫންގެ އައުވާނުން އެތިބީ ނިކުމެ،ރައްޔިތުންނަން ހެޔޮއެދޭނީ މިހާވަރަށް.

    Comment by Shifau — Monday, October 12, 2009 @ 3:35 pm

  2. ފުލުހުންގެ އަމަލު ތަކާއިމެދު ހިތާމަ ކުރަން. އެމީހުން ރައްޔިތުންނާ މެދު އަމަލު ކުރަނީ ވަރަށް އިހާނާތް ތެރިކޮށް

    Comment by fathimath — Monday, October 12, 2009 @ 4:30 pm

  3. ހަމަ ހައިރާންވޭ ފުލުހުން މައުމޫނަށާއި ޑީއާރުޕީ މީހުންނަށް ގޮސް ހުސްވެފައި ތިބޭވަރު ފެނުނީމަ..އަޖައިބެ. .މިކަން ނުހުއްޓުވޭނެތަ؟

    Comment by fazeel — Monday, October 12, 2009 @ 4:40 pm

  4. އަޖާއިބު އަންތަރީސް އެބަވެޔޭ އަޅެމިކަމަކާ ހެދި! މި މައުމޫނަކާ މިހާވަރަކަށް މިހިފަނީ ކީއްވެގެންތަ؟ މިކަލޭގެ ބޭރުކޮށްލީމަވެސް އަދިވެސް މި ބޭގެ ކިބައިން ސަލާމަތް ވާކަށް ނޫޅެޔޭ! ބޮލަށް ބަޑި ޖަހާ މަރަން ވީ ޚިޔާނާތްތެރިން! މައުމޫން ހައްޔަރުކުރޭ!

    Comment by shamon — Tuesday, October 13, 2009 @ 2:49 am

  5. އަޅުގަނޑު ބޭނުން އެންމެ ފަހުގެ ޚަބަރުތައް

    Comment by Anonymous — Friday, March 26, 2010 @ 10:00 pm

Leave a comment