Maldivian Democratic Party » ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި
dhaaira2010

Thursday, July 29, 2010

ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މަތިއުތުރު ޕްރޮވިންސްގެ ހދ. ކުޅުދުއްފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުޅުދުއްފުށްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ކުޅުދުއްފުށީ ފެންހޮޅިލުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވާނެއެވެ. އަދި ކުޅުދުއްފުށީގައި ބިނާކުރާ ރޯހައުސްގެ މަޝްރޫޢުގެ ބިންގާވެސް ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވާނެއެވެ. މި މަޝްރޫޢުތައް ފަށްޓަވައިދެއްވުން އޮންނާނީ މިއަދު ހަވީރުއެވެ. އެއަށްފަހު މިކަމާ ގުޅޭ ޖަލްސާ ޖަލާލުއްދީން ސްކޫލުގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

1 Comment »

  1. ކުޅުދުއްފުށީގެ ރައްޔިތުންނަށް އަޅުގަޑު ބުނެލަންއޮތީ ޤައުމުގެ އިޤްތިސާދީޙާލަތު މިހާދަށްދުވަސްވަރެއްގައި ރައީސްގެ ބުރަމަސައްކަތްޕުޅުން ހޯއްދެވި އެހީތަކުގެދަށުން ތިޔަރަށުގެ ތަރައްޤީއަށް އެ ކޮށްދެއްވަން ފައްޓަވާ އިޚުލާސްތެރިމަސައްކަތްތަކަށް އެއްބަރުލުންދީ އެކަމަށް ހުރިހާރައްޔިތުން އެކުގައި މަރުހަބާކިޔުމަށް. އަދިރައީސް ނަޝީދަކީ ރަގަޅު ރައީސެއްކަމަށް ޤަބޫލުކުރުމަށް.
    ކުޅުދުއްފުށީގެ ތަރައްޤީއަށް އަޅުގަޑު އުފާކުރަން. އިރާދަކުރެއްވިއްޔާ ތިޔަރައްޔިތުންނަށް ބާއްޖަވެރި ދިރިއުޅުމެއްލިބޭނެ.

    Comment by މާލޭމުހަންމާދީ — Thursday, July 29, 2010 @ 3:30 pm

Leave a comment