މެންބަރުންގެ ޚިޔާލު: ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ.
1 އޮގްސްޓް 2010
ލިޔުނީ: ފުނަމާ
2010 ޖުލައި 26 ވަނަ ދުވަހު މިސަރުކާރުން ކުރިހާ ވެސް ކަމަކީ ކުރީގެ ސަރުކާރުން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ރެބަންފަށް ކަނޑާލުން ކަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އަޑުއަރުވަމުންނެވެ. 5 އަހަރު ވަންދެން ކުލަލިޔަސް 30 އަހަރުގެ ރަސްކަމުގައި ރާއްޖޭގެ އެކިކަންކޮޅުގައި ބިނާކޮށްފައި ހުރި ގަނޑުވަރުތައް ފަދަ އިމާރާތްތަކުގައި ކުލަލާން އުޅުނަސް ނުލެވޭނެހާ އިމާރާތްކޮށްފައި ހުންނާނޭ ކަމުގައި ބުނެއުޅެތެވެ. ބޭނުމަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި ރާއްޖޭގެ ހިކިފަސްތަނެއްގައި ވިއްޔާ ކޮންމެވެސް ތަނެއްގެ ބިންގާ އަޅައި ފިނޮޅެއް އޮތަސް ކުރީން ޖަހައި ފީވެފައިހުރި ކަޑަތައް އުފުރައިގެން ވަނީ ބަނދަރުހެދުމަށް ކަޑަޖަހާފައެވެ. މިއަކީ މައުމޫނު އެފަހަރުއެކަނި ކުރި ކަމެއްނޫންކަން ދިވެހިރައްޔިތުންނަށް އިނގޭނެއެވެ. މިހާރުވެސް ވިހި ފަންސަވީސް އަހަރު ވެފައިހުރި ބިންގާތަކާއެއްޗެތި ރާއްޖޭގައި ފެންނާން އެހެރީއެވެ. މޮޅުއިރުވަރު ބަލައިގެން މާތިއްތިވެ އަބުއިކަމާއެކު އެފަދަ މަޑުއަތްޕުޅުން އެޅުއްވި ބިންގާތަކާ ބަނދަރުތަކުގެ މަޝްރޫޢުތައް މިސަރުކާރުން އެވަނީ ނިންމާފައެވެ. ކޮންޓްރަކްޓަރުންނަށް ދޭންޖެހޭ ފައިސާއާއި މަސައްކަތުގެ ބޮޑުބައި ނިންމާފައިވަނީ މިސަރުކާރުންނެވެ. ވޯޓު ލިބުނީ ކޮން ރަށަކުންތޯ، އަދި އެންމެ ސަމައްތަރުހެޔޮ ޅަބާޅަ ސާހިބަކު ހުރީ ކޮންރަށެއްގެ ކަތީބަކަށްތޯ ބެލުމެއް ނެތިއެވެ.
ޑީއާރުޕީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަ މީހަކު އަރައި މީޑިއާ ތަކުގައި މިވާހަކަތައް އޮޅުވާލައިގެން ދައްކާއިރު ހިނި އަންނަހާވެސް ވެއެވެ. އެހެންޏާ އެއިމާރާތަކީ ޗައިނާ ސަރުކާރުން، އެހެލި ކަތީބަށް ވެދުމަށް އަރުވާފައިހުރި އިމާރާތެއް ކަމުގައި ހީވާގޮތަށް ވާހަކަދައްކާއިރު އެއީ ތެދަކަށް ވެސް ވެދާނެޔޭ މީހަކު ހީކުރާހާވެއެވެ. އެއޮއް ބޮޑު ޗައިނާގައި އެހެލި ކަތީބުހާ އަތްޕުޅު މަޑު ސޮރަކު ނޫޅޭވިއްޔާއެވެ.
މިއަދު މިސަރުކާރުން ރައްޔިތުންގެ ޙައްޤުގައި މިކުރާ މިންނެތް މަސައްކަތްތަކުގެ މައްޗަށް ފަސްއެޅުމުގެ ގޮތުން، މިސަރުކާރުން މިކުރާ ހުރިހާ ކަމަކީވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ކަންކަމޭ ބުނާއިރު އެސަރުކާރު ނިމުނު އިރު ޜާއްޖޭގައި ބަލިވެ އިނދެ، ނުވިހާ ތިބި ހުރިހާ ކުދީންގެ ފޫޅުކަނޑަންވެސް ޖެހޭނީ އެސަރުކާރުގެ ވެރިންނޭ ބުނެފިއްޔާ މިއީ އަރަތެއްތާދޯއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
ޓީވީ މޯލްޑިވްސްގެ ކިޑިކީއަކުންނެރެ އަންބޮޑިއަށްލީ ކެމެރާއެއްގެ ވާހަކަވެސް އިވެއެވެ. އެހެންނަމަވެސް ދަންނަވަން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ މިއަދު މިގައުމުގެ ކުރިއެރުމަށް، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެމުންދާ، އަދިކޮށް ނިންމާ، އަދި އިތުރަށް ކުރާންފަށާފައިވާ މަސައްކަތްތަކުގެ ހުރިހާ ކުރެޑިޓެއް ނަންގަވަން އެހެލި ސަރުކާރުގެ އުސްތާޛުން އުޅުއްވިޔަކަސް އެކަމެއް ނުވާނެއެވެ. ތިމާމެންނަށްވެސް ކުރެވުނުވަރެއް އެއޮތީކޮށްފައެވެ. އަހަރެމެންނަކު އެކަމެއް ފޮރުވާކަށް ނޫޅެމެވެ. ދެއަހަރުން އެއް އަހަރު އަލުންހަދަންޖެހޭ ބަނދަރުތައް ވެސް އެހެރީތާއެވެ. ރަށްރަށުގެ ވަލުތެރޭގައި މިހާރު ގެއްލިފައިވާ އެތައް ބިންގަލެއް ވެސް އެހެރީތާއެވެ. ނަމަވެސް މިއުޅެނީކީ އެވާހަކަ ދަންނަވާކަށް ނޫނެވެ.
ފުލުފުލުގައި އެތަކެއް މަޝްރޫޢުތަކެއް ފެށި، އަދި ވޭތުވެދިޔަ ސަރުކާރުން މިސަރުކާރަށް ވާރުތަކުރި އެތަކެއް މަޝްރޫޢުތަކެއް ހީނުކުރާހާ އަވަހަށް އެވަނީ ނިންމާފައެވެ. މިކަމުން މިސަރުކާރުގެ ދުރުވިސްނުމާ ހަރުދަނާ ސިޔާސަތު ރައްޔިތުންނަށް ވިސްނޭން ފެށުމުން އެތިބަ ގޮވާ ގޮވެލިތައް އަޑުއިވުމުން ސަހަރޯ ހީވެއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
މިދޭތެރެއަކުން މިޑް ޓާރމް އިލެކްޝަނެއްގެ ވާހަކަ މާ އަޑުހަރުކޮށް ދެއްކިއެވެ. އަދި މިސަރުކާރުގެ ހަމައެކަނި ފައިދާއަކީ އެއީ ކަމުގައި ކުރީގައި އެމްޑީޕީ އިން ބޭނުންކޮށް ބާވުމުން ނީލަމުން ވިކިފައިވާ ބާ ޑިންގީ އެއް ބުނާއަޑުވެސް އިވުނެވެ. މިއަދު އެބުނާ މިޑް ޓާރމް އިލެކްޝަނެއް ބާއްވާ ވާހަކަ ރައީސް ނަޝީދު ހަމަ ވިދާޅުވާއިރަށް ރާގު ބަދަލުވެއްޖެއެވެ. ރައްޔިތުންގެ އަނގައާއި އަތާއި ދިމާނުވާއިރު އެތައް މިލިޔަން ރުފިޔާ ޚަރަދު ކުރަން އުޅެނީއޭ ބުނެ އެއްކަލަ ސޮރު ވެސް އަޑުލައްވަން ފަށައިފިއެވެ. ދެފުށްކެހެރީންނަކީ ކޮބައިބާވައެވެ؟ އެހެންނަމަވެސް ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ނައިބު ލީޑަރެއް ކަމަކު ނިކަން ތަސައްރަފް ފުދިގެން ސިޔާސީ މައިދާނަށް ނިކުމެ ބަލާށެވެ. ދަންނަވަން މިއުޅެނީ އެއްކަލަ ކެމެރާވީ ކޮންތާކުކަން ވިދާޅުވެދެއްވަފާނަންތޯއެވެ. ބޮލާފޮށާނޭޅި ސަލާމަތްވާނީ އޭރުންތާއެވެ. ދަންނަވަން އެއުޅެނީ އެވާހަކަ ނޫނިއްޔާ އަޅެދެން ކޮން ވާހަކައެއް ހެއްޔެވެ.؟ ކިޔޭނުކިޔޭ އެއްޗެއް ނޭގެންޏާ ރަނބަނުހަލުވާ ތިބެބަލާށެވެ.










ރައްޔިތުންގެ މަޖްލިސް އުވާލާ އާއިންތިޚާބަކަށް ދާން އެބަޖެހޭ…..
Comment by beybe — Sunday, August 1, 2010 @ 11:17 pm
ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާނުލެވޭނެ
Comment by bengaloor nafeesa — Monday, August 2, 2010 @ 3:38 am
ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާނުލެވޭނެ ދެން ކޮއްދޭންވީ އަވަހައް ވަގުން ޖަލައް ލާބަލަ
Comment by nafeesa — Monday, August 2, 2010 @ 3:41 am
ދަންނަވަން ތިއުޅެނީ ކޮންވާހަކައެއްތޯއެވެ. ކިތަންމެވަރަކަށް ހިތްހަމަ ނުޖެހުނަސް މިސަރުކާރަކަށް އާ ކަމެއްނުކުރެވެއެވެ. މިކުރެވެނީ ކުރީ ސަރުކާރުން ކުރަންނިންމާފައިވާ ކަންކަން ހަމަ އެހުރިގޮތަށް ރައްޔިތުން ހަނދާންނެތޭހާ ދުވަސްކޮށްފަ އަލުން އެމަސައްކަތް ފެށުމެވެ. ކުރެވޭހާވެސް ކަމަކީ އެގްރިމެންޓްތަކުގައި ފުލުފުލުގައި ދެދަޅައަށް ސޮއިކުރުމެވެ. ދަންނަވަން މިއުޅެނީ ރައިސް އޮފީހުން ވަގަށް ގެންދިޔަ ލެޕްޓޮޕް ކޮބާހެއްޔެވެ. އެއީ ކަލޭމެންގެ ބަފާގެ މުދާހެއްޔެވެ. ދަންނަވަން މިއުޅެނީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަންކަން ބުނެބަލާށެވެ. ފަސްއަޅާ ފޮރުވޭނީވެސް ކަމެއް ކޮށްދީފައިހުރި ނަމަތާއެވެ. ތިބުނާ މަޑުއަތް މަތިން ކަލޭމެނާއި މުޅި ދިވެހި ރައްޔިތުން ފުރާނަހުރިނަމަ ހަނަދާންހުންނާނެވެ. މަޑުއަތްމަތިން ހަނދާންވުމަކީވެސް އެމަނިކުފާނު ކޮށްދިންކަންކަން ކަލޭމެން ޤަބޫލުކުރާކަމުގެ އަލިގަދަ ހެއްކެވެ. މިޑްޓާރމް އިލެކްޝަނެކޭ ކިޔައިގެން … ފަސް ވަޢުދު ފުއްދޭތޯ ބަލާށެވެ. ރޯދަމަސްޖެހުނުއިރުވެސް ތަކެތީގެ އަގު ހުރީ ކޮންތާކުތޯއެވެ. ރޯދަހިފާ ބައެއްނަމަތާދޯ.
Comment by ތިނަދޫ މީހެއް — Monday, August 2, 2010 @ 8:28 am
ލޭމައްޗައްދާމީހުންނަށް ފާގަދިޔައަކީ ވަރަށް ރަނގަޅު ފަރުވާއެއް ކަމުގައި މީހުން ބުނެއުޅެއެވެ. ތިނަދޫ މީހާއަށް ގައިމުވެސް އެބަލި ވާރުތަކޮށްފައި ތިހުރީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ ތިބަލިގަނޑު ފެށިގެން ތިއުޅެނީ އަތްމަޑު ކަތީބު އެހެލިހިސާބުންފެށިގެން ހެންނެވެ. ތިރީސް އަހަރުގެ ޚިޔާނާތާ ފަސާދައިން ވާރުތަވެފައިވާ ތިބަލިގަނޑު ފަސޭހަވާނެ ކަމުގެ އުންމީދެއް މީހާރަކު ދެންނެތެވެ. ސަބަބަކީ މިސަރުކާރު ލުއްސާލުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކަށް ކާމިޔާބެއް އަމުދުން ދެން ނުލިބޭނެތީއެވެ. ހުސްއަނގަ ތެޅުމަކީ ބައެއްމީހުންގެ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ. ރޯދަމަހު އެކަން ބޮޑުވާނެއެވެ. އަދި މިހާރު ތިބޮޑުވަމުންދާ ބަލިގަނޑުވެސް އިތުރަށް ގޯސްވާނެއެވެ. ވީމާ އިރު އޮއްސޭއިރުއާއި ހާރުދަމު ހެޔޮވަރުގެ ފާގަޔަކުން ފަނިބޯށެވެ. އިރާދަ ކުރެއްވި އަޅަކު ސަލާމަތް ކުރައްވާނެއެވެ. އެހެންނޫނީ މިރޯދަމަހާއެކު ޓާޓާ ކިޔާ ހިނގައިދާނެއެވެ. ވަރަށްދެރައެވެ. ތައުޒިޔާ ކިޔާންވެސް އެނގޭނީ ނަންވެސް އެނގޭނަމަތާއެވެ. އެސްޓީއޯގައި ދަންނަވައިގެން އަގުހެޔޮކޮށް ފާގަލިބޭތޯ ބަލަމާ ހިނގާށެވެ.
Comment by baanbe — Monday, August 2, 2010 @ 9:54 am
ދަންނަވާން މިއުޅެނީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަތޮލުގެ *** ފޮޓޯ ކުރަހައި ބެރެކި އަންބާ ކިއުއްވި ވާހަކައެވެ. ދަންނަވާން މިއުޅެނީ ފަސްޓްލޭޑީގެ ފަށްކެނޑުވި ވާހަކައެވެ. ދަންނަވާން މިއުޅެނީ އޭޝިޔާގައިއޮތް އެންމެ ބޮޑު ޝިޕިންގްލައިން ވިއްކާލި ވާހަކައެވެ. ދަންނަވާން މިއުޅެނީ އެޝިޕިންގްލައިންއަކީ ރާއްޖެއަށް ލައްވި ކަޅުބަބުރުކަލޯގެ ތަރިކައެއްނޫނެވެ. ދަންނަވަން މިއުޅެނީ ތީމުގޭގައި ހިކިކިރުގެ އިސްތިހާރު ކުޅުނުވާހަކައެވެ. ދަންނަވާން މިއުޅެނީ ޅިޔަނަށް އެފްޕީ އައިޑީ ފަރިއްކުޅުއްވަން ދެއްވި ވާހަކައެވެ. ދަންނަވަން މިއުޅެނީ އެއާމޯލްޑިވްސް އަނބިކަނބަލުންގެ ވަގުފިރިއަކަށް ވަގުފު ކުރައްވައިގެން ދަވާލި ވާހަކައެވެ. ދަންނަވަން މިއުޅެނީ މާފުށީ ޖަލުގައި ބަޑިޖަހާ އެތަކެއް ދިވެހީންގެ ފުރާނަ ދުއްވާލި ވާހަކައެވެ. ދަންނަވަން މިއުޅެނީ މުޅިޔަކުން އެވާހަކައެއްވެސް ނޫނެވެ. ތިޔަތިބީ މުޅީން ފޭލިވެ ފޭލިބޭލިފައެވެ. ދެންވެސް މީހުންގެތެރެއަށް ނުކުމެ ****.ދަންނަވާން މިއުޅެނީ އެވާހަކައެވެ.
Comment by rafeeq/thinadoo — Monday, August 2, 2010 @ 10:09 am
މިރާއްޖޭގެ ފަރުތަކަކީ މިރާއަޖޭގެ އިކޮނޮމީ އާއި ގުޅި ލާމެހިފައިވާ ކަމަކަށް ވާއިރު، ޑީ އާރ ޕީގެ ތިބުނާ ނާއިބު ލީޑަރަށް ބުނެލަން އޮތީ ސޫފި ލަނޑާގެ ކިރު ފަރުތަކަށް ނާޅާށޭ ނާއިބުގެ ބައްޕައަށް ވިސްނައިދޭށޭ…. އޭގެ ސަބަބުން އެންވެރިކަމާއި މަސްވެރިކަން ނެތިގެންނޭ މިދަނީ…. އެއީ ގައުމަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއްކަމަށް ބަލައި ދެން އޭގެ ފަހުން ތަންތަނަށް އަރައި ފާޑު ފާޑުގެ އަނގަ ނުތަޅާށޭ…….ނޫނީ ޖެހިދާނެ ޓީވީން ގެންދިޔަ ކެމެރާ ރައްޔިތުން ނުކުމެ އަތުލަން………އަދި އެއް ވާހަކަ ….ދެން ތި ގޮނޑި މަތިން ހަދާން ނައްތާލާށޭ… ވަރަށް ސަލާމް…….
Comment by cavin — Monday, August 2, 2010 @ 11:38 am