އިޢުލާން: އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލުމުގެ މުއްދަތު 13 އިންތިޚާބީ ދާއިރާއަކަށް އިތުރުކުރުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، 20 ޖޫން 2010ން ފެށިގެން ހުޅުވާލެވިފައިވާ ފުރުޞަތުގެ މުއްދަތު، ބައެއް ދާއިރާތަކަށް، 10 އޮގަސްޓް 2010 ވާ އަންގާރަ ދުވަހުގެ 4.00 އާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ނަމަވެސް މިފުރުސަތު ހުޅުވާލާފައިމިވަނީ 77 އިންތިޚާބީ ދާއިރާގެ ތެރެއިން އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާ 13 ދާއިރާގައި ހިމެނޭ ރަށްރަށަށެވެ.
ވީމާ، މިހާރު ހަމަޖެހިފައިވާ ގޮތުން، މި 13 އިންތިޚާބީ ދާއިރާގައި ހިމެނޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ، 10 އޮގަސްޓް 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960
އީމެއިލް: cc@votemdp.com
2 އޮގަސްޓް 2010


ކޮބާބާ އެ ދާޢިރާތަކަކީ….
Comment by beybe — Monday, August 2, 2010 @ 2:29 pm
ކުރީފަހަރު އިދިކޮޅައް މަސަތްކަތް ކުރިމީހުން ނަށް މިފަހަރު ކުރިމަތި ނުލެވޭނެ
Comment by nafeesa — Tuesday, August 3, 2010 @ 1:05 am
ކޮބާބާ އެ ދާޢިރާތަކަކީ
Comment by ali — Thursday, August 5, 2010 @ 4:22 pm
ނ މިލަދޫ ރައްޔިތުން އެމް.ޑީ.ޕީ އައް މީގެކުރިން ތާއިދުކުރީ ވަރައް ޖޯޝާއެކު.. ރައްޔިތުން ނުކުމެ ކުރި ބުރަ މަސައްކަތުގެ ސަބަބުން މިލަދޫ ވަނީ އެމް.ޑީ.ޕީ ވަނީ ނ އަތޮޅުން އެންމެ ބޮޑު ޕަސެންޓެއް ދިން ރަށް ގޮތުގައެ… ނަމަވެސް… އޭރު އިދިކޮޅަށް ވޯޓުދިން ރައްތަކުގެ ތަރައްގީގެ ކަންތައްތަށް ކުރިޔައްދަނީއެ…. މިލަދޫ އައް ލިބުނީ ކެހި… ނަމަވެސް މިލަދޫ ގެ އެމް.ޑީ.ޕީ ގެ މީހެއްގެ ހައިސިއްޔަތުން ބުނަމެވެ… މިޔޮތީ އަހަރެމެންނާ ޖެހިފަ.. އަޙަރެމެން އަދިވެސް ތާއިދު ކުރަން… އެކަމަކު މިފަހަރު ކުރިޔައް ނެރޭނީ ރަށް.
Comment by rishey — Friday, August 6, 2010 @ 11:19 pm